logo logo

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ

(1) މިއީ عزيزވަންތަ، حكيمވަންތަ اللَّهގެ حضرةން ބާވައިލެއްވި ފޮތެވެ.

إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ

(2) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حقގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، اللَّهއަށް دين خالصކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ!

أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ

(3) ދަންނާށެވެ! خالصވެގެންވާ دينވަނީ اللَّهއަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّهގެ حضرةއަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلافވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكمކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافرއަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

لَوْ أَرَادَ اللَّهُ أَنْ يَتَّخِذَ وَلَدًا لَاصْطَفَى مِمَّا يَخْلُقُ مَا يَشَاءُ سُبْحَانَهُ هُوَ اللَّهُ الْوَاحِدُ الْقَهَّارُ

(4) اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيارކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهرވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّهއެވެ.

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ

(5) އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمةތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيزވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنْزَلَ لَكُمْ مِنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِنْ بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ لَا إِلَهَ إِلَّا هُوَ فَأَنَّى تُصْرَفُونَ

(6) އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفسއަކުންނެވެ. (އެއީ آدمގެފާނެވެ.) ދެން އެ نفسން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاءގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعمސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّهއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إلهއަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟

إِنْ تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنْكُمْ وَلَا يَرْضَى لِعِبَادِهِ الْكُفْرَ وَإِنْ تَشْكُرُوا يَرْضَهُ لَكُمْ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى ثُمَّ إِلَى رَبِّكُمْ مَرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ

(7) ތިޔަބައިމީހުން كافرވާނަމަ، ފަހެ اللَّهއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافرވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكرކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفسއެއް އެހެން نفسއެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوعވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةއަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَإِذَا مَسَّ الْإِنْسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِنْ قَبْلُ وَجَعَلَ لِلَّهِ أَنْدَادًا لِيُضِلَّ عَنْ سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا إِنَّكَ مِنْ أَصْحَابِ النَّارِ

(8) އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرةއަށް رجوعވެ دعاءކުރެތެވެ. ދެން، އޭނާއަށް نعمةއެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاءކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّهއަށް شريكންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافرކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهلވެރިންގެ ތެރެއިންނެވެ.

أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ

(9) ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدةގައްޔާއި، قيامގައި މަޑުމޮޅިވެ، آخرةދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمةއަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحةލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهلވެރިންނެވެ.

قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ

(10) ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمانވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّهގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حسابއެއްނެތިއެވެ.

قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ

(11) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް أمرކުރައްވާފައިވަނީ، اللَّهއަށް دين خالصކުރާ حال، އެކަލާނގެއަށް އަޅުކަންކުރުމަށެވެ.

وَأُمِرْتُ لِأَنْ أَكُونَ أَوَّلَ الْمُسْلِمِينَ

(12) އަދި އަހުރެންނަށް أمرކުރައްވާފައިވަނީ (މި أمّةގެ) مسلمންގެ ތެރެއިން އެންމެފުރަތަމަ މީހާކަމުގައި އަހުރެން ވުމަށެވެ.

قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ

(13) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރިރަސްކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذابއަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ.

قُلِ اللَّهَ أَعْبُدُ مُخْلِصًا لَهُ دِينِي

(14) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ دين خالصކުރާ حال، އަހުރެން އަޅުކަންކުރަނީ، ހަމައެކަނި اللَّهއަށެވެ.

فَاعْبُدُوا مَا شِئْتُمْ مِنْ دُونِهِ قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ

(15) ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامةދުވަހުން އެއުރެންގެ އަމިއްލަ نفسތަކާއި، އެއުރެންގެ أهلވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.

لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ

(16) (ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!

وَالَّذِينَ اجْتَنَبُوا الطَّاغُوتَ أَنْ يَعْبُدُوهَا وَأَنَابُوا إِلَى اللَّهِ لَهُمُ الْبُشْرَى فَبَشِّرْ عِبَادِ

(17) شيطانއާއަށް އަޅުކަންކުރުމުން ދުރުވެގަނެ، اللَّهގެ حضرةއަށް رجوعވާމީހުންނަށް އުފާވެރިކަމުގެ خبرހުށްޓެވެ. ފަހެ، ކަލޭގެފާނު، ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ خبرދެއްވާށެވެ!

الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ أُولَئِكَ الَّذِينَ هَدَاهُمُ اللَّهُ وَأُولَئِكَ هُمْ أُولُو الْأَلْبَابِ

(18) އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبعވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهلވެރިންނީވެސް، ހަމައެއުރެންނެވެ.

أَفَمَنْ حَقَّ عَلَيْهِ كَلِمَةُ الْعَذَابِ أَفَأَنْتَ تُنْقِذُ مَنْ فِي النَّارِ

(19) ފަހެ، عذابގެ كلمةފުޅު حقވެއްޖެމީހަކު (އެ عذابން ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟) ފަހެ، ނަރަކައިގައިވާ މީހަކު ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟

لَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِنْ فَوْقِهَا غُرَفٌ مَبْنِيَّةٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَعْدَ اللَّهِ لَا يُخْلِفُ اللَّهُ الْمِيعَادَ

(20) އެހެނެއްކަމަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް تقوىވެރިވިމީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއްވެއެވެ. އޭގެމަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. އެކަމަށް اللَّهވަނީ وعدކުރައްވައިފައެވެ. اللَّه وعد އާ خلافވެވޮޑިއެއް ނުގަންނަވަތެވެ.

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا إِنَّ فِي ذَلِكَ لَذِكْرَى لِأُولِي الْأَلْبَابِ

(21) ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ أهلވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.

أَفَمَنْ شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَى نُورٍ مِنْ رَبِّهِ فَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِ اللَّهِ أُولَئِكَ فِي ضَلَالٍ مُبِينٍ

(22) ފަހެ، إسلام دينއަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرةން نورއެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.

اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ

(23) اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حالގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّهހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّهގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ.

أَفَمَنْ يَتَّقِي بِوَجْهِهِ سُوءَ الْعَذَابِ يَوْمَ الْقِيَامَةِ وَقِيلَ لِلظَّالِمِينَ ذُوقُوا مَا كُنْتُمْ تَكْسِبُونَ

(24) ފަހެ، قيامةދުވަހުން، ގަދަފަދަ عذابއަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عملތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!

كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

(25) އެއުރެންގެ ކުރިން އުޅުނުމީހުންވެސް (رسولން) ދޮގުކުރޫއެވެ. ފަހެ، އެއުރެން ހީވެސްނުކުރާ ދިމާޔަކުން، އެއުރެންނަށް عذابއައެވެ.

فَأَذَاقَهُمُ اللَّهُ الْخِزْيَ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ

(26) ފަހެ، اللَّه އެއުރެންނަށް ދުނިޔޭގެ حياةގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން، آخرةގެ عذاب މާބޮޑެވެ. އެއުރެންނަށް އެކަން އެނގޭނޭނަމައެވެ.

وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَذَا الْقُرْآنِ مِنْ كُلِّ مَثَلٍ لَعَلَّهُمْ يَتَذَكَّرُونَ

(27) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآنގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން مثالޖެއްސެވީމެވެ. (އެއީ) އެއުރެން ހަނދުމަކުޅައުމަށްޓަކައެވެ.

قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَعَلَّهُمْ يَتَّقُونَ

(28) އެއްވެސް ގުދުކަމެއްނުވާ، عربބަހުން އޮތް قرآنއެއްގެގޮތުގައެވެ. (އެއީ) އެއުރެން تقوىވެރިވުމަށްޓަކައެވެ.

ضَرَبَ اللَّهُ مَثَلًا رَجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِرَجُلٍ هَلْ يَسْتَوِيَانِ مَثَلًا الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

(29) އެއުރެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް خاصވެގެންވާ (އަޅު) ފިރިހެނެއްގެ مثال اللَّهޖެއްސެވިއެވެ. مثالގެގޮތުން އެ ދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟ حمدހުރީ اللَّهއަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެތެވެ.

إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ

(30) ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.

ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِنْدَ رَبِّكُمْ تَخْتَصِمُونَ

(31) ދެން ހަމަކަށަވަރުން قيامةދުވަހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނޫއެވެ.

فَمَنْ أَظْلَمُ مِمَّنْ كَذَبَ عَلَى اللَّهِ وَكَذَّبَ بِالصِّدْقِ إِذْ جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ

(32) ފަހެ، اللَّهއާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެގާތަށް އައިހިނދު، އެދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ كافرން ތިބޭނޭތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟

وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ أُولَئِكَ هُمُ الْمُتَّقُونَ

(33) ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبولކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوىވެރިންނެވެ.

لَهُمْ مَا يَشَاءُونَ عِنْدَ رَبِّهِمْ ذَلِكَ جَزَاءُ الْمُحْسِنِينَ

(34) އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި އެއުރެން އެދޭހާކަމެއް އެއުރެންނަށް ހުށްޓެވެ. އެއީ إحسانތެރިންނަށްހުރި ޖަޒާއެވެ.

لِيُكَفِّرَ اللَّهُ عَنْهُمْ أَسْوَأَ الَّذِي عَمِلُوا وَيَجْزِيَهُمْ أَجْرَهُمْ بِأَحْسَنِ الَّذِي كَانُوا يَعْمَلُونَ

(35) އެއުރެންކޮށްފައިވާ ނުބައި عملތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عملކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ.

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ

(36) اللَّه، އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެތެވެ.

وَمَنْ يَهْدِ اللَّهُ فَمَا لَهُ مِنْ مُضِلٍّ أَلَيْسَ اللَّهُ بِعَزِيزٍ ذِي انْتِقَامٍ

(37) އަދި އެމީހަކަށް اللَّه ތެދުމަގު ދައްކަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެތެވެ. اللَّهއީ عزيزވަންތަ، ބަދަލުހިއްޕެވުމުގެ ވެރިރަސްކަލާނގެކަމުގައި ނުވޭހެއްޔެވެ؟

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ

(38) އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّهއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) خبرދީބަލާށެވެ! اللَّه، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّهފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް رحمةއަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ رحمة (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّهފުދެއެވެ. وكيلކުރާމީހުން وكيلކުރާހުށީ އެކަލާނގެއަށެވެ!

قُلْ يَا قَوْمِ اعْمَلُوا عَلَى مَكَانَتِكُمْ إِنِّي عَامِلٌ فَسَوْفَ تَعْلَمُونَ

(39،40) ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން ތިބިގޮތުގައި ތިޔަބައިމީހުން عملކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) عملކުރައްވާހުށީމެވެ. ނިކަމެތިކޮށްލަނިވި عذابއަންނަހުށީ ކާކަށްކަމާއި، ދެމިހުންނަނިވި عذابލިބޭހުށީ ކާކަށްކަންފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

مَنْ يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُقِيمٌ

(39،40) ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން ތިބިގޮތުގައި ތިޔަބައިމީހުން عملކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) عملކުރައްވާހުށީމެވެ. ނިކަމެތިކޮށްލަނިވި عذابއަންނަހުށީ ކާކަށްކަމާއި، ދެމިހުންނަނިވި عذابލިބޭހުށީ ކާކަށްކަންފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

إِنَّا أَنْزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ فَمَنِ اهْتَدَى فَلِنَفْسِهِ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَا أَنْتَ عَلَيْهِمْ بِوَكِيلٍ

(41) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حقތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفسއަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفسގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوالކުރައްވާފައިވާ وكيلއަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

اللَّهُ يَتَوَفَّى الْأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

(42) نفسތައް މަރުވާހިނދު، އެ نفسތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّهއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

أَمِ اتَّخَذُوا مِنْ دُونِ اللَّهِ شُفَعَاءَ قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ

(43) ނުވަތަ އެއުރެން، اللَّهފިޔަވައި އެހެން شفاعةތެރިންތަކެއް ހޯދީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ شفاعةތެރިންނަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވާ، އަދި ބުއްދިއެއް ނުވާނަމަވެސް ހެއްޔެވެ؟

قُلْ لِلَّهِ الشَّفَاعَةُ جَمِيعًا لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ

(44) ކަލޭގެފާނު ވިދާޅުވާށެވެ! شفاعةތެރިކަންވަނީ، މުޅިންވެސް اللَّهއަށެވެ. އުޑުތަކާއި ބިމުގެވެރިކަން ވަނީވެސް އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން رجوعކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.

وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَإِذَا ذُكِرَ الَّذِينَ مِنْ دُونِهِ إِذَا هُمْ يَسْتَبْشِرُونَ

(45) ހަމައެކަނި اللَّهގެ اسمފުޅު ނަންގަނެވޭހިނދު، آخرةއަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرتކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ.

قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ

(46) ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ مثالއަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން خلافވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަރަސްކަލާނގެއެވެ.

وَلَوْ أَنَّ لِلَّذِينَ ظَلَمُوا مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ مِنْ سُوءِ الْعَذَابِ يَوْمَ الْقِيَامَةِ وَبَدَا لَهُمْ مِنَ اللَّهِ مَا لَمْ يَكُونُوا يَحْتَسِبُونَ

(47) އަނިޔާވެރިވި މީހުންނަށް، ބިމުގައިވާހާ ތަކެއްޗާއި، އެޔާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، قيامةދުވަހުގެ ގަދަފަދަ عذابން މުއްތިވުމަށްޓަކައި، އެއިން فديةދިނީހެވެ. އަދި އެއުރެން ހީވެސްނުކުރާ ކަންތައް އެދުވަހުން اللَّهގެ حضرةން އެއުރެންނަށް ފާޅުވާނެތެވެ.

وَبَدَا لَهُمْ سَيِّئَاتُ مَا كَسَبُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

(48) އެއުރެންހޯދި ނުބައި عملތަކުގެ ޖަޒާ އެއުރެންނަށް ފާޅުވާހުށްޓެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އެއުރެން ވަށައިލާހުށްޓެވެ.

فَإِذَا مَسَّ الْإِنْسَانَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَاهُ نِعْمَةً مِنَّا قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ بَلْ هِيَ فِتْنَةٌ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

(49) ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاءކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرةން އޭނާޔަށް نعمةއެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمةލިބިފައިވާކަން ކަށަވަރީ، ތިމަންގެ علمވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحانއެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

قَدْ قَالَهَا الَّذِينَ مِنْ قَبْلِهِمْ فَمَا أَغْنَى عَنْهُمْ مَا كَانُوا يَكْسِبُونَ

(50) އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ.

فَأَصَابَهُمْ سَيِّئَاتُ مَا كَسَبُوا وَالَّذِينَ ظَلَمُوا مِنْ هَؤُلَاءِ سَيُصِيبُهُمْ سَيِّئَاتُ مَا كَسَبُوا وَمَا هُمْ بِمُعْجِزِينَ

(51) ފަހެ، އެއުރެންހޯދި ނުބައި عملތަކުގެ ޖަޒާ، އެއުރެންގެ މައްޗަށް އައިސްޖެހުނެވެ. އަދި މިބައިމީހުންކުރެ (އެބަހީ: مكةގެ مشركންކުރެ) އަނިޔާވެރިވިމީހުންހޯދި ނުބައި عملތަކުގެ ޖަޒާ ނިކަންހުރެ، އެއުރެންގެ މައްޗަށް އައިސްޖެހޭނެއެވެ. އަދި (اللَّه) ނުކުޅައްދައި ރެކިގެން ދެވޭނޭބަޔަކު ކަމުގައި އެއުރެން ނުވެތެވެ.

أَوَلَمْ يَعْلَمُوا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ

(52) އަދި ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزقތަނަވަސްކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمانވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ

(53) ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެެވެ.

وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنْصَرُونَ

(54) އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް توبةވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް عذابއައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް نصرއެއް ނުލިބޭނެތެވެ.

وَاتَّبِعُوا أَحْسَنَ مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنْتُمْ لَا تَشْعُرُونَ

(55) އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު وحىއަށް (އެބަހީ: قرآنއަށް) ތިޔަބައިމީހުން تبعވާށެވެ! ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބައި، ކުއްލިޔަކަށް ތިޔަބައިމީހުންނަށް عذابއައުމުގެ ކުރިންނެވެ.

أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ

(56) اللَّهގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (دينއަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ.

أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنْتُ مِنَ الْمُتَّقِينَ

(57) ނުވަތަ اللَّه މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، تقوىވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ.

أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ

(58) ނުވަތަ އެމީހަކަށް عذابފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوعވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، إحسانތެރިންގެ ތެރެއިންނެވެ.

بَلَى قَدْ جَاءَتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنْتَ مِنَ الْكَافِرِينَ

(59) އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް ކަލޭގެ ގާތަށްއައެވެ. ފަހެ، ކަލޭ އެ آيةތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، كافرންގެ ތެރެއިންނެވެ.

وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُمْ مُسْوَدَّةٌ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْمُتَكَبِّرِينَ

(60) اللَّهއަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، قيامةދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟

وَيُنَجِّي اللَّهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ

(61) އަދި اللَّه، تقوىވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ.

اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ

(62) اللَّهއީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ.

لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ أُولَئِكَ هُمُ الْخَاسِرُونَ

(63) އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި اللَّهގެ آيةތަކަށް كافرވިމީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ.

قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ

(64) ކަލޭގެފާނު ވިދާޅުވާށެވެ! އޭ جاهلތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔައަމުރުކުރަނީ، اللَّهނޫންފަރާތަކަށް އަޅުކަންކުރުމަށް ހެއްޔެވެ؟

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

(65) ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحىކުރައްވާފައިވެއެވެ. ކަލޭގެފާނު شريكކުރައްވައިފިނަމަ، ކަލޭގެފާނުގެ عملތައް باطلވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ

(66) އަދި ކިއެއްތަ! ހަމައެކަނި اللَّهއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި شكرކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ

(67) اللَّهއަށް قدرކުރުން حقވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. އަދި قيامةދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ قدرةތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرةތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން شريكކުރާ ތަކެތިން، އެކަލާނގެ ހުސްطاهرވެ، މަތިވެރިވެވޮޑިގެންވެއެވެ.

وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ

(68) ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشرބިމުގައި) ބަލަބަލައި ތިބޭނެތެވެ.

وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُمْ بِالْحَقِّ وَهُمْ لَا يُظْلَمُونَ

(69) އަދި ބިން، އެ ބިމުގެ ވެރިރަސްކަލާނގެ نورފުޅުން އަލިވެގެންދާނެތެވެ. އަދި عملތަކުގެ ފަތް (ހުޅުވާލައްވާފައި) ބާއްވަވާނެތެވެ. އަދި ނަބިއްޔުންނާއި، ހެކިވެރިން حاضرކުރައްވާނެތެވެ. އަދި އެއުރެންގެ މެދުގައި حقއަށް ނިޔާކުރައްވާނެތެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

وَوُفِّيَتْ كُلُّ نَفْسٍ مَا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ

(70) އަދި ކޮންމެ نفسއަކަށްމެ، އެ نفسއެއް ކޮށްފައިވާ عملއެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެތެވެ. އެކަލާނގެއީ، އެއުރެން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَسِيقَ الَّذِينَ كَفَرُوا إِلَى جَهَنَّمَ زُمَرًا حَتَّى إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِنْكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنْذِرُونَكُمْ لِقَاءَ يَوْمِكُمْ هَذَا قَالُوا بَلَى وَلَكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ

(71) އަދި كافرވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آيةތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذارކުރައްވާނޭ رسولން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذابގެ ބަސްފުޅު كافرންގެ މައްޗަށް حقވެއްޖެއެވެ.

قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى الْمُتَكَبِّرِينَ

(72) އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كِبرވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا حَتَّى إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

(73) އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوىވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلامހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!

وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ فَنِعْمَ أَجْرُ الْعَامِلِينَ

(74) އަދި އެއުރެން ބުނާނެތެވެ. حمدހުރީ اللَّهއަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عملކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!

وَتَرَى الْمَلَائِكَةَ حَافِّينَ مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَقُضِيَ بَيْنَهُمْ بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

(75) އަދި ملائكةން އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحދަންނަވާ حال، عرشގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއުރެންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) حقއަށް ނިޔާކުރައްވާނެތެވެ. އަދި އަންގަވާނެތެވެ. حمدހުރީ عالمތަކުގެވެރި اللَّهއަށެވެ.