logo logo

أَلْهَاكُمُ التَّكَاثُرُ

(1) (މުދަލާއި ދަރިން( ގިނަކަމަށް އެކަކުއަނެކަކަށް فخرވެރިވެ އުޅުން، ތިޔަބައިމީހުން (اللَّهގެ މަތިން ހަނދުމަނެއްތައި( مشغولކޮށްފިއެވެ.

حَتَّى زُرْتُمُ الْمَقَابِرَ

(2) ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.(

كَلَّا سَوْفَ تَعْلَمُونَ

(3) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

ثُمَّ كَلَّا سَوْفَ تَعْلَمُونَ

(4) ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ

(5) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقينކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.

لَتَرَوُنَّ الْجَحِيمَ

(6) ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ

(7) ދެންހަމަ يقينކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ

(8) ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمةތަކާމެދު ތިޔަބައިމީހުންނާ سؤالކުރައްވާނެކަން ކަށަވަރެވެ.