logo logo

قُلْ أَعُوذُ بِرَبِّ النَّاسِ

(1)ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެން ރައްކާތެރިކަން ލިބިގަންނަމެވެ.

مَلِكِ النَّاسِ

(2) (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.

إِلَهِ النَّاسِ

(3) (އެކަލާނގެއީ) މީސްތަކުންގެ إلهވަންތަ ރަސްކަލާނގެއެވެ.

مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ

(4) ފިލައިހުރެ ވަސްވާސްދޭ شيطانއާގެ ނުބައިކަމުންނެވެ. (އެބަހީ: شيطانއާގެ ނުބައިކަމުން އެކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަަމެވެ.)

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ

(5) އެ (شيطانއާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطانއާއެވެ.

مِنَ الْجِنَّةِ وَالنَّاسِ

(6) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطانންނެވެ.