logo logo

طسم

(1) ط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

تِلْكَ آيَاتُ الْكِتَابِ الْمُبِينِ

(2) މިއީ (ކަންތައްތައް) بيانވެގެންވާ ފޮތުގެ (އެބަހީ: قرآنގެ) آيةތަކެވެ.

لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ

(3) އެއުރެން مؤمنން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)

إِنْ نَشَأْ نُنَزِّلْ عَلَيْهِمْ مِنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ

(4) ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزةއެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ.

وَمَا يَأْتِيهِمْ مِنْ ذِكْرٍ مِنَ الرَّحْمَنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ

(5) رحمنވަންތަ ރަސްކަލާނގެ حضرةން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު آيةއަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.

فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ

(6) ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبرތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ.

أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ

(7) ބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(8) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(9) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

وَإِذْ نَادَى رَبُّكَ مُوسَى أَنِ ائْتِ الْقَوْمَ الظَّالِمِينَ

(10) ކަލޭގެފާނުގެ ވެރިރަސްކަލާނގެ موسىގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި قومގެމީހުންގެ ގާތަށް ކަލޭގެފާނު (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ!

قَوْمَ فِرْعَوْنَ أَلَا يَتَّقُونَ

(11) އެއީ فرعونގެ قومގެމީހުންނެވެ. އެއުރެން اللَّهއަށް ބިރުވެތި ނުވަނީހެއްޔެވެ؟

قَالَ رَبِّ إِنِّي أَخَافُ أَنْ يُكَذِّبُونِ

(12) އެކަލޭގެފާނު (އެބަހީ: موسىގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.

وَيَضِيقُ صَدْرِي وَلَا يَنْطَلِقُ لِسَانِي فَأَرْسِلْ إِلَى هَارُونَ

(13) އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارونގެފާނުގެ އަރިހަށް (وحىއާއިގެން جبريلގެފާނު) ފޮނުއްވައި ދެއްވާށެވެ!

وَلَهُمْ عَلَيَّ ذَنْبٌ فَأَخَافُ أَنْ يَقْتُلُونِ

(14) އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتلކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.

قَالَ كَلَّا فَاذْهَبَا بِآيَاتِنَا إِنَّا مَعَكُمْ مُسْتَمِعُونَ

(15) އެކަލާނގެ وحىކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آيةތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ.

فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ

(16) ފަހެ، ތިޔަދެބޭކަލުން فرعونގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ عالمތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި رسولންނެވެ.

أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ

(17) إسـرآءيـلގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ!

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ

(18) އޭނާ (އެބަހީ: فرعون، موسىގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمرފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.

وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنْتَ مِنَ الْكَافِرِينَ

(19) އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.

قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ

(20) އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حالގައެވެ.

فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ

(21) ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدينއަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمةއާއި، ވިސްނުން ދެއްވިއެވެ. އަދި رسولންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.

وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدْتَ بَنِي إِسْرَائِيلَ

(22) އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمةއެއްކަމުގައި ތިޔަ ކަލަގޮވާ نعمةއަކީ، ކަލޭ إسـرآءيـلގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمةއެއް ހެއްޔެވެ؟)

قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ

(23) فرعون ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން رسولކަމާއިގެން ވަޑައިގެންނެވި) عالمތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟

قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا إِنْ كُنْتُمْ مُوقِنِينَ

(24) އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقينކުރާ ކަމުގައިވާނަމައެވެ.

قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ

(25) އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟

قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ

(26) އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.

قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ

(27) އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسولއަކީ، މޮޔައެއްކަން ކަށަވަރެވެ.

قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا إِنْ كُنْتُمْ تَعْقِلُونَ

(28) އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ مشرقއާއި، مغربއާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ.

قَالَ لَئِنِ اتَّخَذْتَ إِلَهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ

(29) އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން إلهއަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.

قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُبِينٍ

(30) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ رسولކަމުގެ މައްޗަށް) بيانވެގެންވާ دليلއެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟

قَالَ فَأْتِ بِهِ إِنْ كُنْتَ مِنَ الصَّادِقِينَ

(31) އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، دليل ގެންނަވައިބައްލަވާށެވެ!

فَأَلْقَى عَصَاهُ فَإِذَا هِيَ ثُعْبَانٌ مُبِينٌ

(32) ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.

وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ

(33) އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.

قَالَ لِلْمَلَإِ حَوْلَهُ إِنَّ هَذَا لَسَاحِرٌ عَلِيمٌ

(34) އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.

يُرِيدُ أَنْ يُخْرِجَكُمْ مِنْ أَرْضِكُمْ بِسِحْرِهِ فَمَاذَا تَأْمُرُونَ

(35) އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمرކުރާގޮތަކީ ކޮބައިހެއްޔެވެ؟

قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ

(36) އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ!

يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ

(37) އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ.

فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَعْلُومٍ

(38) ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ وقتއަކަށް ޖާދޫގަރުން އެއްކޮށްފިއެވެ.

وَقِيلَ لِلنَّاسِ هَلْ أَنْتُمْ مُجْتَمِعُونَ

(39) އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟

لَعَلَّنَا نَتَّبِعُ السَّحَرَةَ إِنْ كَانُوا هُمُ الْغَالِبِينَ

(40) އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް تبعވުމަށްޓަކައެވެ.

فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ

(41) ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން فرعونއަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟

قَالَ نَعَمْ وَإِنَّكُمْ إِذًا لَمِنَ الْمُقَرَّبِينَ

(42) އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.

قَالَ لَهُمْ مُوسَى أَلْقُوا مَا أَنْتُمْ مُلْقُونَ

(43) موسىގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ!

فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ

(44) ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. فرعونގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ.

فَأَلْقَى مُوسَى عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ

(45) ދެން موسىގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.

فَأُلْقِيَ السَّحَرَةُ سَاجِدِينَ

(46) ފަހެ، އެ ޖާދޫގަރުން سجدةއަށް ތިރިވެއްޖައޫއެވެ.

قَالُوا آمَنَّا بِرَبِّ الْعَالَمِينَ

(47) އެއުރެން ބުނޫއެވެ. عالمތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمانވެއްޖައީމުއެވެ.

رَبِّ مُوسَى وَهَارُونَ

(48) (އެއީ) موسىގެފާނާއި، هارونގެފާނުގެ ވެރިރަސްކަލާނގެއެވެ.

قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ

(49) އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذنދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمانވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليبއަށް އަރުވާހުށީމެވެ.

قَالُوا لَا ضَيْرَ إِنَّا إِلَى رَبِّنَا مُنْقَلِبُونَ

(50) އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށެވެ.

إِنَّا نَطْمَعُ أَنْ يَغْفِرَ لَنَا رَبُّنَا خَطَايَانَا أَنْ كُنَّا أَوَّلَ الْمُؤْمِنِينَ

(51) ތިމަންމެން އެންމެފުރަތަމަ إيمانވީބަޔެއްކަމުގައިވުުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ.

وَأَوْحَيْنَا إِلَى مُوسَى أَنْ أَسْرِ بِعِبَادِي إِنَّكُمْ مُتَّبَعُونَ

(52) ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعونއާއި އޭނާގެ لشكر ދާނެތެވެ.)

فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ

(53) ފަހެ، فرعون، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ.

إِنَّ هَؤُلَاءِ لَشِرْذِمَةٌ قَلِيلُونَ

(54) ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: إسـرآءيـلގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ.

وَإِنَّهُمْ لَنَا لَغَائِظُونَ

(55) އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ.

وَإِنَّا لَجَمِيعٌ حَاذِرُونَ

(56) އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ.

فَأَخْرَجْنَاهُمْ مِنْ جَنَّاتٍ وَعُيُونٍ

(57،58) ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانةތަކުންނާއި، މަތިވެރި މާތް مقامތަކުން އެއުރެން (އެބަހީ: فرعونއާއި، އޭނާގެ قومގެމީހުން) ބޭރުކުރެއްވީމެވެ.

وَكُنُوزٍ وَمَقَامٍ كَرِيمٍ

(57،58) ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانةތަކުންނާއި، މަތިވެރި މާތް مقامތަކުން އެއުރެން (އެބަހީ: فرعونއާއި، އޭނާގެ قومގެމީހުން) ބޭރުކުރެއްވީމެވެ.

كَذَلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ

(59) އެކަންކުރީ އެފަދައިންނެވެ. އަދި إسـرآءيـلގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ.

فَأَتْبَعُوهُمْ مُشْرِقِينَ

(60) ފަހެ، އެއުރެން (އެބަހީ: فرعونއާއި އޭނާގެ قومގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ.

فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَى إِنَّا لَمُدْرَكُونَ

(61) ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، موسىގެފާނުގެ أصحابން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.

قَالَ كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ

(62) އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصرދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.

فَأَوْحَيْنَا إِلَى مُوسَى أَنِ اضْرِبْ بِعَصَاكَ الْبَحْرَ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ

(63) ފަހެ، ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسىގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.

وَأَزْلَفْنَا ثَمَّ الْآخَرِينَ

(64) ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعونއާއި އޭނާގެ قومގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ.

وَأَنْجَيْنَا مُوسَى وَمَنْ مَعَهُ أَجْمَعِينَ

(65) އަދި ތިމަންރަސްކަލާނގެ موسىގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرقން) ސަލާމަތް ކުރެއްވީމެވެ.

ثُمَّ أَغْرَقْنَا الْآخَرِينَ

(66) ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافرން) غرقކުރެއްވީމެވެ.

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(67) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(68) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ

(69) (އޭ محمدގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް إبراهيمގެފާނުގެ خبرކިޔައިދެއްވާށެވެ!

إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ

(70) (އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قومގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ.

قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ

(71) އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ.

قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ

(72) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް دعاءކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟

أَوْ يَنْفَعُونَكُمْ أَوْ يَضُرُّونَ

(73) ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟

قَالُوا بَلْ وَجَدْنَا آبَاءَنَا كَذَلِكَ يَفْعَلُونَ

(74) އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ.

قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ

(75، 76) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ

(75، 76) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ

(77) ފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ عدوّންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، عالمތަކުގެ ވެރިރަސްކަލާނގެއަށެވެ.

الَّذِي خَلَقَنِي فَهُوَ يَهْدِينِ

(78) އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ.

وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ

(79) އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.

وَإِذَا مَرِضْتُ فَهُوَ يَشْفِينِ

(80) އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.

وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ

(81) އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ.

وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ

(82) އަދި قيامةދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ حضرةންނެވެ.

رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ

(83) އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علمއާއި، ވިސްނުން ދެއްވާނދޭވެ! އަދި صالحންގެތެރެއިން މިއަޅާ ލައްވާނދޭވެ!

وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ

(84) ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ!

وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ

(85) އަދި نعمةގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ!

وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ

(86) އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ.

وَلَا تُخْزِنِي يَوْمَ يُبْعَثُونَ

(87) އަދި އެއުރެން (އެބަހީ: މީސްތަކުން) محشرއަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ!

يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ

(88) އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ.

إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

(89) ސަލާމަތްވެގެންވާ ހިތަކާއިގެން اللَّهގެ حضرةއަށް އައިމީހަކަށް މެނުވީއެވެ.

وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ

(90) އަދި تقوىވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ.

وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ

(91) އަދި كافرންނަށް ނަރަކަ ފާޅުކުރައްވާނެތެވެ.

وَقِيلَ لَهُمْ أَيْنَ مَا كُنْتُمْ تَعْبُدُونَ

(92، 93) އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللّّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصرދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصرލިބޭހެއްޔެވެ؟

مِنْ دُونِ اللَّهِ هَلْ يَنْصُرُونَكُمْ أَوْ يَنْتَصِرُونَ

(92، 93) އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللّّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصرދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصرލިބޭހެއްޔެވެ؟

فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ

(94، 95) ފަހެ، އެ ބުދުތަކާއި، كافرވީ މީހުންނާއި، إبليسގެ لشكرއާއި، އެންމެން

وَجُنُودُ إِبْلِيسَ أَجْمَعُونَ

(94، 95) ފަހެ، އެ ބުދުތަކާއި، كافرވީ މީހުންނާއި، إبليسގެ لشكرއާއި، އެންމެން

قَالُوا وَهُمْ فِيهَا يَخْتَصِمُونَ

(96) އެއުރެން އެ ނަރަކައިގައި އަރާރުންވާ حال ބުނާނެތެވެ.

تَاللَّهِ إِنْ كُنَّا لَفِي ضَلَالٍ مُبِينٍ

(97) اللَّه ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، بيانވެގެންވާ ފުރެދުމެއްގައެވެ.

إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ

(98) (އަޅުކަން ކުރުމުގައި) عالمތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ.

وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ

(99) އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ.

فَمَا لَنَا مِنْ شَافِعِينَ

(100) ފަހެ، ތިމަންމެންނަށް އެއްވެސް شفاعةތެރިޔަކު ނުވެއެވެ.

وَلَا صَدِيقٍ حَمِيمٍ

(101) އަދި ގާތް رحمةތެރިޔަކުވެސް ނުވެއެވެ.

فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ

(102) ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوعވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން مؤمنންގެ ތެރެއިން ވާހުށީމުއެވެ.

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(103) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(104) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ

(105) نوحގެފާނުގެ قومގެމީހުން رسولން ދޮގުކުރޫއެވެ.

إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ

(106) (އެއީ) އެއުރެންނަށް އެއުރެންގެ أخ، نوحގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟

إِنِّي لَكُمْ رَسُولٌ أَمِينٌ

(107) ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(108) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ

(109) އަދި އަހުރެން އެ رسولކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(110) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ

(111) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبعވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمانވާނެތޯއެވެ؟

قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ

(112) އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عملއާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟

إِنْ حِسَابُهُمْ إِلَّا عَلَى رَبِّي لَوْ تَشْعُرُونَ

(113) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حسابބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ.

وَمَا أَنَا بِطَارِدِ الْمُؤْمِنِينَ

(114) އަދި إيمانވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.

إِنْ أَنَا إِلَّا نَذِيرٌ مُبِينٌ

(115) بيانވެގެންހުރި إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.

قَالُوا لَئِنْ لَمْ تَنْتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ

(116) އެއުރެން ދެންނެވޫއެވެ. އޭ نوحގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ.

قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ

(117) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قومގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ.

فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَنْ مَعِيَ مِنَ الْمُؤْمِنِينَ

(118) ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصافކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمنތަކުން ސަލާމަތް ކުރައްވާނދޭވެ!

فَأَنْجَيْنَاهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ

(119) ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ.

ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ

(120) ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرقކުރެއްވީމެވެ.

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(121) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެއެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(122) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

كَذَّبَتْ عَادٌ الْمُرْسَلِينَ

(123) عادބާގައިމީހުން رسولން ދޮގުކުރޫއެވެ.

إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ

(124) (އެއީ) އެއުރެންގެ أخ، هودގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟

إِنِّي لَكُمْ رَسُولٌ أَمِينٌ

(125) ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(126) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ

(127) އަދި އަހުރެން އެ رسولކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثوابދެއްވުމެއް ނުވެތެވެ.

أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ

(128) ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟

وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ

(129) އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟

وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ

(130) އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް رحمއެއްނެތި) جبّارންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(131) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَاتَّقُوا الَّذِي أَمَدَّكُمْ بِمَا تَعْلَمُونَ

(132) ތިޔަބައިމީހުން ދަންނަ نعمةތަކުން ތިޔަބައިމީހުންނަށް مددދެއްވި ރަސްކަލާނގެއަށް تقوىވެރިވާށެވެ!

أَمَدَّكُمْ بِأَنْعَامٍ وَبَنِينَ

(133، 134) نعمސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمةދެއްވިއެވެ.

وَجَنَّاتٍ وَعُيُونٍ

(133، 134) نعمސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمةދެއްވިއެވެ.

إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

(135) ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذابއަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.

قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِينَ

(136) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحةދެއްވިޔަސް، ނުވަތަ نصيحةދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ.

إِنْ هَذَا إِلَّا خُلُقُ الْأَوَّلِينَ

(137) މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ.

وَمَا نَحْنُ بِمُعَذَّبِينَ

(138) އަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.

فَكَذَّبُوهُ فَأَهْلَكْنَاهُمْ إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(139) ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: هودގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(140) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

كَذَّبَتْ ثَمُودُ الْمُرْسَلِينَ

(141) ثمودބާގައިމީހުން، رسولން ދޮގުކުރޫއެވެ.

إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ

(142) (އެއީ) އެއުރެންގެ أخ، صالحގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟

إِنِّي لَكُمْ رَسُولٌ أَمِينٌ

(143) ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(144) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ

(145) އަދި އަހުރެން އެ رسولކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثوابދެއްވުމެއް ނުވެތެވެ.

أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ

(146) މި ދުނިޔެމަތީގައިވާ نعمةތަކުގައި، أمانކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟

فِي جَنَّاتٍ وَعُيُونٍ

(147) ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ.

وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ

(148) އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ.

وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ

(149) އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(150) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ

(151) އަދި ހައްދުފަހަނަޅައިދާ މީހުންގެ أمرއަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ!

الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ

(152) އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاحއެއް ނުކުރާ މީހުންނެވެ.

قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ

(153) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

مَا أَنْتَ إِلَّا بَشَرٌ مِثْلُنَا فَأْتِ بِآيَةٍ إِنْ كُنْتَ مِنَ الصَّادِقِينَ

(154) ތިމަންމެންކަހަލަ آدمގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزةއެއް ގެންނަވައި ބައްލަވާށެވެ!

قَالَ هَذِهِ نَاقَةٌ لَهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَعْلُومٍ

(155) އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جملއެކެވެ. އެ އެއްޗަށް ބޯފެނުގެ حصّةއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّةއެއް ވެއެވެ.

وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ

(156) އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذابއައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ.

فَعَقَرُوهَا فَأَصْبَحُوا نَادِمِينَ

(157) ފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.

فَأَخَذَهُمُ الْعَذَابُ إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(158) ފަހެ، އެއުރެންނަށް عذابއައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(159) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ

(160) لوطގެފާނުގެ قومގެމީހުން رسولން ދޮގުކުރޫއެވެ.

إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ

(161) (އެއީ) އެއުރެންގެ أخ، لوطގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟

إِنِّي لَكُمْ رَسُولٌ أَمِينٌ

(162) ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(163) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ

(164) އަދި އަހުރެން އެ رسولކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.

أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ

(165) خلقތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟

وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِنْ أَزْوَاجِكُمْ بَلْ أَنْتُمْ قَوْمٌ عَادُونَ

(166) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلالކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.

قَالُوا لَئِنْ لَمْ تَنْتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ

(167) އެއުރެން ދެންނެވޫއެވެ. އޭ لوطގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.

قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ

(168) އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عملއަށް (އެބަހީ: لواطގެ عملއަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.

رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ

(169) އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عملން މިއަޅާއާއި މިއަޅާގެ أهلވެރިން ސަލާމަތް ކުރައްވާނދޭވެ!

فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ

(170) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރި އެންމެން ސަލާމަތް ކުރެއްވީމެވެ.

إِلَّا عَجُوزًا فِي الْغَابِرِينَ

(171) عذابލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ.

ثُمَّ دَمَّرْنَا الْآخَرِينَ

(172) ދެން ތިމަންރަސްކަލާނގެ (އެ قومގެ) މީހުން ހަލާކުކުރެއްވީމެވެ.

وَأَمْطَرْنَا عَلَيْهِمْ مَطَرًا فَسَاءَ مَطَرُ الْمُنْذَرِينَ

(173) އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذارކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(174) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(175) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ

(176) الأيكةގެ أهلވެރިން رسولން ދޮގުކުރޫއެވެ.

إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ

(177) (އެއީ) އެއުރެންނަށް شعيبގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوىވެރި ނުވަނީހެއްޔެވެ؟

إِنِّي لَكُمْ رَسُولٌ أَمِينٌ

(178) ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.

فَاتَّقُوا اللَّهَ وَأَطِيعُونِ

(179) ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ

(180) އަދި އަހުރެން އެ رسولކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.

أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ

(181) ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!

وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ

(182) އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ!

وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

(183) އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسدން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ!

وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ

(184) އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ جيلތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ!

قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ

(185) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

وَمَا أَنْتَ إِلَّا بَشَرٌ مِثْلُنَا وَإِنْ نَظُنُّكَ لَمِنَ الْكَاذِبِينَ

(186) އަދި ތިމަންމެންކަހަލަ آدمގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ.

فَأَسْقِطْ عَلَيْنَا كِسَفًا مِنَ السَّمَاءِ إِنْ كُنْتَ مِنَ الصَّادِقِينَ

(187) ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ!

قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ

(188) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.

فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ

(189) ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ عذاب، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ عذابވީ، ބޮޑުވެގެންވާ ދުވަހެއްގެ عذابއަކަށެވެ.

إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

(190) ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

(191) އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ

(192) ހަމަކަށަވަރުން، އެ قرآنއަކީ، عالمތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ.

نَزَلَ بِهِ الرُّوحُ الْأَمِينُ

(193،194) ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآنއާއިގެން ފައިބައިވަޑައިގަތީ، جبريلގެފާނެވެ. އެއީ (މީސްތަކުންނަށް) إنذارކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.

عَلَى قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ

(193،194) ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآنއާއިގެން ފައިބައިވަޑައިގަތީ، جبريلގެފާނެވެ. އެއީ (މީސްތަކުންނަށް) إنذارކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.

بِلِسَانٍ عَرَبِيٍّ مُبِينٍ

(195) (އެ قرآن ބާވައިލެއްވީ) بيانވެގެންވާ عرب ބަހުންނެވެ.

وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ

(196) އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ قرآنގެ ވާހަކަ ވާކަން ކަށަވަރެވެ.

أَوَلَمْ يَكُنْ لَهُمْ آيَةً أَنْ يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ

(197) إسـرآءيـلގެދަރިންކުރެ، علمވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: مكةގެ مشركންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟

وَلَوْ نَزَّلْنَاهُ عَلَى بَعْضِ الْأَعْجَمِينَ

(198،199) އަދި عجمىންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمانވާ ބަޔަކު ކަމުގައި ނުވީހެވެ.

فَقَرَأَهُ عَلَيْهِمْ مَا كَانُوا بِهِ مُؤْمِنِينَ

(198،199) އަދި عجمىންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمانވާ ބަޔަކު ކަމުގައި ނުވީހެވެ.

كَذَلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ

(200) ތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ.

لَا يُؤْمِنُونَ بِهِ حَتَّى يَرَوُا الْعَذَابَ الْأَلِيمَ

(201) ވޭންދެނިވި عذاب އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް إيمانއެއް ނުވާނެތެވެ.

فَيَأْتِيَهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ

(202) ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ عذاب އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ.

فَيَقُولُوا هَلْ نَحْنُ مُنْظَرُونَ

(203) ފަހެ، އެއުރެން ބުނާނެތެވެ. (إيمانވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟

أَفَبِعَذَابِنَا يَسْتَعْجِلُونَ

(204) ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذابއަށް ހެއްޔެވެ؟

أَفَرَأَيْتَ إِنْ مَتَّعْنَاهُمْ سِنِينَ

(205،206،207) ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.

ثُمَّ جَاءَهُمْ مَا كَانُوا يُوعَدُونَ

(205،206،207) ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.

مَا أَغْنَى عَنْهُمْ مَا كَانُوا يُمَتَّعُونَ

(205،206،207) ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.

وَمَا أَهْلَكْنَا مِنْ قَرْيَةٍ إِلَّا لَهَا مُنْذِرُونَ

(208) އެއްވެސް ރަށެއް، އެރަށުގެ أهلވެރިންނަށް إنذارކުރައްވާނޭ رسولން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ.

ذِكْرَى وَمَا كُنَّا ظَالِمِينَ

(209) (އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ

(210) އެ قرآن ގެނެސްދިނީ شيطانންނެއް ނޫނެވެ.

وَمَا يَنْبَغِي لَهُمْ وَمَا يَسْتَطِيعُونَ

(211) އަދި އެއީ شيطانންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ شيطانންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ.

إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ

(212) ހަމަކަށަވަރުން، އެ شيطانންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ.

فَلَا تَدْعُ مَعَ اللَّهِ إِلَهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ

(213) ފަހެ، اللَّهއާއެކު އެހެން إلهއަކަށް ކަލޭގެފާނު دعاءކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން عذابލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.

وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ

(214) ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلةގެ މީހުންނަށް إنذار ކުރައްވާށެވެ!

وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ

(215) مؤمنންގެ ތެރެއިން ކަލޭގެފާނަށް تبعވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)

فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِمَّا تَعْمَلُونَ

(216) ފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ عملތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.

وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ

(217) އަދި عزيزވަންތަ، رحيمވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު وكيلކުރައްވާށެވެ!

الَّذِي يَرَاكَ حِينَ تَقُومُ

(218) އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَتَقَلُّبَكَ فِي السَّاجِدِينَ

(219) އަދި سجدةކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركاتތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ.

إِنَّهُ هُوَ السَّمِيعُ الْعَلِيمُ

(220) ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

هَلْ أُنَبِّئُكُمْ عَلَى مَنْ تَنَزَّلُ الشَّيَاطِينُ

(221) އެއުރެންގެ މައްޗަށް شيطانން ފައިބާ މީހުންގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟

تَنَزَّلُ عَلَى كُلِّ أَفَّاكٍ أَثِيمٍ

(222) އެ شيطانން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.

يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ

(223) އެ شيطانން އަޑުއަހާ ތަކެތި (كاهنންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.

وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ

(224) ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافرންނަށް) تبعވާނީ މަގުފުރެދިގެންވާ މީހުންނެވެ.

أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ

(225) ހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادىއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟

وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ

(226) އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ.

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانْتَصَرُوا مِنْ بَعْدِ مَا ظُلِمُوا وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنْقَلَبٍ يَنْقَلِبُونَ

(227) إيمانވެ صالح عملތައްކޮށް، އަދި ގިނަގިނައިން اللَّه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصرލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوعވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ.