logo logo

قُلْ يَا أَيُّهَا الْكَافِرُونَ

(1) ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافرންނޭވެ!

لَا أَعْبُدُ مَا تَعْبُدُونَ

(2) ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

(3) އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حقވަންތަ اللَّهއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

وَلَا أَنَا عَابِدٌ مَا عَبَدْتُمْ

(4) އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

(5) އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حقވަންތަ اللَّهއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

لَكُمْ دِينُكُمْ وَلِيَ دِينِ

(6) ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دينއެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دينއެވެ.