logo logo

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

حمدހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.

الرَّحْمَنِ الرَّحِيمِ

(އެކަލާނގެއީ) رحمنވަންތަ رحيمވަންތަ ރަސްކަލާނގެއެވެ.

مَالِكِ يَوْمِ الدِّينِ

قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެންނެވެ.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ

އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ

(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.