logo logo

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ

(1) أبولهبގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهبއަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.

مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ

(2) އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.

سَيَصْلَى نَارًا ذَاتَ لَهَبٍ

(3) ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.

وَامْرَأَتُهُ حَمَّالَةَ الْحَطَبِ

(4) އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.

فِي جِيدِهَا حَبْلٌ مِنْ مَسَدٍ

(5) ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.