(1) (قيامةދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟
(2) ފަހެ، އެއީ يتيمކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.
(3) އަދި مسكينންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.
(4،5) ފަހެ، އެއުރެންގެ ނަމާދާމެދު غافلވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.
(4،5) ފަހެ، އެއުރެންގެ ނަމާދާމެދު غافلވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.
(6) އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.
(7) އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.
ކީރިތި ޤުރުއާން - 2017