logo logo

وَالصَّافَّاتِ صَفًّا

(1،2،3) ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.

فَالزَّاجِرَاتِ زَجْرًا

(1،2،3) ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.

فَالتَّالِيَاتِ ذِكْرًا

(1،2،3) ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.

إِنَّ إِلَهَكُمْ لَوَاحِدٌ

(4) ހަމަކަށަވަރުން، ތިޔަބައިމީހުންގެ إلهއަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ

(5) (އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ

(6) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ.

وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ

(7) އަދި ނުކިޔަމަންތެރި ކޮންމެ شيطانއެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.

لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ

(8) މަތިވެރިވެގެންވާ جماعةން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكةން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطانންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطانންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ.

دُحُورًا وَلَهُمْ عَذَابٌ وَاصِبٌ

(9) ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ.

إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

(10) ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطانއަކު މެނުވީއެވެ. ފަހެ،

فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَمْ مَنْ خَلَقْنَا إِنَّا خَلَقْنَاهُمْ مِنْ طِينٍ لَازِبٍ

(11) ފަހެ، ކަލޭގެފާނު އެއުރެންނާ سؤالކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ.

بَلْ عَجِبْتَ وَيَسْخَرُونَ

(12) އަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު عجائبވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ.

وَإِذَا ذُكِّرُوا لَا يَذْكُرُونَ

(13) އަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ.

وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ

(14) އަދި އެއުރެންނަށް معجزةއެއް ފެނިއްޖެނަމަ، އެއުރެން ފުރައްސާރަކޮށް އުޅެތެވެ.

وَقَالُوا إِنْ هَذَا إِلَّا سِحْرٌ مُبِينٌ

(15) އަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ.

أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ

(16) ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟

أَوَآبَاؤُنَا الْأَوَّلُونَ

(17) އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟

قُلْ نَعَمْ وَأَنْتُمْ دَاخِرُونَ

(18) ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ حالގައެވެ.

فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنْظُرُونَ

(19) ފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ.

وَقَالُوا يَا وَيْلَنَا هَذَا يَوْمُ الدِّينِ

(20) އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ قيامةދުވަހެވެ.

هَذَا يَوْمُ الْفَصْلِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ

(21) މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.

احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ

(22،23) (ملائكةންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!

مِنْ دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ

(22،23) (ملائكةންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!

وَقِفُوهُمْ إِنَّهُمْ مَسْئُولُونَ

(24) އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ سؤالކުރައްވާނޭ ބަޔެކެވެ.

مَا لَكُمْ لَا تَنَاصَرُونَ

(25) (މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟

بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ

(26) އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.

وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءَلُونَ

(27) އަދި އެކަކު އަނެކަކާ سؤالކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.

قَالُوا إِنَّكُمْ كُنْتُمْ تَأْتُونَنَا عَنِ الْيَمِينِ

(28) (މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ.

قَالُوا بَلْ لَمْ تَكُونُوا مُؤْمِنِينَ

(29) އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمنން ކަމުގައި ނުވަމުއެވެ.

وَمَا كَانَ لَنَا عَلَيْكُمْ مِنْ سُلْطَانٍ بَلْ كُنْتُمْ قَوْمًا طَاغِينَ

(30) އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބަައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.

فَحَقَّ عَلَيْنَا قَوْلُ رَبِّنَا إِنَّا لَذَائِقُونَ

(31) ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذابގެ ބަސްފުޅު حقވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذابގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ.

فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ

(32) ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ.

فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ

(33) ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذابގައި ބައިވެރިވެގެންވާ މީހުންނެވެ.

إِنَّا كَذَلِكَ نَفْعَلُ بِالْمُجْرِمِينَ

(34) ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.

إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ

(35) ހަމަކަށަވަރުން، اللَّهމެނުވީ إلهއަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ.

وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ

(36) އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إلهންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟

بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ

(37) އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دينއާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسولން ތެދުކުރެއްވިއެވެ.

إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ

(38) ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذابގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.

وَمَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ

(39) އަދި ތިޔަބައިމީހުން ކޮށްއުޅުނު عملއަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ.

إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

(40) خيارކުރައްވާފައިވާ، اللَّهގެ އަޅުން މެނުވީއެވެ.

أُولَئِكَ لَهُمْ رِزْقٌ مَعْلُومٌ

(41) އެއުރެންނަށްޓަކައި އެނގިގެންވާ رزقވެއެވެ.

فَوَاكِهُ وَهُمْ مُكْرَمُونَ

(42) (އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ.

فِي جَنَّاتِ النَّعِيمِ

(43) نعمةގެ ސުވަރުގެތަކުގައެވެ.

عَلَى سُرُرٍ مُتَقَابِلِينَ

(44) ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.

يُطَافُ عَلَيْهِمْ بِكَأْسٍ مِنْ مَعِينٍ

(45) ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ.

بَيْضَاءَ لَذَّةٍ لِلشَّارِبِينَ

(46) ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنْزَفُونَ

(47) އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.

وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ

(48) އަދި ކަޅިރަވަ ތޫނު، عفةތެރި حورالعينން އެއުރެންގެ ގާތުގައިވެއެވެ.

كَأَنَّهُنَّ بَيْضٌ مَكْنُونٌ

(49) ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ.

فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءَلُونَ

(50) ފަހެ، އެކަކު އަނެކަކާ سؤالކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ.

قَالَ قَائِلٌ مِنْهُمْ إِنِّي كَانَ لِي قَرِينٌ

(51) އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.

يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ

(52) އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟

أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ

(53) ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟

قَالَ هَلْ أَنْتُمْ مُطَّلِعُونَ

(54) އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟

فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ

(55) ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ.

قَالَ تَاللَّهِ إِنْ كِدْتَ لَتُرْدِينِ

(56) އޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ.

وَلَوْلَا نِعْمَةُ رَبِّي لَكُنْتُ مِنَ الْمُحْضَرِينَ

(57) އަދި ތިމަންގެ ވެރިރަސްކަލާނގެ نعمةދެއްވާފައިނުވާނަމަ، (عذابގެ ތެރެޔަށް) حاضرކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ.

أَفَمَا نَحْنُ بِمَيِّتِينَ

(58،59) ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذابލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.

إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ

(58،59) ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذابލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.

إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ

(60) ހަމަކަށަވަރުން، ބޮޑުވެގެންވާ نصيبލިބުމަކީ މިއީކަން ކަށަވަރެވެ.

لِمِثْلِ هَذَا فَلْيَعْمَلِ الْعَامِلُونَ

(61) عملކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި عملކުރާހުށިކަމެވެ!

أَذَلِكَ خَيْرٌ نُزُلًا أَمْ شَجَرَةُ الزَّقُّومِ

(62) ضيافةއެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ زقّومގަސް ހެއްޔެވެ؟

إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ

(63) ހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް امتحانއެއްކަމުގައި ތިމަންރަސްކަލާނގެ

إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ

(64) ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.

طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ

(65) އޭގެ މޭވާ، شيطانންގެ ބޯތަކެކޭ އެއްފަދައެވެ.

فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ

(66) ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި

ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِنْ حَمِيمٍ

(67) ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّومއާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ.

ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ

(68) ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.

إِنَّهُمْ أَلْفَوْا آبَاءَهُمْ ضَالِّينَ

(69) ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ.

فَهُمْ عَلَى آثَارِهِمْ يُهْرَعُونَ

(70) ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ.

وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ

(71) ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ.

وَلَقَدْ أَرْسَلْنَا فِيهِمْ مُنْذِرِينَ

(72) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذارކުރައްވާ رسولން ފޮނުއްވީމެވެ.

فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِينَ

(73) ފަހެ، إنذارވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!

إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

(74) اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.

وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ

(75) ހަމަކަށަވަރުން، نوحގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ!

وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ

(76) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرقން) ސަލާމަތްކުރެއްވީމެވެ.

وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ

(77) އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

وَتَرَكْنَا عَلَيْهِ فِي الْآخِرِينَ

(78) އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.

سَلَامٌ عَلَى نُوحٍ فِي الْعَالَمِينَ

(79) عالمތަކުގައި نوحގެފާނުގެ މައްޗަށް سلامހުށްޓެވެ.

إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ

(80) إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ

(81) ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمنއަޅުންގެ ތެރެއިންނެވެ.

ثُمَّ أَغْرَقْنَا الْآخَرِينَ

(82) ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافرން) غرقކުރެއްވީމެވެ.

وَإِنَّ مِنْ شِيعَتِهِ لَإِبْرَاهِيمَ

(83) ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبعވެގެންވާ މީހުންގެ ތެރެއިން إبراهيمގެފާނުވެއެވެ.

إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ

(84) (އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް توجّهވެވަޑައިގެންނެވި ހިނދުގައެވެ.

إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ

(85) (އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قومގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟

أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ

(86) اللَّهފިޔަވައި ދޮގު إلهންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟

فَمَا ظَنُّكُمْ بِرَبِّ الْعَالَمِينَ

(87) ފަހެ، عالمތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟

فَنَظَرَ نَظْرَةً فِي النُّجُومِ

(88) ފަހެ (އެއުރެންގެ عيدއަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ.

فَقَالَ إِنِّي سَقِيمٌ

(89) ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ.

فَتَوَلَّوْا عَنْهُ مُدْبِرِينَ

(90) ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ.

فَرَاغَ إِلَى آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ

(91) ފަހެ، އެކަލޭގެފާނު އެއުރެންގެ إلهންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟

مَا لَكُمْ لَا تَنْطِقُونَ

(92) ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟

فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ

(93) ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ.

فَأَقْبَلُوا إِلَيْهِ يَزِفُّونَ

(94) ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ.

قَالَ أَتَعْبُدُونَ مَا تَنْحِتُونَ

(95) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟

وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

(96) އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّهއެވެ.

قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ

(97) އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ!

فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ

(98) ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.

وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ

(99) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرةކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمرކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ.

رَبِّ هَبْ لِي مِنَ الصَّالِحِينَ

(100) އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالحންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!

فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ

(101) ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلمވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ.

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ

(102) ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربانކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمرކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.

فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ

(103،104) ފަހެ، އެ ދެބަފައިކަލުން (اللَّهއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ!

وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ

(103،104) ފަހެ، އެ ދެބަފައިކަލުން (اللَّهއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ!

قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ

(105) ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

إِنَّ هَذَا لَهُوَ الْبَلَاءُ الْمُبِينُ

(106) ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحانކަން ކަށަވަރެވެ.

وَفَدَيْنَاهُ بِذِبْحٍ عَظِيمٍ

(107) އަދި قدرބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.

وَتَرَكْنَا عَلَيْهِ فِي الْآخِرِينَ

(108) އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.

سَلَامٌ عَلَى إِبْرَاهِيمَ

(109) إبراهيمގެފާނުގެ މައްޗަށް سلامހުށްޓެވެ.

كَذَلِكَ نَجْزِي الْمُحْسِنِينَ

(110) إحسانތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ

(111) ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمنއަޅުންގެ ތެރެއިންނެވެ.

وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِنَ الصَّالِحِينَ

(112) އަދި صالحންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاقގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

وَبَارَكْنَا عَلَيْهِ وَعَلَى إِسْحَاقَ وَمِنْ ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِنَفْسِهِ مُبِينٌ

(113) އަދި އެކަލޭގެފާނާއި، إسحاقގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركاتލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفسއަށް އަނިޔާކުރާ މީހުންވެއެވެ.

وَلَقَدْ مَنَنَّا عَلَى مُوسَى وَهَارُونَ

(114) އަދި موسىގެފާނާއި، هارونގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمةދެއްވީމެވެ.

وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ

(115) އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قومގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ.

وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ

(116) އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصرދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ.

وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ

(117) އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيانވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ.

وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ

(118) އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.

وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ

(119) އަދި ފަހުން އަންނަވި أمّةތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ.

سَلَامٌ عَلَى مُوسَى وَهَارُونَ

(120) موسىގެފާނާއި، هارونގެފާނުގެ މައްޗަށް سلامހުށްޓެވެ.

إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ

(121) إحسانތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ

(122) ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.

وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ

(123) ހަމަކަށަވަރުން، إلياسގެފާނުވަނީ رسولންގެ ތެރެއިންކަން ކަށަވަރެވެ.

إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ

(124) އެކަލޭގެފާނުގެ قومގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوىވެރި ނުވާނޫހެއްޔެވެ؟

أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ

(125) އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعلއަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعلއަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.)

اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ

(126) އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّهއެވެ.

فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

(127) ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذابގެ ތެރެޔަށް) حاضرކުރައްވާނެކަން ކަށަވަރެވެ.

إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

(128) اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.

وَتَرَكْنَا عَلَيْهِ فِي الْآخِرِينَ

(129) އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.

سَلَامٌ عَلَى إِلْ يَاسِينَ

(130) إلياسގެފާނުގެ މައްޗަށް سلامހުށްޓެވެ.

إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ

(131) إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ

(132) ހަމަކަަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.

وَإِنَّ لُوطًا لَمِنَ الْمُرْسَلِينَ

(133) ހަމަކަށަވަރުން، لوطގެފާނުވަނީ رسولންގެ ތެރެއިންކަން ކަށަވަރެވެ.

إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ

(134) ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ!

إِلَّا عَجُوزًا فِي الْغَابِرِينَ

(135) عذابލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ.

ثُمَّ دَمَّرْنَا الْآخَرِينَ

(136) ދެން ތިމަންރަސްކަލާނގެ (އެ قومގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.

وَإِنَّكُمْ لَتَمُرُّونَ عَلَيْهِمْ مُصْبِحِينَ

(137،138) ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثارތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟

وَبِاللَّيْلِ أَفَلَا تَعْقِلُونَ

(137،138) ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثارތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ

(139) ހަމަކަށަވަރުން، يونسގެފާނުވަނީ، رسولންގެ ތެރެއިންކަން ކަށަވަރެވެ.

إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ

(140) އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!

فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ

(141) ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعةލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعةން) ދެރަވިމީހުންގެ ތެރެއިންނެވެ.

فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ

(142) ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حالގައެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ

(143،144) ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيحކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشرއަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.

لَلَبِثَ فِي بَطْنِهِ إِلَى يَوْمِ يُبْعَثُونَ

(143،144) ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيحކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشرއަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ

(145) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحالކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.

وَأَنْبَتْنَا عَلَيْهِ شَجَرَةً مِنْ يَقْطِينٍ

(146) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.

وَأَرْسَلْنَاهُ إِلَى مِائَةِ أَلْفٍ أَوْ يَزِيدُونَ

(147) އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قومއަކަށް رسولކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.

فَآمَنُوا فَمَتَّعْنَاهُمْ إِلَى حِينٍ

(148) ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمانވޫއެވެ. ދެން އެއުރެންގެ أجلޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ

(149) (އޭ محمدގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤالކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟

أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ

(150) ނުވަތަ އެއުރެން حاضرވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكةން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟

أَلَا إِنَّهُمْ مِنْ إِفْكِهِمْ لَيَقُولُونَ

(151،152) ދަންނާށެވެ! ހަމަކަށަވަރުން، اللَّهއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.

وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ

(151،152) ދަންނާށެވެ! ހަމަކަށަވަރުން، اللَّهއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.

أَصْطَفَى الْبَنَاتِ عَلَى الْبَنِينَ

(153) ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيارކުރެއްވީހެއްޔެވެ؟

مَا لَكُمْ كَيْفَ تَحْكُمُونَ

(154) ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكمކުރަނީ ކޮންފަދައަކުން ހެއްޔެވެ؟

أَفَلَا تَذَكَّرُونَ

(155) ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟

أَمْ لَكُمْ سُلْطَانٌ مُبِينٌ

(156) ނުވަތަ ތިޔަބައިމީހުންނަށް بيانވެގެންވާ دليلއެއް ވަނީހެއްޔެވެ؟

فَأْتُوا بِكِتَابِكُمْ إِنْ كُنْتُمْ صَادِقِينَ

(157) ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليلއަކަށް) ގެނެސްބަލާށެވެ!

وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ

(158) އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسبގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذابގެ ތެރެޔަށް) حاضرކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.

سُبْحَانَ اللَّهِ عَمَّا يَصِفُونَ

(159) އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهرވެ ވޮޑިގެންވެއެވެ.

إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

(160) اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.

فَإِنَّكُمْ وَمَا تَعْبُدُونَ

(161) ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ.

مَا أَنْتُمْ عَلَيْهِ بِفَاتِنِينَ

(162،163) ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.

إِلَّا مَنْ هُوَ صَالِ الْجَحِيمِ

(162،163) ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.

وَمَا مِنَّا إِلَّا لَهُ مَقَامٌ مَعْلُومٌ

(164) (ملائكةން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقامއެއް ނެތިއެއް ނުވެއެވެ.

وَإِنَّا لَنَحْنُ الصَّافُّونَ

(165) އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكةންނީމުއެވެ.

وَإِنَّا لَنَحْنُ الْمُسَبِّحُونَ

(166) އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيحކިޔާ ملائكةންނީމުއެވެ.

وَإِنْ كَانُوا لَيَقُولُونَ

(167) އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكةގެ مشركން) ބުނެއުޅެތެވެ.

لَوْ أَنَّ عِنْدَنَا ذِكْرًا مِنَ الْأَوَّلِينَ

(168،169) ތިމަންމެންގެ ގާތުގައި، އިހުގެ أمّةތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّهގެ، خيارކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.

لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ

(168،169) ތިމަންމެންގެ ގާތުގައި، އިހުގެ أمّةތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّهގެ، خيارކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.

فَكَفَرُوا بِهِ فَسَوْفَ يَعْلَمُونَ

(170) ފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافرވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ.

وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ

(171) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسولންނަށް ތިމަންރަސްކަލާނގެ (نصرދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ.

إِنَّهُمْ لَهُمُ الْمَنْصُورُونَ

(172) ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصرލިބިގެންވާ ބޭކަލުންނެވެ.

وَإِنَّ جُنْدَنَا لَهُمُ الْغَالِبُونَ

(173) އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكرކަން ކަށަވަރެވެ.

فَتَوَلَّ عَنْهُمْ حَتَّى حِينٍ

(174) ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!

وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ

(175) އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ.

أَفَبِعَذَابِنَا يَسْتَعْجِلُونَ

(176) ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذابއަށް ހެއްޔެވެ؟

فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنْذَرِينَ

(177) ފަހެ، އެއުރެން ތިބޭތަނަށް އެ عذابއަތުވެއްޖެނަމަ، އެ إنذارވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ!

وَتَوَلَّ عَنْهُمْ حَتَّى حِينٍ

(178) އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!

وَأَبْصِرْ فَسَوْفَ يُبْصِرُونَ

(179) އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ

(180) އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّةގެ ވެރިރަސްކަލާނގެ ހުސްطاهرވެ ވޮޑިގެންވެއެވެ.

وَسَلَامٌ عَلَى الْمُرْسَلِينَ

(181) އަދި (އެންމެހާ) رسولންގެ މައްޗަށް سلامހުށްޓެވެ.

وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

(182) އަދި حمدހުރީ، عالمތަކުގެ ވެރި اللَّهއަށެވެ.