logo logo

وَالْعَصْرِ

(1) ޒަމާން ގަންދެއްވަމެވެ.

إِنَّ الْإِنْسَانَ لَفِي خُسْرٍ

(2) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

(3) إيمانވެ صالح عملތައްކޮށް، އަދި އެކަކު އަނެކަކަށް حقއަށް وصيةކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصيةކޮށްއުޅުނު މީހުން މެނުވީއެވެ.