logo logo

قَدْ أَفْلَحَ الْمُؤْمِنُونَ

(1) مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ

(2) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ

(3) އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.

وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ

(4) އަދި އެއުރެންނީ، زكاةދޭމީހުންނެވެ.

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ

(5) އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާމީހުންނެވެ.

إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

(6) އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.

فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ

(7) ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ

(8) އަދި އެއުރެންނީ އެއުރެންގެ أمانةތަކަށާއި އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.

وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ

(9) އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.

أُولَئِكَ هُمُ الْوَارِثُونَ

(10) (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ.

الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ

(11) އެއުރެންނީ، فردوسއޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ.

وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ سُلَالَةٍ مِنْ طِينٍ

(12) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصةއިން އިންސާނާ (އެބަހީ: آدمގެފާނު) ހެއްދެވީމެވެ.

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ

(13) ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ.

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

(14) ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން

ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ

(15) ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.

ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ

(16) ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامةދުވަހުން، އަލުންދިރުއްވައި

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ

(17) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلقތަކުންނާމެދު غافلވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

وَأَنْزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ وَإِنَّا عَلَى ذَهَابٍ بِهِ لَقَادِرُونَ

(18) އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން،

فَأَنْشَأْنَا لَكُمْ بِهِ جَنَّاتٍ مِنْ نَخِيلٍ وَأَعْنَابٍ لَكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

(19) ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ،

وَشَجَرَةً تَخْرُجُ مِنْ طُورِ سَيْنَاءَ تَنْبُتُ بِالدُّهْنِ وَصِبْغٍ لِلْآكِلِينَ

(20) އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ.

وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً نُسْقِيكُمْ مِمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

(21) އަދި ހަމަކަށަވަރުން، نعمސޫފީގައި، ތިޔަބައިމީހުންނަށް عبرةއެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ.

وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ

(22) އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވަތެވެ.

وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلَا تَتَّقُونَ

(23) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް رسولކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِنْ قَوْمِهِ مَا هَذَا إِلَّا بَشَرٌ مِثْلُكُمْ يُرِيدُ أَنْ يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّهُ لَأَنْزَلَ مَلَائِكَةً مَا سَمِعْنَا بِهَذَا فِي آبَائِنَا الْأَوَّلِينَ

(24) ފަހެ، އެކަލޭގެފާނުގެ قومގެމީހުންކުރެ كافرވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ

إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّى حِينٍ

(25) އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظارކުރާށެވެ!

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ

(26) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ!

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُمْ مُغْرَقُونَ

(27) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحىކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ (عذابގެ) أمرފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި،އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمرފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهلވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرةއަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرقކުރައްވާނޭ މީހުންނެވެ.

فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ

(28) ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّهއަށް حمدހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ.

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ

(29) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركاتތެރި

إِنَّ فِي ذَلِكَ لَآيَاتٍ وَإِنْ كُنَّا لَمُبْتَلِينَ

(30) ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (މީސްތަކުން) امتحانކުރައްވަމެވެ.

ثُمَّ أَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ

(31) ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيلއެއްގެބަޔަކު އުފެއްދެވީމެވެ.

فَأَرْسَلْنَا فِيهِمْ رَسُولًا مِنْهُمْ أَنِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلَا تَتَّقُونَ

(32) ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެގާތަށް، އެއުރެންގެ ތެރެއިން رسولއަކު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوىވެރި ނުވަނީހެއްޔެވެ؟

وَقَالَ الْمَلَأُ مِنْ قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ وَأَتْرَفْنَاهُمْ فِي الْحَيَاةِ الدُّنْيَا مَا هَذَا إِلَّا بَشَرٌ مِثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ

(33) އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން كافرވެ، އަދި آخرةއާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياةގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ.

وَلَئِنْ أَطَعْتُمْ بَشَرًا مِثْلَكُمْ إِنَّكُمْ إِذًا لَخَاسِرُونَ

(34) އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدمގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ.

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنْتُمْ تُرَابًا وَعِظَامًا أَنَّكُمْ مُخْرَجُونَ

(35) ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް وعد ކުރަނީހެއްޔެވެ؟

هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ

(36) ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ.

إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

(37) އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.

إِنْ هُوَ إِلَّا رَجُلٌ افْتَرَى عَلَى اللَّهِ كَذِبًا وَمَا نَحْنُ لَهُ بِمُؤْمِنِينَ

(38) اللَّهއާމެދު ހަދައިގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެތެވެ. އަދި އޭނާޔަށް إيمانވާބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ

(39) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصرދެއްވާނދޭވެ!

قَالَ عَمَّا قَلِيلٍ لَيُصْبِحُنَّ نَادِمِينَ

(40) އެކަލާނގެ وحىކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ.

فَأَخَذَتْهُمُ الصَّيْحَةُ بِالْحَقِّ فَجَعَلْنَاهُمْ غُثَاءً فَبُعْدًا لِلْقَوْمِ الظَّالِمِينَ

(41) ފަހެ، حقގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.

ثُمَّ أَنْشَأْنَا مِنْ بَعْدِهِمْ قُرُونًا آخَرِينَ

(42) ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيلތަކެއްގެ ބަޔަކު އުފެއްދެވީމެވެ.

مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ

(43) އެއްވެސް أمّةއަކަށް، އެ أمّةއެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ.

ثُمَّ أَرْسَلْنَا رُسُلَنَا تَتْرَى كُلَّ مَا جَاءَ أُمَّةً رَسُولُهَا كَذَّبُوهُ فَأَتْبَعْنَا بَعْضَهُمْ بَعْضًا وَجَعَلْنَاهُمْ أَحَادِيثَ فَبُعْدًا لِقَوْمٍ لَا يُؤْمِنُونَ

(44) ދެން ތިމަންރަސްކަލާނގެ رسولން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ أمّةއަކަށްވެސް އެ أمّةގެ رسولއާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރިއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، إيمان ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ.

ثُمَّ أَرْسَلْنَا مُوسَى وَأَخَاهُ هَارُونَ بِآيَاتِنَا وَسُلْطَانٍ مُبِينٍ

(45) ދެން ތިމަންރަސްކަލާނގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު موسىގެފާނާއި، އެކަލޭގެފާނުގެ أخ، هارونގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.

إِلَى فِرْعَوْنَ وَمَلَئِهِ فَاسْتَكْبَرُوا وَكَانُوا قَوْمًا عَالِينَ

(46) (އެއީ) فرعونއާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ބޮޑާވެގަތެވެ. އަދި كبرވެރިވެގަތް ބަޔަކުކަމުގައި އެއުރެންވޫއެވެ.

فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ

(47) ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ آدمގެދަރި ދެމީހަކަށް ތިމަންމެން إيمانވާނެ ހެއްޔެވެ؟ އެ ދެމީހުންގެ قومގެމީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ حالގައެވެ.

فَكَذَّبُوهُمَا فَكَانُوا مِنَ الْمُهْلَكِينَ

(48) ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި، ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ لَعَلَّهُمْ يَهْتَدُونَ

(49) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ.

وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَى رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ

(50) އަދި مريمގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެތްކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެވެރި އުސްބިމެއްގައި، ތިމަންރަސްކަލާނގެ

يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ

(51) (އެކަލާނގެ وحىކުރެއްވިއެވެ.) އޭ رسولންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عملކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ

(52) އަދި ހަމަކަށަވަރުން، މިއީ އެއް أمّةއެއް ކަމުގައިވާ، ތިޔަބައިމީހުންގެ

فَتَقَطَّعُوا أَمْرَهُمْ بَيْنَهُمْ زُبُرًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ

(53) ފަހެ، އެއުރެންގެ دينގެ ކަންތައް، އެއުރެންގެ މެދުގައި ތަފާތު ބައިތަކަކަށް އެއުރެން ބައިކުރޫއެވެ. ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެތެވެ.

فَذَرْهُمْ فِي غَمْرَتِهِمْ حَتَّى حِينٍ

(54) ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ

(55،56) މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ.

نُسَارِعُ لَهُمْ فِي الْخَيْرَاتِ بَلْ لَا يَشْعُرُونَ

(55،56) މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ.

إِنَّ الَّذِينَ هُمْ مِنْ خَشْيَةِ رَبِّهِمْ مُشْفِقُونَ

(57) ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވުމުން އެކަލާނގެ عذابއަށް ބިރުވެތިވާ މީހުންނެވެ.

وَالَّذِينَ هُمْ بِآيَاتِ رَبِّهِمْ يُؤْمِنُونَ

(58) އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތަކަށް إيمانވާ މީހުންނެވެ.

وَالَّذِينَ هُمْ بِرَبِّهِمْ لَا يُشْرِكُونَ

(59) އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ނުކުރާ މީހުންނެވެ.

وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ

(60) އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةއަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقاتގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ.

أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ

(61) އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.

وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا وَلَدَيْنَا كِتَابٌ يَنْطِقُ بِالْحَقِّ وَهُمْ لَا يُظْلَمُونَ

(62) އަދި އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަންރަސްކަލާނގެ تكليفއެއް ނުޖައްސަވަމެވެ. އަދި حقގޮތުގައި ބަސްބުނާ ފޮތެއް، ތިމަންރަސްކަލާނގެ حضرةގައިވެއެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

بَلْ قُلُوبُهُمْ فِي غَمْرَةٍ مِنْ هَذَا وَلَهُمْ أَعْمَالٌ مِنْ دُونِ ذَلِكَ هُمْ لَهَا عَامِلُونَ

(63) އަދި ކިއެއްތަ! އެއުރެންގެ ހިތްތައްވަނީ، މި (قرآن) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެއުރެން ކުރަމުންދާ عملތަކުގެ އިތުރަށް، އެއުރެންނަށް އެހެން (ނުބައި) عملތަކެއްވެއެވެ.

حَتَّى إِذَا أَخَذْنَا مُتْرَفِيهِمْ بِالْعَذَابِ إِذَا هُمْ يَجْأَرُونَ

(64) އެއުރެންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަންރަސްކަލާނގެ عذابފޮނުއްވައި، އެއުރެން ގެންދަވައިފުމަށް ދާނދެނެވެ. އެހާރުން، އެއުރެން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެތެވެ.

لَا تَجْأَرُوا الْيَوْمَ إِنَّكُمْ مِنَّا لَا تُنْصَرُونَ

(65) (އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرةއަކުން نصرވެރިކަމެއް ނުލިބޭނެތެވެ.

قَدْ كَانَتْ آيَاتِي تُتْلَى عَلَيْكُمْ فَكُنْتُمْ عَلَى أَعْقَابِكُمْ تَنْكِصُونَ

(66) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބާވައިލެއްވި آيةތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ، ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ.

مُسْتَكْبِرِينَ بِهِ سَامِرًا تَهْجُرُونَ

(67) އެ قرآنއާމެދު ބޮޑާވެގަންނަ حالގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ قرآنއަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭހިނދުގައެވެ.

أَفَلَمْ يَدَّبَّرُوا الْقَوْلَ أَمْ جَاءَهُمْ مَا لَمْ يَأْتِ آبَاءَهُمُ الْأَوَّلِينَ

(68) ފަހެ، އެއުރެން قرآنއާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަކަމެއް އެއުރެންގެ ގާތަށް އައީހެއްޔެވެ؟

أَمْ لَمْ يَعْرِفُوا رَسُولَهُمْ فَهُمْ لَهُ مُنْكِرُونَ

(69) ނުވަތަ އެއުރެން އެކަލޭގެފާނަށް إنكارކޮށް، ދެކޮޅުހަދަނީ އެއުރެންގެ

أَمْ يَقُولُونَ بِهِ جِنَّةٌ بَلْ جَاءَهُمْ بِالْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ

(70) ނުވަތަ އެކަލޭގެފާނުގެ ކިބައިގައި، މޮޔަކަމެއްވާކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! (އެހެންނަކުންނޫނެވެ.) އެއުރެންނަށް އެކަލޭގެފާނު حقގޮތް ގެނެސްދެއްވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، حقއަށް ނުރުހޭބަޔެކެވެ.

وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ

(71) حق قرآن އެއުރެންގެ އެދުންތަކަށް تبعވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ! ތިމަންރަސްކަލާނގެ އެއުރެންނަށް ހަނދާންކޮށްދެނިވި قرآن ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ قرآنއަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ.

أَمْ تَسْأَلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ وَهُوَ خَيْرُ الرَّازِقِينَ

(72) ނުވަތަ ކަލޭގެފާނު، އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ثواب މާހެޔޮކަން ބޮޑެވެ. އަދި އެކަލާނގެއީ، رزقދެއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.

وَإِنَّكَ لَتَدْعُوهُمْ إِلَى صِرَاطٍ مُسْتَقِيمٍ

(73) ހަމަކަށަވަރުން، ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް ގޮވައިލައްވާކަން ކަށަވަރެވެ.

وَإِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ عَنِ الصِّرَاطِ لَنَاكِبُونَ

(74) އަދި ހަމަކަށަވަރުން، آخرةއަށް إيمان ނުވާމީހުން، ތެދުމަގުން އެއްކިބާވެގެންވާކަން ކަށަވަރެވެ.

وَلَوْ رَحِمْنَاهُمْ وَكَشَفْنَا مَا بِهِمْ مِنْ ضُرٍّ لَلَجُّوا فِي طُغْيَانِهِمْ يَعْمَهُونَ

(75) އެއުރެންނަށް ތިމަންރަސްކަލާނގެ رحمةލައްވައި، އެއުރެންގެ ކިބައިގައިވާ ދަތިކަން ތިމަންރަސްކަލާނގެ ފިއްލެވިނަމަވެސް، އެއުރެންގެ މަގުފުރެދުމުގައި ދެވޭނުދެވޭތަނެއް ނޭނގޭގޮތުގައި، އެއުރެން ދެމިތިބީހެވެ.

وَلَقَدْ أَخَذْنَاهُمْ بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ

(76) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذابދެއްވައި އެއުރެން ހިއްޕެވީމެވެ. ދެންވެސް އެއުރެންގެ ވެރިރަސްކަލާނގެއަށް، އެއުރެން މަޑުމައިތިރިވެ، އަޅުކަންކޮށް دعاءކޮށެއް ނަހަދަތެވެ.

حَتَّى إِذَا فَتَحْنَا عَلَيْهِمْ بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ

(77) ގަދަފަދަވެގެންވާ عذابއެއްގެ ދޮރު، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހުޅުއްވައިފުމަށް ދާނދެނެވެ. އެހާރުން އެ عذابގެތެރޭގައި އުންމީދުކެނޑިގެންވާ ބަޔަކު ކަމުގައި އެއުރެންވާނެތެވެ.

وَهُوَ الَّذِي أَنْشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَا تَشْكُرُونَ

(78) އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ.

وَهُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ

(79) އަދި އެކަލާނގެއީ، ބިމުގައި ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.

وَهُوَ الَّذِي يُحْيِي وَيُمِيتُ وَلَهُ اخْتِلَافُ اللَّيْلِ وَالنَّهَارِ أَفَلَا تَعْقِلُونَ

(80) އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމައެކަލާނގެއެވެ. އަދި ރެޔާއިދުވާލުގެ ތަފާތު ކުރެއްވުން މިލްކުވެގެންވަނީވެސް، އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟

بَلْ قَالُوا مِثْلَ مَا قَالَ الْأَوَّلُونَ

(81) އަދި ކިއެއްތަ! އިހުގެ މީހުން ބުނިފަދައިން، އެއުރެން ބުނޫއެވެ.

قَالُوا أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ

(82) އެއުރެން ބުނޫއެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟

لَقَدْ وُعِدْنَا نَحْنُ وَآبَاؤُنَا هَذَا مِنْ قَبْلُ إِنْ هَذَا إِلَّا أَسَاطِيرُ الْأَوَّلِينَ

(83) ހަމަކަށަވަރުން، މީގެކުރިންވެސް ތިމަންމެންނަށާއި، ތިމަންމެންގެ ކާބަފައިންނަށް، މިކަންތައް وعدކުރެއްވިއެވެ. އެވޭލާމީހުން ދައްކައި އުޅުނު ފުލޯކުވާހަކަތަކެއް ކަމުގައި، މެނުވީ މިކަންތައް ނުވެއެވެ.

قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ

(84) ކަލޭގެފާނު ވިދާޅުވާށެވެ! ބިމާއި، އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ.

سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ

(85) އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟

قُلْ مَنْ رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ

(86) ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ عرشގެ ވެރިޔަކީ ކާކުހެއްޔެވެ؟

سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ

(87) އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) تقوىވެރި ނުވަނީ ހެއްޔެވެ؟

قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ

(88) ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ يدقدرةފުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ.

سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ

(89)އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުންނަށް (އެކަންކަން) އޮޅެނީ ކޮންފަދައަކުން ހެއްޔެވެ؟

بَلْ أَتَيْنَاهُمْ بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ

(90) އަދި ކިއެއްތަ! އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ حقގޮތް ގެނެސްދެއްވީމެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަން ކަށަވަރެވެ.

مَا اتَّخَذَ اللَّهُ مِنْ وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ

(91) اللَّه، އެއްވެސް ދަރިކަލަކު ނުހިއްޕަވަތެވެ. އަދި އެކަލާނގެއާއެކު، އެހެންއެއްވެސް إلهއަކު ނުވެއެވެ. އެހެންވީނަމަ، ކޮންމެ إلهއަކުމެ، އެ إلهއަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهرވެވޮޑިގެންވެއެވެ.

عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَى عَمَّا يُشْرِكُونَ

(92) (އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެއުރެން شريكކުރާ ތަކެއްޗަށްވުރެން އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

قُلْ رَبِّ إِمَّا تُرِيَنِّي مَا يُوعَدُونَ

(93،94) ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! އެއުރެންނަށް وعدކުރައްވާ ކަންތައް، ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާޔަށް ދެއްކެވިޔަސް، އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި ތިމަންއަޅާ ނުލައްވާނދޭވެ!

رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ

(93،94) ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! އެއުރެންނަށް وعدކުރައްވާ ކަންތައް، ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާޔަށް ދެއްކެވިޔަސް، އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި ތިމަންއަޅާ ނުލައްވާނދޭވެ!

وَإِنَّا عَلَى أَنْ نُرِيَكَ مَا نَعِدُهُمْ لَقَادِرُونَ

(95) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ وعدކުރައްވާ ކަންތައް ކަލޭގެފާނަށް ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ.

ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ نَحْنُ أَعْلَمُ بِمَا يَصِفُونَ

(96) އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެންބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.

وَقُلْ رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

(97) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! شيطانންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ حضرةން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.

وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ

(98) އަދި އަޅުގެ ވެރިރަސްކަލާކޮ! އެ شيطانން ތިމަންއަޅާގެ ގާތަށް

حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ

(99) އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياةއަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ!

لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلَّا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ يُبْعَثُونَ

(100) (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عملކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ.

فَإِذَا نُفِخَ فِي الصُّورِ فَلَا أَنْسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ

(101) ފަހެ، ތާޅަފިލި ފުމެލައްވައިފިހިނދު، ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسبތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤالއެއްވެސް ނުކުރާނޭމެއެވެ.

فَمَنْ ثَقُلَتْ مَوَازِينُهُ فَأُولَئِكَ هُمُ الْمُفْلِحُونَ

(102) ފަހެ، އެމީހެއްގެ (ހެޔޮ عملތަކުގެ) ތިލަފަތްތައް ބަރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމައެއުރެންނެވެ.

وَمَنْ خَفَّتْ مَوَازِينُهُ فَأُولَئِكَ الَّذِينَ خَسِرُوا أَنْفُسَهُمْ فِي جَهَنَّمَ خَالِدُونَ

(103) އަދި އެމީހެއްގެ (ހެޔޮ عملތަކުގެ) ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ އެއުރެންގެ نفسތައް، ނަގައިލި މީހުންނެވެ. ނަރަކައިގައި އެއުރެން ދެމިތިބޭނެތެވެ.

تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ

(104) ނަރަކައިގެ އަލިފާން އެއުރެންގެ މޫނުތައް އަންދާނެތެވެ. އަދި އެއުރެން އެތާނގައި ރުޅިމޫނު ހަދައިގެން ތިބޭނެތެވެ.

أَلَمْ تَكُنْ آيَاتِي تُتْلَى عَلَيْكُمْ فَكُنْتُمْ بِهَا تُكَذِّبُونَ

(105) (އެއުރެންނަށް އަންގަވާނެތެވެ.) ތިމަންރަސްކަލާނގެ آيةތައް ތިޔަބައިމީހުންނަށް ކިޔަވައިދެވޭ ކަމުގައި ނުވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ آيةތައް ދޮގުކުރާކަމުގައި ވީމުއެވެ.

قَالُوا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَالِّينَ

(106) އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެންގެ އަބާއްޖަވެރިކަން ތިމަންމެންގެ މައްޗަށް ގަދަވެގަތީއެވެ. އަދި މަގުފުރެދިގެންވާ ބަޔަކު ކަމުގައި ތިމަންމެން ވީމުއެވެ.

رَبَّنَا أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ

(107) އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެން އެ ނަރަކައިން ނެރުއްވައިފާނދޭވެ! ފަހެ، ތިމަންމެން (كافرކަމުގެ ތެރެޔަށް) އެނބުރި ހިނގައްޖެނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.

قَالَ اخْسَئُوا فِيهَا وَلَا تُكَلِّمُونِ

(108) އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! އަދި ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرةއަށް ބަސް ނުދަންނަވާށެވެ!

إِنَّهُ كَانَ فَرِيقٌ مِنْ عِبَادِي يَقُولُونَ رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

(109) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެތެރެއިން ބަޔަކުވިއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.

فَاتَّخَذْتُمُوهُمْ سِخْرِيًّا حَتَّى أَنْسَوْكُمْ ذِكْرِي وَكُنْتُمْ مِنْهُمْ تَضْحَكُونَ

(110) ފަހެ، އެއުރެންނީ، ފުރައްސާރަކުރެވޭ ބަޔެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ތިމަންރަސްކަލާނގެ ހަނދުމަކުޅައުންމަތިން އެއުރެން ތިޔަބައިމީހުން ހަނދުމަނެތިކޮށްފުމަށް ދާނދެނެވެ. އަދި އެއުރެންނާމެދު މަލާމާތްކޮށް، ހޭނ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.

إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا أَنَّهُمْ هُمُ الْفَائِزُونَ

(111) އެއުރެން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންނީ، ހަމަ نصيبވެރިންނެވެ.

قَالَ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ

(112) އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟

قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَاسْأَلِ الْعَادِّينَ

(113) އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ سؤالކުރައްވާށެވެ!

قَالَ إِنْ لَبِثْتُمْ إِلَّا قَلِيلًا لَوْ أَنَّكُمْ كُنْتُمْ تَعْلَمُونَ

(114) އެކަލާނގެ وحىކުރައްވާނެތެވެ. ދާދި ކުޑަ ދުވަސްކޮޅަކު މެނުވީ، ތިޔަބައިމީހުން ލަސްވެ ނުތިބެމުއެވެ. ތިޔަބައިމީހުންނަށް އެކަން އެނގޭކަމުގައި ވީނަމައެވެ.

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

(115) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةއަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟

فَتَعَالَى اللَّهُ الْمَلِكُ الْحَقُّ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ

(116) ފަހެ، ރަސްވަންތަ، حقވަންތަ اللَّه، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، إلهއަކު ނެތެވެ. އެއީ މާތްވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ.

وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ

(117) اللَّهއާއެކު އެހެން إلهއަކަށް އަޅުކަންކޮށްއުޅޭ މީހަކު، އެކަމުގެ މައްޗަށް އެމީހަކަށް (ލިބޭނޭ) އެއްވެސް دليلއެއް ނެތެވެ. ފަހެ، އެމީހެއްގެ ހިސާބު ބެއްލެވުން ވާކަންކަށަވަރީ، އެމީހާގެ ވެރިރަސްކަލާނގެ حضرةގައެވެ. ހަމަކަށަވަރުން،

وَقُلْ رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ

(118) ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި