logo logo

الم

(1) ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

غُلِبَتِ الرُّومُ

(2،3،4) (عربىންނާ) އެންމެ ކައިރި ބިމުގައި (فارسىންގެ އަތުން) رومىން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسىންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّهއަށެވެ. އަދި އެދުވަހުން مؤمنން އުފާކުރާނެތެވެ.

فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

(2،3،4) (عربىންނާ) އެންމެ ކައިރި ބިމުގައި (فارسىންގެ އަތުން) رومىން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسىންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّهއަށެވެ. އަދި އެދުވަހުން مؤمنން އުފާކުރާނެތެވެ.

فِي بِضْعِ سِنِينَ لِلَّهِ الْأَمْرُ مِنْ قَبْلُ وَمِنْ بَعْدُ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ

(2،3،4) (عربىންނާ) އެންމެ ކައިރި ބިމުގައި (فارسىންގެ އަތުން) رومىން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسىންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّهއަށެވެ. އަދި އެދުވަހުން مؤمنން އުފާކުރާނެތެވެ.

بِنَصْرِ اللَّهِ يَنْصُرُ مَنْ يَشَاءُ وَهُوَ الْعَزِيزُ الرَّحِيمُ

(5) (އެއީ) اللَّهގެ نصرންނެވެ. އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް نصرދެއްވަތެވެ. އަދި އެކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެއެވެ.

وَعْدَ اللَّهِ لَا يُخْلِفُ اللَّهُ وَعْدَهُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

(6) اللَّهގެ وعدފުޅެވެ. اللَّه، އެކަލާނގެ وعدއާ خلافވެ ވޮޑިއެއް ނުގަންނަވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

يَعْلَمُونَ ظَاهِرًا مِنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ

(7) ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، آخرةދުވަހާމެދު غافلވެގެންވާ ބަޔަކު ކަމުގައެވެ.

أَوَلَمْ يَتَفَكَّرُوا فِي أَنْفُسِهِمْ مَا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُسَمًّى وَإِنَّ كَثِيرًا مِنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ

(8) އަދި އެއުރެން، އެއުރެންގެ އަމިއްލަ نفسތަކާމެދު ފިކުރެއް ނުކުރޭހެއްޔެވެ؟ حقގޮތުގައި، އަދި ކަނޑައެޅިގެންވާ أجلއަކަށް މެނުވީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއް اللَّه ނަހައްދަވަތެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަމަށްވަނީ كافرވެގެންކަން ކަށަވަރެވެ.

أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا وَجَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

(9) އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، معدنތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (مكةގެ مشركން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ رسولން، ފާޅުވެގެންވާ معجزاتތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، اللَّه، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ نفسތަކަށް އަނިޔާކުރާކަމުގައި ވިއެވެ.

ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاءُوا السُّوأَى أَنْ كَذَّبُوا بِآيَاتِ اللَّهِ وَكَانُوا بِهَا يَسْتَهْزِئُونَ

(10) ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެއުރެންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ. އެއީ އެއުރެން اللَّهގެ آيةތައް ދޮގުކޮށް، އެ آيةތަކަށް ފުރައްސާރަކޮށް އުޅުނު ބަޔަކު ކަމުގައިވީތީއެވެ.

اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ثُمَّ إِلَيْهِ تُرْجَعُونَ

(11) (ނެތުމުގެތެރެއިން) خلقތަކުން އަލަށް އުފައްދަވައި، ދެން އަލުން

وَيَوْمَ تَقُومُ السَّاعَةُ يُبْلِسُ الْمُجْرِمُونَ

(12) އަދި قيامةދުވަސް އަންނަހިނދު، ކުށްވެރިންގެ އުންމީދު ކެނޑިދެއެވެ.

وَلَمْ يَكُنْ لَهُمْ مِنْ شُرَكَائِهِمْ شُفَعَاءُ وَكَانُوا بِشُرَكَائِهِمْ كَافِرِينَ

(13) (اللَّه ފިޔަވައި) އެއުރެން އަޅުކަންކޮށް شريكކޮށް އުޅުނު އެއްވެސް ފަރާތެއް އެއީ، އެއުރެންނާމެދު شفاعةތެރިވާ ބަޔަކު ކަމުގައި ނުވިއެވެ. އަދި އެއުރެން އަޅުކަންކޮށް شريكކޮށް އުޅުނު ފަރާތްތަކުގެ ސަބަބުން އެއުރެންވީ كافرން ކަމުގައެވެ.

وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ

(14) قيامةވާ ދުވަހު އެއުރެން (އެބަހީ: މީސްތަކުން) އެދުވަހުން ދެބަޔަކަށް ބައިވެގެން ދާނެތެވެ.

فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَهُمْ فِي رَوْضَةٍ يُحْبَرُونَ

(15) ފަހެ، إيمانވެ، صالح عملތައް ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ، އުފާވެ، نعمةލިބޭ حال، (ސުވަރުގޭގެ) ބަގީޗާއެއްގައެވެ.

وَأَمَّا الَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ فَأُولَئِكَ فِي الْعَذَابِ مُحْضَرُونَ

(16) އަދި كافرވެ ތިމަންރަސްކަލާނގެ آيةތަކާއި، آخرةއާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ عذابގެ ތެރެޔަށް حاضرކުރައްވާފައެވެ.

فَسُبْحَانَ اللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ

(17) ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، اللَّهއަށް تسبيحކިޔައި ނަމާދުކުރާށެވެ!

وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ

(18) އުޑުތަކާއި، ބިމުގައި އެންމެހާ تعريفއާއި ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (اللَّهއަށް ތިޔަބައިމީހުން تسبيحކިޔައި ނަމާދުކުރާށެވެ!)

يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا وَكَذَلِكَ تُخْرَجُونَ

(19) މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (قيامةދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ.

وَمِنْ آيَاتِهِ أَنْ خَلَقَكُمْ مِنْ تُرَابٍ ثُمَّ إِذَا أَنْتُمْ بَشَرٌ تَنْتَشِرُونَ

(20) އަދި އެކަލާނގެ ތިޔަބައިމީހުން ވެލީން އުފެއްދެވުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން އެހިނދު، ތިޔަބައިމީހުން އިންސާނުންގެ ގޮތުގައި (ބިމުގައި) ފެތުރިގެންވަމުއެވެ.

وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

(21) ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفسތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِلْعَالِمِينَ

(22) އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

وَمِنْ آيَاتِهِ مَنَامُكُمْ بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُمْ مِنْ فَضْلِهِ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَسْمَعُونَ

(23) އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ

(24) އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

وَمِنْ آيَاتِهِ أَنْ تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ ثُمَّ إِذَا دَعَاكُمْ دَعْوَةً مِنَ الْأَرْضِ إِذَا أَنْتُمْ تَخْرُجُونَ

(25) އަދި އެކަލާނގެ أمرފުޅަށް، އުޑާއި ބިން قائمވެ އޮތުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން ބިމުގެ ތެރެއިން އެކަލާނގެ ތިޔަބައިމީހުންނަށް (ކަށްވަޅުތަކުން ނުކުތުމަށް) ގޮވައިލައްވައިފިނަމަ، އެހިނދު ކުއްލިޔަކަށް ތިޔަބައިމީހުން ނުކުންނާނޫއެވެ.

وَلَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ كُلٌّ لَهُ قَانِتُونَ

(26) އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެ އެންމެން އެކަލާނގެއަށް ކިޔަމަންވެގެންވެތެވެ.

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ وَلَهُ الْمَثَلُ الْأَعْلَى فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ

(27) އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلقތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادةކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ. އުޑުތަކާއި ބިމުގައި އެންމެ ފުރިހަމަ مثال ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.

ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ

(28) އެކަލާނގެ ތިޔަބައިމީހުންގެ نفسތަކުން ތިޔަބައިމީހުންނަށް مثالއެއް ޖެއްސެވިއެވެ. ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތީގައި ބައިވެރިވާ ބަޔަކު ތިޔަބައިމީހުންގެ އަޅުންގެ ތެރެއިން ވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމުގައި ހަމަހަމަވެގެންވޭ ހެއްޔެވެ؟ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ބިރުގަންނަ ފަދައިން، އެއުރެންދެކެ ތިޔަބައިމީހުން ބިރުގަންނަމު ހެއްޔެވެ؟ ވިސްނާބަޔަކަށް ތިމަންރަސްކަލާނގެ آيةތައް تفصيلކޮށްދެއްވަނީ އެފަދައިންނެވެ.

بَلِ اتَّبَعَ الَّذِينَ ظَلَمُوا أَهْوَاءَهُمْ بِغَيْرِ عِلْمٍ فَمَنْ يَهْدِي مَنْ أَضَلَّ اللَّهُ وَمَا لَهُمْ مِنْ نَاصِرِينَ

(29) އަދި ކިއެއްތަ! އަނިޔާވެރިވީ މީހުން ނުދަނެތިބެ، އެއުރެންގެ އަމިއްލަ އެދުމަށް تبعވޫއެވެ. ފަހެ اللَّه މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކާނީ ކާކުހެއްޔެވެ؟ އަދި އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لَا تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

(30) ފަހެ، باطلމަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دينއާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرةއެއްގެ މައްޗަށް އުފެއްދެވި اللَّهގެ فطرةއެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ دينއަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ

(31) އެކަލާނގެއަށް ތިޔަބައިމީހުން توبةވެ، رجوعވާ حالގައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި مشرك ންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!

مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ

(32) އެއުރެންގެ دين ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައިމީހުން ނުވާށެވެ!) ކޮންމެ ބަޔަކުމެ އެއުރެންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ.

وَإِذَا مَسَّ النَّاسَ ضُرٌّ دَعَوْا رَبَّهُمْ مُنِيبِينَ إِلَيْهِ ثُمَّ إِذَا أَذَاقَهُمْ مِنْهُ رَحْمَةً إِذَا فَرِيقٌ مِنْهُمْ بِرَبِّهِمْ يُشْرِكُونَ

(33) އަދި މީސްތަކުންނަށް ދަތި حالއެއް ޖެހިއްޖެނަމަ، އެއުރެންގެ ވެރި ރަސްކަލާނގެއަށް توبةވެ، رجوعވާ حال، دعاءކުރެތެވެ. ދެން އެއުރެންނަށް އެކަލާނގެ حضرةން رحمة އެއްގެ ރަހަ ދައްކަވައިފިނަމަ، އެހިނދު އޭގެތެރެއިން ބަޔަކު އެއުރެންގެ ވެރިރަސްކަލާނގެއަށް شريكކުރެތެވެ.

لِيَكْفُرُوا بِمَا آتَيْنَاهُمْ فَتَمَتَّعُوا فَسَوْفَ تَعْلَمُونَ

(34) އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمةއަށް كافرވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭ ހުށްޓެވެ.

أَمْ أَنْزَلْنَا عَلَيْهِمْ سُلْطَانًا فَهُوَ يَتَكَلَّمُ بِمَا كَانُوا بِهِ يُشْرِكُونَ

(35) ނުވަތަ ތިމަންރަސްކަލާނގެއަށް އެއުރެން شريكކުރުމަށް ބުނާ حجّةއެއް ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބާވައިލެއްވީ ހެއްޔެވެ؟

وَإِذَا أَذَقْنَا النَّاسَ رَحْمَةً فَرِحُوا بِهَا وَإِنْ تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ

(36) އަދި ތިމަންރަސްކަލާނގެ މީސްތަކުންނަށް رحمةއެއްގެ ރަހަ ދައްކަވައިފިނަމަ، އެއާމެދު އެއުރެން އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ކަންތައްތަކެއްގެ ސަބަބުން، އެއުރެންނަށް ނުބައިކަމެއް ދިމާވެއްޖެނަމަ، އެހިނދު އުންމީދު ކަނޑައިލާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.

أَوَلَمْ يَرَوْا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ

(37) ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސް ކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمانވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

فَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ذَلِكَ خَيْرٌ لِلَّذِينَ يُرِيدُونَ وَجْهَ اللَّهِ وَأُولَئِكَ هُمُ الْمُفْلِحُونَ

(38) ފަހެ، ތިމާގެމީހާއަށާއި، مسكينއާ އަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެމީހެއްގެ حقދޭށެވެ! اللَّهގެ وجهފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.

وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِنْدَ اللَّهِ وَمَا آتَيْتُمْ مِنْ زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُولَئِكَ هُمُ الْمُضْعِفُونَ

(39) އަދި މީސްތަކުންގެ މުދަލުން رِباގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ. އަދި اللَّه ގެ وجه ފުޅު އެދިގެން زكاةގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.

اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ هَلْ مِنْ شُرَكَائِكُمْ مَنْ يَفْعَلُ مِنْ ذَلِكُمْ مِنْ شَيْءٍ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ

(40) ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް رزقދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ اللَّهއެވެ. ތިޔަބައިމީހުންގެ شريكންގެ ތެރެއިން މިއިން އެއްވެސްކަމެއްކުރާ މީހަކު ވޭހެއްޔެވެ؟ އެއުރެން شريكކުރާ ކަންތަކުން އެކަލާނގެ ހުސްطاهرވަންތަވެ، މަތިވެރިވެ ވޮޑިގެންވެއެވެ.

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

(41) މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عملގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبةވެ) رجوعވުމަށްޓަކައެވެ.

قُلْ سِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلُ كَانَ أَكْثَرُهُمْ مُشْرِكِينَ

(42) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެތެރެއިން ގިނަމީހުން مشرك ން ކަމުގައިވޫއެވެ.

فَأَقِمْ وَجْهَكَ لِلدِّينِ الْقَيِّمِ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا مَرَدَّ لَهُ مِنَ اللَّهِ يَوْمَئِذٍ يَصَّدَّعُونَ

(43) ފަހެ (އެއްވެސް މީހަކަށް) اللَّهގެ حضرةން ރައްދުކުރެއްވުމެއްނުވާ ދުވަހެއް އައުމުގެކުރިން، ކަލޭގެފާނުގެ މޫނުފުޅު ސީދާވެގެންވާ دينއަށް ކުރިމަތިކުރައްވާށެވެ! އެދުވަހުން އެއުރެން (ދެބަޔަކަށް) ބައިވެގެންދާނެތެވެ.

مَنْ كَفَرَ فَعَلَيْهِ كُفْرُهُ وَمَنْ عَمِلَ صَالِحًا فَلِأَنْفُسِهِمْ يَمْهَدُونَ

(44) كافرވި މީހާ (ދަންނާށެވެ!) ފަހެ، އޭނާގެ كافرކަން އޮންނާނީ، އޭނާގެ މައްޗަށެވެ. އަދި صالح عملކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ نفسތަކަށްޓަކައި އެއުރެން މަގު ހޯދައެވެ.

لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْ فَضْلِهِ إِنَّهُ لَا يُحِبُّ الْكَافِرِينَ

(45) (އެއީ) إيمانވެ، صالح عملތައް ކުޅަމީހުންނަށް އެކަލާނގެ فضلވަންތަކަމުން އެއުރެންނަށް ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެ، كافرންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.

وَمِنْ آيَاتِهِ أَنْ يُرْسِلَ الرِّيَاحَ مُبَشِّرَاتٍ وَلِيُذِيقَكُمْ مِنْ رَحْمَتِهِ وَلِتَجْرِيَ الْفُلْكُ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

(46) އުފާވެރިކަމުގެ خبرދެނިވި ގޮތުގައި، ވައިރޯޅި ފޮނުއްވާކަން އެއީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. (އެއީ) ތިޔަބައިމީހުންނަށް އެކަލާނގެ رحمةގެ ރަހަ ދެއްކެވުމަށާއި، އެކަލާނގެ أمرފުޅަށް އުޅަނދުތައް ދުވުމަށާއި، އެކަލާނގެ فضلވަންތަކަމުން ތިޔަބައިމީހުން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން

وَلَقَدْ أَرْسَلْنَا مِنْ قَبْلِكَ رُسُلًا إِلَى قَوْمِهِمْ فَجَاءُوهُمْ بِالْبَيِّنَاتِ فَانْتَقَمْنَا مِنَ الَّذِينَ أَجْرَمُوا وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ

(47) ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް އެބޭކަލުންގެ قومގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. ފަހެ، އެބޭކަލުން އެއުރެންގެގާތަށް ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. ފަހެ (އެބޭކަލުން ދޮގުކޮށް) ފާފަކުރި މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. އަދި مؤمنންނަށް نصرދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް حقއެއް ކަމުގައިވެއެވެ.

اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ فَإِذَا أَصَابَ بِهِ مَنْ يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ

(48) اللَّهއީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمةދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصلކޮށްގަނެތެވެ.

وَإِنْ كَانُوا مِنْ قَبْلِ أَنْ يُنَزَّلَ عَلَيْهِمْ مِنْ قَبْلِهِ لَمُبْلِسِينَ

(49) އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ.

فَانْظُرْ إِلَى آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا إِنَّ ذَلِكَ لَمُحْيِي الْمَوْتَى وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

(50) ފަހެ، اللَّهގެ رحمةގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَظَلُّوا مِنْ بَعْدِهِ يَكْفُرُونَ

(51) (اللَّه ފޮނުއްވި رحمةގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން كافرވުމުގައި ދެމިތިބޭކަން ކަށަވަރެވެ.

فَإِنَّكَ لَا تُسْمِعُ الْمَوْتَى وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ

(52) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަކަށް މަރުވެފައިވާ މީހުންނަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ.

وَمَا أَنْتَ بِهَادِ الْعُمْيِ عَنْ ضَلَالَتِهِمْ إِنْ تُسْمِعُ إِلَّا مَنْ يُؤْمِنُ بِآيَاتِنَا فَهُمْ مُسْلِمُونَ

(53) އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާ ކުރައްވައި، (ތެދުމަގު ދައްކަވާ) هادىއަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آيةތަކަށް إيمانވާ ބަޔަކަށް މެނުވީ، ކަލޭގެފާނަކަށް ނީއްވެވޭނެތެވެ. ފަހެ، އެއުރެންނީ، اللَّهއަށް ކިޔަމަންވާ މީހުންނެވެ.

اللَّهُ الَّذِي خَلَقَكُمْ مِنْ ضَعْفٍ ثُمَّ جَعَلَ مِنْ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً يَخْلُقُ مَا يَشَاءُ وَهُوَ الْعَلِيمُ الْقَدِيرُ

(54) ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّهއެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ كَذَلِكَ كَانُوا يُؤْفَكُونَ

(55) قيامةގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެއުރެން حقން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ.

وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَى يَوْمِ الْبَعْثِ فَهَذَا يَوْمُ الْبَعْثِ وَلَكِنَّكُمْ كُنْتُمْ لَا تَعْلَمُونَ

(56) އަދި އެބަޔަކަށް علمއާއި، إيمانކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން اللَّه ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެެހެނެއްކަމަކު ތިޔަބައިމީހުންވީ (އެކަން) ނުދަންނަ ކަމުގައެވެ.

فَيَوْمَئِذٍ لَا يَنْفَعُ الَّذِينَ ظَلَمُوا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ

(57) ފަހެ، އެދުވަހުން އަނިޔާވެރިންނަކަށް އެއުރެން ދައްކާ عذرއަކުން މަންފާއެއް ނުކުރާނެތެވެ. އަދި ހެޔޮމަގަށް އެނބުރި ދިއުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.

وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَذَا الْقُرْآنِ مِنْ كُلِّ مَثَلٍ وَلَئِنْ جِئْتَهُمْ بِآيَةٍ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ أَنْتُمْ إِلَّا مُبْطِلُونَ

(58) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآنގައި މީސްތަކުންނަށް ހުރިހާ ބާވަތަކުން مثالޖެއްސެވީމެވެ. އަދި އެއުރެންގެ ގާތަށް معجزةއަކާއިގެން ކަލޭގެފާނު ވަޑައިގެންފިނަމަ، كافرވިމީހުން ބުނާނެކަން ކަށަވަރެވެ. باطلގެ أهلވެރިން ކަމުގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ.

كَذَلِكَ يَطْبَعُ اللَّهُ عَلَى قُلُوبِ الَّذِينَ لَا يَعْلَمُونَ

(59) (اللَّهގެ އެއްކައުވަންތަކަން) ނުދަންނަ މީހުންގެ ހިތްތަކުގައި، اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ.

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ

(60) ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. އަދި إيمان ނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ!