logo logo

سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ

(1) އެކަލާނގެ ހުސްطاهـرވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرامން، المسجد الأقصىއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركاتލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِنْ دُونِي وَكِيلًا

(2) އަދި ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ إسـرآءيـلގެދަރިންނަށް ތެދުމަގެއްކަމުގައި އެ ފޮތް ލެއްވީމެވެ. (وحىކުރައްވަމުންނެވެ.) ތިމަންރަސްކަލާނގެ ފިޔަވައި (އެެހެންފަރާތެއް) وكيلއެއް ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ!

ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا

(3) ތިމަންރަސްކަލާނގެ نوحގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، شكرވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.

وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا

(4) އަދި ތިމަންރަސްކަލާނގެ، إسـرآءيـلގެދަރިންނަށް، ފޮތުގައި (އެބަހީ: توراةގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.

فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ وَكَانَ وَعْدًا مَفْعُولًا

(5) ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ وعدފުޅު އައިހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ وعدފުޅެއްކަމުގައި، އެ وعدފުޅު ވިއެވެ.

ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُمْ بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا

(6) ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.

إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا

(7) ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفسތަކަށެވެ. ފަހެ، ދެވަނަފަހަރަށް وعدފުޅު އައިހިނދު (ތިޔަބައިމީހުންގެ عداوةތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصىއަށް) ވަަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ.

عَسَى رَبُّكُمْ أَنْ يَرْحَمَكُمْ وَإِنْ عُدْتُمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا

(8) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް (عفوކުރައްވައި) رحمةލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (عقوباتދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި كافرންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ.

إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا

(9) ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، صالح عملތައްކުރާ مؤمنންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި خبرދެއެވެ.

وَأَنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

(10) އަދި ހަމަކަށަވަރުން، آخرةއަށް إيمان ނުވާމީހުންނަށް، ވޭންދެނިވި عذابއެއް، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވިކަމުގެ خبرވެސްމެއެވެ.

وَيَدْعُ الْإِنْسَانُ بِالشَّرِّ دُعَاءَهُ بِالْخَيْرِ وَكَانَ الْإِنْسَانُ عَجُولًا

(11) އިންސާނާ، ހެޔޮކަމަށްއެދި دعاءކުރާ ފަދައިން، ނުބައިކަމަށްވެސް އެދި دعاءކުރެތެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ.

وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُوا فَضْلًا مِنْ رَبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا

(12) ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ތިޔަބައިމީހުން، فضلވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ عددއާއި، حساب، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ تفصيلކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ.

وَكُلَّ إِنْسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنْشُورًا

(13) އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامةދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حالގައި، އޭނާ ދެކޭނެތެވެ.

اقْرَأْ كِتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا

(14) (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حسابކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.

مَنِ اهْتَدَى فَإِنَّمَا يَهْتَدِي لِنَفْسِهِ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولًا

(15) ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ نفسގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ نفسގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް نفسއެއް، އެހެން نفسއެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ رسولއަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذابދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.

وَإِذَا أَرَدْنَا أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا

(16) އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ أهلވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) أمرކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި فاسد عملކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް حقވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ.

وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِنْ بَعْدِ نُوحٍ وَكَفَى بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا

(17) نوحގެފާނަށްފަހު، ކިތައްކިތައް جيلގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ.

مَنْ كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَنْ نُرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَدْحُورًا

(18) ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، رحمةން ދުރުކުރައްވާފައިވާ حال، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ.

وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا

(19) އަދި مؤمنއަކު ކަމުގައިވާ حال، آخرةއަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبولވެވި، شكرލިބިގެންވާ މީހުންނެވެ.

كُلًّا نُمِدُّ هَؤُلَاءِ وَهَؤُلَاءِ مِنْ عَطَاءِ رَبِّكَ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا

(20) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ.

انْظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَى بَعْضٍ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا

(21) ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ.

لَا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتَقْعُدَ مَذْمُومًا مَخْذُولًا

(22) اللَّهއާއެކު އެހެން إلهއަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ حال، ތިބާ އިންނަންޖެހިދާނެތެވެ.

وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا

(23) އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُفވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

(24) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمةލައްވައިފާނދޭވެ!

رَبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ إِنْ تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا

(25) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުންނީ، صالحބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ حضرةއަށް رجوعވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا

(26) ގާތްތިމާގެ މީހާއަށް، އޭނާގެ حقދޭށެވެ! އަދި مسكينއަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ!

إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا

(27) ހަމަކަށަވަރުން، إسرافކުރާ މީހުންނީ، شيطانންގެ أخން ކަމުގައިވޫއެވެ. އަދި شيطانއާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافرވާ ކަމުގައިވިއެވެ.

وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِنْ رَبِّكَ تَرْجُوهَا فَقُلْ لَهُمْ قَوْلًا مَيْسُورًا

(28) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އައުމަށް އެދިވަޑައިގަންނަވާ رحمةއެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސް ވިދާޅުވާށެވެ!

وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَى عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَحْسُورًا

(29) ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.

إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا

(30) ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبر މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا

(31) އަދި فقيرވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް رزقދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.

وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا

(32) އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.

وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَ مَنْصُورًا

(33) އަދި ތިޔަބައިމީހުން، اللَّه حرمةތެރިކުރައްވާފައިވާ نفسއެއް حقއަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولىވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتلކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصرލިބިގެންވާ މީހެއް ކަމުގައިވިއެވެ.

وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْئُولًا

(34)  އަދި يتيمކުއްޖާ ބޮޑުވެ تصرّفފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ! އަދި ތިޔަބައިމީހުން، عهدފުއްދާށެވެ! ހަމަކަށަވަރުން، عهدއަކީ (އެއާމެދު) سؤالކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.

وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

(35) އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަތިލަފަތުން ކިރާށެވެ! އެގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަން ބޮޑެވެ. އަދި ނަތީޖާގެގޮތުން ރިވެތިކަން ބޮޑުމެއެވެ.

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا

(36) އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤالކުރައްވާނެ ކަމެއްކަމުގައިވިއެވެ.

وَلَا تَمْشِ فِي الْأَرْضِ مَرَحًا إِنَّكَ لَنْ تَخْرِقَ الْأَرْضَ وَلَنْ تَبْلُغَ الْجِبَالَ طُولًا

(37) އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.

كُلُّ ذَلِكَ كَانَ سَيِّئُهُ عِنْدَ رَبِّكَ مَكْرُوهًا

(38) އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ.

ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ وَلَا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَدْحُورًا

(39) އެއީ حكمةގެތެރެއިން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް وحىކުރެއްވި ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި اللَّهއާއެކު އެހެން إلهއަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، رحمةން ދުރުކުރައްވާފައިވާ حال، جهنّمއަށް އެއްލައިލައްވާނެތެވެ.

أَفَأَصْفَاكُمْ رَبُّكُمْ بِالْبَنِينَ وَاتَّخَذَ مِنَ الْمَلَائِكَةِ إِنَاثًا إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا

(40) ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاصކުރެއްވީހެއްޔެވެ؟ އަދި އެކަލާނގެ، ملائكةންގެ ތެރެއިން އަންހެންދަރިން ހިއްޕެވީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ބުނަނީ، ބޮޑުވެގެންވާ ބަހެކެވެ.

وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِيَذَّكَّرُوا وَمَا يَزِيدُهُمْ إِلَّا نُفُورًا

(41) ތިމަންރަސްކަލާނގެ (وعدއާއި، وعيدއާއި، مثالއާއި، حِكَمފަދަ) ހުރިހާކަމެއް،

قُلْ لَوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَابْتَغَوْا إِلَى ذِي الْعَرْشِ سَبِيلًا

(42) ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު إلهންތަކެއް ވާނަމަ، އެހިނދު، عرشގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް،

سُبْحَانَهُ وَتَعَالَى عَمَّا يَقُولُونَ عُلُوًّا كَبِيرًا

(43) އެއުރެން ބުނާ ބުނުމުން، އެކަލާނގެ ހުސްطاهرވެވޮޑިގެންވެއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَنْ فِيهِنَّ وَإِنْ مِنْ شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَكِنْ لَا تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا

(44) ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيحކިޔަތެވެ. އަދި އެކަލާނގެއަށް حمدއާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيحއެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليمވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.

وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَسْتُورًا

(45) ކަލޭގެފާނު قرآن ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، آخرةދުވަހަށް إيمان ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ.

وَجَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَى أَدْبَارِهِمْ نُفُورًا

(46) އަދި އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެއުރެންގެ ހިތްތަކުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި، ބީރުކަމެއް ލެއްވީމެވެ. އަދި قرآنގައި، ހަމައެކަނި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނަންފުޅު ކަލޭގެފާނު ގެންނަވައިފިނަމަ، އެއުރެން ނުރުހުންތެރިވެ، ފުރަގަސްދީ އެނބުރި ހިނގައިދެތެވެ.

نَحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَى إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا

(47) އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ އަޑުއަހާ އެއްޗެއް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. سحرޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން تبعއެއް ނުވަމުއެވެ.

انْظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا

(48) ކަލޭގެފާނާމެދު އެއުރެން مثالޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ (އެކަމުގައި) އެއުރެން މަގުފުރެދިއްޖައޫއެވެ. ދެން އެއްވެސް މަގަކަށް، އެއުރެންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ.

وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

(49) އެއުރެން ބުނެފޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟

قُلْ كُونُوا حِجَارَةً أَوْ حَدِيدًا

(50) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ!

أَوْ خَلْقًا مِمَّا يَكْبُرُ فِي صُدُورِكُمْ فَسَيَقُولُونَ مَنْ يُعِيدُنَا قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَى هُوَ قُلْ عَسَى أَنْ يَكُونَ قَرِيبًا

(51) ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑުކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ، އޭރުން އެއުރެން ބުނާނެތެވެ. ތިމަންމެން އަލުން ދިރުމަކަށް إعادةކުރާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިސްވެދިޔަ مثالއަކާނުލައި، ފުރަތަމަފަހަރުވެސް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. ފަހެ، އެއުރެންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެތެވެ. އެކަންވަނީ، ކޮންއިރަކުން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ވަރަށްއަވަހަށް އެކަންތައް ވުން ގާތްވެގެންވެތެވެ.

يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِنْ لَبِثْتُمْ إِلَّا قَلِيلًا

(52) އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވާ ދުވަހުއެވެ. ފަހެ، އެކަލާނގެއަށް حمدއާއެކު އެކަލާނގެ أمرފުޅަށް ތިޔަބައިމީހުން އިޖާބަދޭނޫއެވެ. އަދި ދާދިކުޑަހިނދުކޮޅަކަށް މެނުވީ (ދުނިޔޭގައި) ތިޔަބައިމީހުން ލަސްވެ ނުތިބޭކަމުގައި ތިޔަބައިމީހުން ހީކުރާނޫއެވެ.

وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا

(53) އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطانއާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، شيطانއާއީ، އިންސާާނާއަށް ފާޅުވެގެންހުރި عداوةތެރިޔަކު ކަމުގައިވިއެވެ.

رَبُّكُمْ أَعْلَمُ بِكُمْ إِنْ يَشَأْ يَرْحَمْكُمْ أَوْ إِنْ يَشَأْ يُعَذِّبْكُمْ وَمَا أَرْسَلْنَاكَ عَلَيْهِمْ وَكِيلًا

(54) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ދެނެވޮޑިގަތުން ބޮޑެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް رحمةލައްވާނެތެވެ. ނުވަތަ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް عذابދެއްވާނެތެވެ. އަދި އެއުރެންގެ މައްޗަށް ހުންނެވި وكيلއަކު ކަމުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

وَرَبُّكَ أَعْلَمُ بِمَنْ فِي السَّمَاوَاتِ وَالْأَرْضِ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَى بَعْضٍ وَآتَيْنَا دَاوُودَ زَبُورًا

(55) އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داودގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.

قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيلًا

(56) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ފިޔަވައި، إلهންކަމަށް ތިޔަބައިމީހުން ހީކޮށްގެންއުޅޭ ފަރާތްތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ފަހެ، ތިޔަބައިމީހުންގެ ކިބައިން ދަތިކަމެއް ފިލުވުމެއްވެސް، އަދި ބަދަލުކުރުމެއްވެސް، އެފަރާތްތަކަކަށް ملكވެގެނެއް ނުވެތެވެ.

أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

(57) إلهންކަމަށް އެއުރެން ގޮވައިއުޅޭ ފަރާތްތައް، އެފަރާތްތަކުގެ ވެރިރަސްކަލާނގެ حضرةއަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެތެވެ. އަދި އެކަލާނގެ رحمةއަށް އެދެތެވެ. އަދި އެކަލާނގެ عذابއަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذابއަކީ، އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ.

وَإِنْ مِنْ قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا

(58) ތިމަންރަސްކަލާނގެ قيامةދުވަހުގެ ކުރިން ހަލާކު ނުކުރައްވާ އެއްވެސް (އަނިޔާވެރި) ރަށެއް ނުވެއެވެ. ނުވަތަ ގަދަވެގެންވާ عذابއަކުން عذاب ނުދެއްވާ ރަށެއްވެސް ނުވެއެވެ. ފޮތުގައި (އެބަހީ: اللوح المحفوظގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.

وَمَا مَنَعَنَا أَنْ نُرْسِلَ بِالْآيَاتِ إِلَّا أَنْ كَذَّبَ بِهَا الْأَوَّلُونَ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا

(59) އިހުއުޅުނު މީހުން معجزةތައް ދޮގުކުޅަކަން މެނުވީ، ތިމަންރަސްކަލާނގެ معجزةތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ. އަދި ފާޅުވެގެންވާ معجزةއެއްގެ ގޮތުގައި، ثمودބާގައި މީހުންނަށް جملދެއްވީމެވެ. ދެން އެއުރެން އެއާމެދުގައި އަނިޔާވެރިވެގަތޫއެވެ. އަދި إنذارއެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ معجزةތައް ނުފޮނުއްވަމެވެ.

وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَانًا كَبِيرًا

(60) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، قدرةތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ وحىކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި قرآنގައި لعنةލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް امتحانއެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ބިރުދައްކަވައި إنذارކުރައްވަމެވެ. ފަހެ، ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެކަމުގެ ސަބަބުން، އެއުރެންނަށް އިތުރެއް ނުވެތެވެ.

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا

(61) آدمގެފާނަށް ތިޔަބައިމީހުން سجدةކުރާށޭ ތިމަންރަސްކަލާނގެ ملائكةންނަށް وحىކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، إبليس ފިޔަވައި، އެ ملائكةން سجدةކުޅައޫއެވެ. إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން سجدةކުރާނެތޯއެވެ؟

قَالَ أَرَأَيْتَكَ هَذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَى يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا

(62) އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި،

قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَوْفُورًا

(63) އެކަލާނގެ وحىކުރެއްވިއެވެ. ކަލޭގެ ހިނގައިދާށެވެ! ފަހެ، އެއުރެންގެ ތެރެއިން، ކަލޭގެއަށް تبعވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ފުރިހަމަވެގެންވާ ޖަޒާއެއްގެގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ.

وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

(64) އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް وعدކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، شيطانއާ އެއުރެންނަކަށް وعدއެއް ނުކުރެތެވެ.

إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلًا

(65) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. وكيلއަކު ކަމުގައި، ކަލޭގެ ވެރިރަސްކަލާނގެ ފުދެއެވެ.

رَبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُوا مِنْ فَضْلِهِ إِنَّهُ كَانَ بِكُمْ رَحِيمًا

(66) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި ކަލާނގެއެވެ. (އެއީ) އެކަލާނގެ فضلވަންތަކަމުގެތެރެއިން (ކަންކަމަށް) ތިޔަބައިމީހުން އެދިއުޅުމަށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް رحيمވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.

وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَنْ تَدْعُونَ إِلَّا إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكَانَ الْإِنْسَانُ كَفُورًا

(67) އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ، އެކަަލާނގެ ތިޔަބައިމީހުން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނަވައިފިހިނދު (އެކަލާނގެ ފިޔަވައި) ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. نعمةއަށް އިންކާރުކޮށް، ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ.

أَفَأَمِنْتُمْ أَنْ يَخْسِفَ بِكُمْ جَانِبَ الْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا لَكُمْ وَكِيلًا

(68) ފަހެ، އެކަލާނގެ ތިޔަބައިމީހުންނާއެކު، ހިކިފަސްތަނުގެ ބައެއް ގަންބަވައިގެންފާނެކަމާމެދު، ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ކުދި ހިލައިގެ ވާރޭ ފޮނުއްވައިފާނޭ ކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން ތިޔަބައިމީހުން ރައްކާތެރިކުރާނޭ މީހަކު ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ.

أَمْ أَمِنْتُمْ أَنْ يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ عَلَيْكُمْ قَاصِفًا مِنَ الرِّيحِ فَيُغْرِقَكُمْ بِمَا كَفَرْتُمْ ثُمَّ لَا تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا

(69) ނުވަތަ ތިޔަބައިމީހުން އަލުން އެ ކަނޑުގެ ތެރެއަށް ދެވަނަފަހަރަށް ފޮނުއްވައި، ތިޔަބައިމީހުންގެ މައްޗަށް، ވައިގެ ގަދަރޯޅިއެއް ފޮނުއްވައި، ދެން ތިޔަބައިމީހުން كافرވީކަމުގެ ސަބަބުން، ތިޔަބައިމީހުން غرقކުރައްވައިފާނެކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން އެކަމުގެ ސަބަބުން، ތިމަންރަސްކަލާނގެއާ ދެކޮޅަށް، نصرވެރިވާނެ ފަރާތެއް ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ.

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلًا

(70) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزقދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.

يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَئِكَ يَقْرَءُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلًا

(71) ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ إمامގެ ނަމުން ތިމަންރަސްކަލާނގެ ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެން، އެއުރެންގެ ފަތް ކިޔާނެތެވެ. އަދި އެއުރެންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެތެވެ.

وَمَنْ كَانَ فِي هَذِهِ أَعْمَى فَهُوَ فِي الْآخِرَةِ أَعْمَى وَأَضَلُّ سَبِيلًا

(72) އަދި މިދުނިޔޭގައި (حقގޮތް ފިޔަވައި) ކަނުމީހަކު، آخرةދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ.

وَإِنْ كَادُوا لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنَا إِلَيْكَ لِتَفْتَرِيَ عَلَيْنَا غَيْرَهُ وَإِذًا لَاتَّخَذُوكَ خَلِيلًا

(73) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އިއްވެވި وحىއިން ކަލޭގެފާނު އެއްކިބާކުރުމަށް، އެއުރެން ގާތްކުޅައޫއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ނުކުރައްވާ އެއްޗެއް، ކަލޭގެފާނު ހައްދަވައިގެން ތިމަންރަސްކަލާނގެއަށް نسبةކުރެއްވުމަށް (އެދި އެކަމަށް) ޓަކައެވެ. (އެކަން އެގޮތަށް ކުރެއްވިނަމަ) އޭރުން ހަމަކަށަވަރުން، އެއުރެން، ކަލޭގެފާނީ މިތުރަކު ކަމުގައި ހެދީހެވެ.

وَلَوْلَا أَنْ ثَبَّتْنَاكَ لَقَدْ كِدْتَ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا

(74) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ثابتކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ.

إِذًا لَأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا

(75) އޭރުން، دنيوى حياةގެ (عقوباتގެ) ދެބަޔާއި، آخرةގެ (عقوباتގެ) ދެބައިން ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ރަހަ ދެއްކެވީމުހެވެ. ދެން ތިމަންރަސްކަލާގެ (عذاب) އާ ދެކޮޅަށް، ކަލޭގެފާނަށް نصرދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

وَإِنْ كَادُوا لَيَسْتَفِزُّونَكَ مِنَ الْأَرْضِ لِيُخْرِجُوكَ مِنْهَا وَإِذًا لَا يَلْبَثُونَ خِلَافَكَ إِلَّا قَلِيلًا

(76) އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (عداوةތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (مكةގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ.

سُنَّةَ مَنْ قَدْ أَرْسَلْنَا قَبْلَكَ مِنْ رُسُلِنَا وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا

(77) (އެއީ) ތިމަންރަސްކަލާނގެ رسولންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسولންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا

(78) އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائمކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصرނަމާދާއި، مغربނަމާދާއި، عشاءނަމާދު قائمކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكةންނާއި ދުވާލުގެ ملائكةންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.

وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَى أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودًا

(79) އަދި (فرضފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاصނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّدނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حمدލިބިގެންވާ مقامއަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!

وَقُلْ رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا

(80) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި نصرދެނިވި ބާރެއް އިބަރަސްކަލާނގެ حضرةން މިއަޅާއަށް ލައްވާނދޭވެ!

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا

(81) އަދި ކަލޭގެފާނު ވިދާޅުވާށެވެ! حقތެދުގޮތް އަތުވެއްޖެއެވެ. އަދި باطلގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطلއަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا

(82) ތިމަންރަސްކަލާނގެ قرآنން مؤمنންނަށް رحمةއާއި، شفاءކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآنން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.

وَإِذَا أَنْعَمْنَا عَلَى الْإِنْسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ كَانَ يَئُوسًا

(83) އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ نعمةދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ رحمةން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ.

قُلْ كُلٌّ يَعْمَلُ عَلَى شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَى سَبِيلًا

(84) ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުމެ، عملކުރަމުންދަނީ އެމީހެއްގެ ގޮތަށެވެ. ފަހެ، އެންމެބޮޑަށް ތެދުމަގު ލިބިފައިވަނީ ކާކުކަން މޮޅަށް ދެނެވޮޑިގެންވަނީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ.

وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا

(85) ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علمގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.

وَلَئِنْ شِئْنَا لَنَذْهَبَنَّ بِالَّذِي أَوْحَيْنَا إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِ عَلَيْنَا وَكِيلًا

(86) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحىކުރެއްވި ތަކެތި ގެންދަވައިފާހުށީމެވެ. ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ ދެކޮޅަށް ކަލޭގެފާނަށް އެހީތެރިވާނޭ މީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

إِلَّا رَحْمَةً مِنْ رَبِّكَ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيرًا

(87) ނަމަވެސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمةފުޅުން (އެކަމެއް ނުކުރައްވަތެވެ.) ހަމަކަށަވަރުން، އެކަލާނގެ فضلވަންތަކަން، ކަލޭގެފާނުގެ މައްޗަށް ބޮޑުވެގެންވެއެވެ.

قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

(88) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآنއާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.

وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَذَا الْقُرْآنِ مِنْ كُلِّ مَثَلٍ فَأَبَى أَكْثَرُ النَّاسِ إِلَّا كُفُورًا

(89) ހަމަކަށަވަރުން، މި قرآنގައި ތިމަންރަސްކަލާނގެ މީސްތަކުންނަށް ހުރިހާ ބާވަތަކުން مثال ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، كافرވުން މެނުވީ قبولއެއް ނުކުރޫއެވެ.

وَقَالُوا لَنْ نُؤْمِنَ لَكَ حَتَّى تَفْجُرَ لَنَا مِنَ الْأَرْضِ يَنْبُوعًا

(90) އަދި އެއުރެން ބުނެފޫއެވެ. ކަލޭގެފާނު (مكةގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން إيمانއެއް ނުވާނޫއެވެ.

أَوْ تَكُونَ لَكَ جَنَّةٌ مِنْ نَخِيلٍ وَعِنَبٍ فَتُفَجِّرَ الْأَنْهَارَ خِلَالَهَا تَفْجِيرًا

(91) ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވައިފުމަށް ދާނދެނެވެ.

أَوْ تُسْقِطَ السَّمَاءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّهِ وَالْمَلَائِكَةِ قَبِيلًا

(92) ނުވަތަ ކަލޭގެފާނު ހީފުޅުކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާނދެން، ނުވަތަ اللَّهއާއި ملائكةން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވައިފުމަށް ދާނދެނެވެ.

أَوْ يَكُونَ لَكَ بَيْتٌ مِنْ زُخْرُفٍ أَوْ تَرْقَى فِي السَّمَاءِ وَلَنْ نُؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَابًا نَقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنْتُ إِلَّا بَشَرًا رَسُولًا

(93) ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާނދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވައިފުމަށް ދާނދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން إيمانއެއް ނުވާނޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! ތިމަންކަލޭގެފާނަކީ، رسولއަކު ކަމުގައިވާ آدمގެދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ.

وَمَا مَنَعَ النَّاسَ أَنْ يُؤْمِنُوا إِذْ جَاءَهُمُ الْهُدَى إِلَّا أَنْ قَالُوا أَبَعَثَ اللَّهُ بَشَرًا رَسُولًا

(94) މީސްތަކުންގެ ގާތަށް ތެދުމަގު އައިހިނދު، اللَّه، رسولއަކު ކަމުގައި آدمގެދަރިޔަކު ފޮނުއްވީހޭ، އެއުރެން ބުނާ ބުނުން މެނުވީ، އެއުރެން إيمانވުން މަނައެއް ނުކުރެތެވެ.

قُلْ لَوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِمْ مِنَ السَّمَاءِ مَلَكًا رَسُولًا

(95) ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ ملائكةން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް رسولއަކު ކަމުގައި ތިމަންރަސްކަލާނގެ އުޑުން ملائكةއަކު ބާވައިލެއްވީމުހެވެ.

قُلْ كَفَى بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا

(96) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبرތައް މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.

وَمَنْ يَهْدِ اللَّهُ فَهُوَ الْمُهْتَدِ وَمَنْ يُضْلِلْ فَلَنْ تَجِدَ لَهُمْ أَوْلِيَاءَ مِنْ دُونِهِ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَى وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَأْوَاهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا

(97) اللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި قيامةދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް محشرއަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ.

ذَلِكَ جَزَاؤُهُمْ بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

(98) އެއީ ތިމަންރަސްކަލާނގެ آيةތަކަށް އެއުރެން كافرވި ކަމަށްޓަކައި އެއުރެންނަށް ހުރި ޖަޒާއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ވޭހެއްޔެވެ؟

أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ قَادِرٌ عَلَى أَنْ يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَا رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلَّا كُفُورًا

(99) އުޑުތަކާއި، ބިން ހެއްދެވި اللَّه، އެއުރެންފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެއުރެންނަކަށް ނޭނގޭހެއްޔެވެ؟ އެކަލާނގެ އެއުރެންނަށްވަނީ، ވަކިމުއްދަތެއް ކަނޑައަޅުއްވާފައެވެ. އެއާމެދަކު شكއެއްނެތެވެ. ފަހެ، އެ އަނިޔާވެރިވެގަތް މީހުން ދެކޮޅުވެރިކަމާއި، كافرކަން މެނުވީ قبولއެއް ނުކުރެތެވެ.

قُلْ لَوْ أَنْتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَأَمْسَكْتُمْ خَشْيَةَ الْإِنْفَاقِ وَكَانَ الْإِنْسَانُ قَتُورًا

(100) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمةގެ خزانةތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ.

وَلَقَدْ آتَيْنَا مُوسَى تِسْعَ آيَاتٍ بَيِّنَاتٍ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَى مَسْحُورًا

(101) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ معجزةއެއް، موسىގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) إسـرآءيـلގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، فرعون، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسىގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް سحرޖެހިފައިވާ ކަމަށެވެ.

قَالَ لَقَدْ عَلِمْتَ مَا أَنْزَلَ هَؤُلَاءِ إِلَّا رَبُّ السَّمَاوَاتِ وَالْأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا

(102) އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ عبرةތަކެއް ކަމުގައި މި معجزةތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ فرعونއެވެ! ހަމަކަށަވަރުން، އަހުރެންނަށް يقينވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ.

فَأَرَادَ أَنْ يَسْتَفِزَّهُمْ مِنَ الْأَرْضِ فَأَغْرَقْنَاهُ وَمَنْ مَعَهُ جَمِيعًا

(103) ފަހެ، އޭނާ قصدކުރީ އެއުރެން (مصرގެ) ބިމުން ބޭރުކޮށްލުމަށެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާއާއެކުގައިވާ އެންމެން غرقކުރެއްވީމެވެ.

وَقُلْنَا مِنْ بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا

(104) އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـلގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން قيامةދުވަހުގެ وعدއަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ حال، حاضرކުރައްވާ ހުށީމެވެ.

وَبِالْحَقِّ أَنْزَلْنَاهُ وَبِالْحَقِّ نَزَلَ وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا

(105) ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ، حقއާ އެކުގައެވެ. އަދި އެ قرآن އައީ، حقގޮތުގައެވެ. އަދި އުފާވެރި خبرދެއްވާ ބޭކަލަކު ކަމުގައްޔާއި، إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلًا

(106) އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن އެކިފަހަރުމަތިން ބާވައިލެއްވީމެވެ.

قُلْ آمِنُوا بِهِ أَوْ لَا تُؤْمِنُوا إِنَّ الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

(107) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އެ قرآنއަށް إيمانވާށެވެ! ނުވަތަ إيمان ނުވާށެވެ! ހަމަކަށަވަރުން، އޭގެކުރިން علمލިބިގެންވާ މީހުންނަށް އެ قرآن ކިޔަވައިދެއްވާހިނދު، އެއުރެން سجدةކުރާ حال، މޫނުވަތަށް ތިރިވެއެވެ.

وَيَقُولُونَ سُبْحَانَ رَبِّنَا إِنْ كَانَ وَعْدُ رَبِّنَا لَمَفْعُولًا

(108) އަދި އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ހުސްطاهرވަންތަ ކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ وعدފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ.

وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا

(109) އަދި އެއުރެން ރޮމުން މޫނުވަތަށް سجدةއަށް ތިރިވެއެވެ. އަދި އެ قرآن، އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَى وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلًا

(110) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهގެ اسمފުޅުން دعاءކުރާށެވެ! ނުވަތަ رحمـنގެ اسمފުޅުން دعاءކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ اسمފުޅުތަކުން) ކޮންމެ اسمފުޅަކުން دعاءކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު اسمފުޅުތައް) ވެއެވެ. އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު قصدކުރައްވާށެވެ!

وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ لَهُ وَلِيٌّ مِنَ الذُّلِّ وَكَبِّرْهُ تَكْبِيرًا

(111) އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمدހުރީ اللَّهއަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން سلامةކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް تكبيرވިދާޅުވާށެވެ!