logo logo

قُلْ أَعُوذُ بِرَبِّ الْفَلَقِ

(1)ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެން ރައްކާތެރިކަން ލިބިގަންނަމެވެ.

مِنْ شَرِّ مَا خَلَقَ

(2) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ

(1)އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދުއެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ

(4) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحرހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ

(5) އަދި حسدވެރިޔަކު حسدވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.