logo logo

حم

(1) ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ

(2) މިއީ عزيزވަންތަ، މޮޅަށް ދެނެވޮޑިގެންވާ اللَّهގެ حضرةން ބާވައިލެއްވި ފޮތެވެ.

غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ

(3) (އެކަލާނގެއީ) ފާފަފުއްސަވާ، توبة قبولކުރައްވާ، عقوباتގަދަފަދަ، نعمةތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެއެވެ. (އެންމެހާ ތަކެތި)

مَا يُجَادِلُ فِي آيَاتِ اللَّهِ إِلَّا الَّذِينَ كَفَرُوا فَلَا يَغْرُرْكَ تَقَلُّبُهُمْ فِي الْبِلَادِ

(4) كافرވިމީހުން މެނުވީ، اللَّه ގެ آيةތަކާމެދު ޖަދަލުކޮށެއް ނަހަދަތެވެ. ފަހެ، އެއުރެން ރަށްތަކުގައި އެގޮތްމިގޮތަށް އުޅުން (އެބަހީ: އެއުރެން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިޔަ ނުދޭހުށިކަމެވެ.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَالْأَحْزَابُ مِنْ بَعْدِهِمْ وَهَمَّتْ كُلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ وَجَادَلُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَأَخَذْتُهُمْ فَكَيْفَ كَانَ عِقَابِ

(5) އެއުރެންގެ ކުރިން نوحގެފާނުގެ قومގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة ތަކުގެ މީހުން (رسولން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّةއެއްގެ ބަޔަކު، އެބަޔެއްގެ رسولއަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطلގޮތުގައި (رسولންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطلގޮތް މެދުވެރިކޮށް حقގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوباتދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟

وَكَذَلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِينَ كَفَرُوا أَنَّهُمْ أَصْحَابُ النَّارِ

(6) كافرވިމީހުންގެ މައްޗަށް، ހަމަކަށަވަރުން، އެއުރެންނަކީ، ނަރަކައިގެ أهلވެރިންކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمةފުޅު حقވެގެންވަނީ އެފަދައިންނެވެ.

الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ

(7) عرشއުފުއްލަވާ ملائكةންނާއި، އޭގެވަށައިގެންވާ ملائكةން އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبحދަންނަވަތެވެ. އަދި އެކަލާނގެއަށް إيمانވެތެވެ. އަދި إيمانވިމީހުންނަށް ފާފަފުއްސެވުމަށް دعاءކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمةއާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبةވެ، އިބަރަސްކަލާނގެ މަގަށް تبعވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذابން އެއުރެން މުއްތިކުރައްވާނދޭވެ!

رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدْتَهُمْ وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ

(8) އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعدކުރައްވާފައިވާ عَدْنއެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالحވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.

وَقِهِمُ السَّيِّئَاتِ وَمَنْ تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذَلِكَ هُوَ الْفَوْزُ الْعَظِيمُ

(9) އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمةލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.

إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِنْ مَقْتِكُمْ أَنْفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ

(10) ހަމަކަށަވަރުން، كافرވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، اللَّهގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް إيمانވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން كافرވަމުއެވެ.

قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَى خُرُوجٍ مِنْ سَبِيلٍ

(11) އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعترافވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذابން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشرއަށް ފޮނުއްވުމަށް ދިރުއްވުމެވެ.)

ذَلِكُمْ بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِنْ يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ

(12) (ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّهއަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافرވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريكކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمانވާކަމަށްޓަކައެވެ. ފަހެ، حكمކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمةތެރި اللَّهއަށެވެ.

هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ

(13) އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبةވެ، رجوعވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ.

فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

(14) ފަހެ، ތިޔަބައިމީހުން اللَّهއަށް دعاءކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالصކުރާ حالގައެވެ. كافرތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ.

رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَى مَنْ يَشَاءُ مِنْ عِبَادِهِ لِيُنْذِرَ يَوْمَ التَّلَاقِ

(15) އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرشގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحىފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسولއަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ.

يَوْمَ هُمْ بَارِزُونَ لَا يَخْفَى عَلَى اللَّهِ مِنْهُمْ شَيْءٌ لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ

(16) އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّهއަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحىކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުުވެރިވަންތަ اللَّهއަށެވެ.

الْيَوْمَ تُجْزَى كُلُّ نَفْسٍ بِمَا كَسَبَتْ لَا ظُلْمَ الْيَوْمَ إِنَّ اللَّهَ سَرِيعُ الْحِسَابِ

(17) މިއަދު (އެބަހީ: قيامةދުވަހު) ކޮންމެ نفسއަކަށްމެ، އެنفسއެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّهއީ حسابބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَأَنْذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

(18) ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذارކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمةތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعةތެރިޔަކުވެސް ނުވެއެވެ.

يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ

(19) ލޮލުގެ خيانةތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.

وَاللَّهُ يَقْضِي بِالْحَقِّ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَقْضُونَ بِشَيْءٍ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ

(20) اللَّه، حقއަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެތެވެ. ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِنْ قَبْلِهِمْ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُمْ مِنَ اللَّهِ مِنْ وَاقٍ

(21) އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކުކުރެއްވިއެވެ. އަދި اللَّهގެ عذابން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ.

ذَلِكَ بِأَنَّهُمْ كَانَتْ تَأْتِيهِمْ رُسُلُهُمْ بِالْبَيِّنَاتِ فَكَفَرُوا فَأَخَذَهُمُ اللَّهُ إِنَّهُ قَوِيٌّ شَدِيدُ الْعِقَابِ

(22) އެއީ އެއުރެންގެ ގާތަށް، އެއުރެންގެ رسولން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް كافرވީތީއެވެ. ދެން اللَّه އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا وَسُلْطَانٍ مُبِينٍ

(23) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަންރަސްކަލާނގެ، موسىގެފާނު ފޮނުއްވީމެވެ.

إِلَى فِرْعَوْنَ وَهَامَانَ وَقَارُونَ فَقَالُوا سَاحِرٌ كَذَّابٌ

(24) فرعونއާއި، هامانއާއި، قارونގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.

فَلَمَّا جَاءَهُمْ بِالْحَقِّ مِنْ عِنْدِنَا قَالُوا اقْتُلُوا أَبْنَاءَ الَّذِينَ آمَنُوا مَعَهُ وَاسْتَحْيُوا نِسَاءَهُمْ وَمَا كَيْدُ الْكَافِرِينَ إِلَّا فِي ضَلَالٍ

(25) ފަހެ، ތިމަންރަސްކަލާނގެ حضرةން حقތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި إيمانވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! كافرންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ.

وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَى وَلْيَدْعُ رَبَّهُ إِنِّي أَخَافُ أَنْ يُبَدِّلَ دِينَكُمْ أَوْ أَنْ يُظْهِرَ فِي الْأَرْضِ الْفَسَادَ

(26) فرعون ބުންޏެވެ. موسىގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاءކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެ دين ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ.

وَقَالَ مُوسَى إِنِّي عُذْتُ بِرَبِّي وَرَبِّكُمْ مِنْ كُلِّ مُتَكَبِّرٍ لَا يُؤْمِنُ بِيَوْمِ الْحِسَابِ

(27) موسىގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، حسابބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ.

وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ

(28) فرعونގެ خاندانގެ މީހުންކުރެ إيمانކަން ވަންހަނާކޮށްގެންހުރި مؤمن ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسىގެފާނު) ތިޔަ قتلކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّهއޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعدކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَنْ يَنْصُرُنَا مِنْ بَأْسِ اللَّهِ إِنْ جَاءَنَا قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَى وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ

(29) އޭ އަހުރެންގެ قومގެމީހުންނޭވެ! މިއަދު مصرގެ ބިމުގައި ވެރިކަމާއި، ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ، اللَّهގެ عذاب ތިމަންމެންނަށް އަތުވެއްޖެނަމަ، ތިމަންމެންނަށް އެހީވާނީ ކާކުހެއްޔެވެ؟ فرعون ބުންޏެވެ. ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.

وَقَالَ الَّذِي آمَنَ يَا قَوْمِ إِنِّي أَخَافُ عَلَيْكُمْ مِثْلَ يَوْمِ الْأَحْزَابِ

(30) އަދި إيمانވިމީހާ ބުންޏެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! كافر جماعةތަކަށް عذابއައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.

مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِنْ بَعْدِهِمْ وَمَا اللَّهُ يُرِيدُ ظُلْمًا لِلْعِبَادِ

(31) نوحގެފާނުގެ قومގެމީހުންނާއި، عادބާގައިމީހުންނާއި، ثمودބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. އަދި اللَّه، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ.

وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ

(32) އަދި އޭ އަހުރެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.

يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُمْ مِنَ اللَّهِ مِنْ عَاصِمٍ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ

(33) (އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. اللَّهގެ عذابން ތިޔަބައިމީހުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި

وَلَقَدْ جَاءَكُمْ يُوسُفُ مِنْ قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِمَّا جَاءَكُمْ بِهِ حَتَّى إِذَا هَلَكَ قُلْتُمْ لَنْ يَبْعَثَ اللَّهُ مِنْ بَعْدِهِ رَسُولًا كَذَلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُرْتَابٌ

(34) ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسفގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شكކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسولއަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شكކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ.

الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ كَبُرَ مَقْتًا عِنْدَ اللَّهِ وَعِنْدَ الَّذِينَ آمَنُوا كَذَلِكَ يَطْبَعُ اللَّهُ عَلَى كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ

(35) އެއުރެންނީ، اللَّهގެ آيةތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. اللَّهގެ حضرةގައްޔާއި، إيمانވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ.

وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَعَلِّي أَبْلُغُ الْأَسْبَابَ

(36) فرعون ބުންޏެވެ. އޭهامانއެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ.

أَسْبَابَ السَّمَاوَاتِ فَأَطَّلِعَ إِلَى إِلَهِ مُوسَى وَإِنِّي لَأَظُنُّهُ كَاذِبًا وَكَذَلِكَ زُيِّنَ لِفِرْعَوْنَ سُوءُ عَمَلِهِ وَصُدَّ عَنِ السَّبِيلِ وَمَا كَيْدُ فِرْعَوْنَ إِلَّا فِي تَبَابٍ

(37) އެއީ އުޑުތަކުގެ މަގުތަކެވެ. موسىގެފާނުގެ إله، އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއް ކަމަށެވެ. އަދި ހަމައެފަދައިން، فرعونއަށް އޭނާގެ ނުބައި عملތައް ޒީނަތްތެރިކޮށްދެއްވިއެވެ. އަދި ސީދާމަގުން އެއްކިބާކޮށްލެއްވިއެވެ. އަދި فرعونގެ މަކަރުވެރި ރޭވުން، ގެއްލުމާއި، ހަލާކެއްގައި މެނުވީ ނުވެއެވެ.

وَقَالَ الَّذِي آمَنَ يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ

(38) އަދި إيمانވިމީހާ ބުންޏެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް ތަބާވާށެވެ! އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހުރެން މަގު ދައްކާހުށީމެވެ.

يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ وَإِنَّ الْآخِرَةَ هِيَ دَارُ الْقَرَارِ

(39) އޭ އަހުރެންގެ قومގެމީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން، آخرةއަކީ قرارވެ ދެމިހުންނަނިވި ގޮވައްޗެވެ.

مَنْ عَمِلَ سَيِّئَةً فَلَا يُجْزَى إِلَّا مِثْلَهَا وَمَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ

(40) ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެންވިޔަސް، إيمانވެގެންހުރެ صالح عملކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި حسابއެއްނެތި އެއުރެންނަށް رزق ލިބޭނެތެވެ.

وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ

(41) އޭ އަހުރެންގެ قومގެމީހުންނޭވެ! އަހުރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟

تَدْعُونَنِي لِأَكْفُرَ بِاللَّهِ وَأُشْرِكَ بِهِ مَا لَيْسَ لِي بِهِ عِلْمٌ وَأَنَا أَدْعُوكُمْ إِلَى الْعَزِيزِ الْغَفَّارِ

(42) ތިޔަބައިމީހުން އަހުރެންނަށް ގޮވަނީ، اللَّهއަށް كافرވުމަށާއި، އަހުރެންނަށް އެނގިގެންނުވާ އެއްޗެތި އެކަލާނގެއަށް شريكކުރުމަށެވެ. އަހުރެން ތިޔަބައިމީހުންނަށް ގޮވަނީ، عزيزވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ حضرةއަށެވެ.

لَا جَرَمَ أَنَّمَا تَدْعُونَنِي إِلَيْهِ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ وَأَنَّ مَرَدَّنَا إِلَى اللَّهِ وَأَنَّ الْمُسْرِفِينَ هُمْ أَصْحَابُ النَّارِ

(43) شكއެއްނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި آخرةގައިވެސް އެއަށް ގޮވުން حقވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، اللَّهގެ حضرةއަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهلވެރިންނެވެ.

فَسَتَذْكُرُونَ مَا أَقُولُ لَكُمْ وَأُفَوِّضُ أَمْرِي إِلَى اللَّهِ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ

(44) ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނޫއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް اللَّهއަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، اللَّهއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

فَوَقَاهُ اللَّهُ سَيِّئَاتِ مَا مَكَرُوا وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ

(45) ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން اللَّه އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި عذاب، فرعونގެ މީހުން ވަށައިލިއެވެ.

النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ

(46) އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذابއަށް) ހުށަހަޅުއްވާނެތެވެ. އަދި قيامةގެވަގުތު އަންނަދުވަހު (ملائكةންނަށް އަންގަވާނެތެވެ.) فرعونގެމީހުން އެންމެގަދަފަދަވެގެންވާ عذابއަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!

وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنْتُمْ مُغْنُونَ عَنَّا نَصِيبًا مِنَ النَّارِ

(47) އަދި ނަރަކައިގައި އެއުރެން (އެބަހީ: كافرން) އެކަކު އަނެކަކާ އަރާރުންވާނޭހިނދު، ހަނދުމަކުރާށެވެ! ފަހެ (އެއުރެންކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވީ ތިޔަބައިމީހުންނަށް تبعވެގެންނެވެ. ފަހެ، މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެ ހެއްޔެވެ؟

قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ

(48) ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكمކުރައްވައި ނިންމަވައިފިއެވެ.

وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِنَ الْعَذَابِ

(49) އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذابން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرةއަށް دعاءކޮށްދެއްވާށެވެ!

قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِالْبَيِّنَاتِ قَالُوا بَلَى قَالُوا فَادْعُوا وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ

(50) އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسولން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاءކޮށްބަލާށެވެ. كافرންގެ دعاءފުރެދުމެއްގައިމެނުވީ ނުވެތެވެ.

إِنَّا لَنَنْصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ

(51) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسولންނަށާއި، إيمانވި މީހުންނަށް، ދުނިޔޭގެ حياةގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامةދުވަހުގައި) نصرދެއްވާހުށީމެވެ.

يَوْمَ لَا يَنْفَعُ الظَّالِمِينَ مَعْذِرَتُهُمْ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ

(52) (އެއީ) އަނިޔާވެރިންނަށް އެއުރެންގެ عذرދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ لعنةއެވެ. އަދި އެއުރެންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ.

وَلَقَدْ آتَيْنَا مُوسَى الْهُدَى وَأَوْرَثْنَا بَنِي إِسْرَائِيلَ الْكِتَابَ

(53) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إسـرآءيـلގެދަރިންނަށް ފޮތް ވާރުތަކުރެއްވީމެވެ.

هُدًى وَذِكْرَى لِأُولِي الْأَلْبَابِ

(54) (އެއީ) ބުއްދީގެ أهلވެރިންނަށް ތެދުމަގެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَاسْتَغْفِرْ لِذَنْبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ

(55) ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمدއާއެކު تسبيح ވިދާޅުވާށެވެ!

إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ إِنْ فِي صُدُورِهِمْ إِلَّا كِبْرٌ مَا هُمْ بِبَالِغِيهِ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْبَصِيرُ

(56) ހަމަކަށަވަރުން، اللَّهގެ آيةތަކާމެދުގައި، އެއުރެންނަށް ލިބިފައވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެއުރެންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެތެވެ. އެއުރެންއެދޭ ކަންތަކަކަށް އެއުރެން ނުފޯރާނެއެވެ. ފަހެ، ކަލޭގެފާނު اللَّهގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

(57) ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

وَمَا يَسْتَوِي الْأَعْمَى وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ قَلِيلًا مَا تَتَذَكَّرُونَ

(58) އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمانވެ صالح عملތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެތެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.

إِنَّ السَّاعَةَ لَآتِيَةٌ لَا رَيْبَ فِيهَا وَلَكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ

(59) ހަމަކަށަވަރުން، قيامةގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شكއެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިިނަމީހުން إيمانއެއް ނުވެތެވެ.

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

(60) އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.

اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ

(61) اللَّهއީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّهއީ، މީސްތަކުންގެ މައްޗަށް فضلވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން شكرއެއް ނުކުރެތެވެ.

ذَلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَا إِلَهَ إِلَّا هُوَ فَأَنَّى تُؤْفَكُونَ

(62) އެއީ اللَّهއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حقވެގެން އަޅުކަމެއްވެވޭ إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمانކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟

كَذَلِكَ يُؤْفَكُ الَّذِينَ كَانُوا بِآيَاتِ اللَّهِ يَجْحَدُونَ

(63) اللَّهގެ آيةތަކަށް ދެކޮޅުހަދައިއުޅުނު މީހުން (ތެދުމަގުން) އެއްކިބާވަނީ އެފަދައިންނެވެ.

اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُمْ مِنَ الطَّيِّبَاتِ ذَلِكُمُ اللَّهُ رَبُّكُمْ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ

(64) اللَّهއީ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން صورةކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރައްވައި، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް رزقދެއްވި ރަސްކަލާނގެއެވެ. އެއީ، اللَّهއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، عالمތަކުގެވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ.

هُوَ الْحَيُّ لَا إِلَهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

(65) އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އެހެން إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالصކުރާ حال، އެކަލާނގެއަށް دعاءކޮށް އަޅުކަން ކުރާށެވެ! حمدހުރީ عالمތަކުގެވެރި اللَّهއަށެވެ.

قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَمَّا جَاءَنِيَ الْبَيِّنَاتُ مِنْ رَبِّي وَأُمِرْتُ أَنْ أُسْلِمَ لِرَبِّ الْعَالَمِينَ

(66) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައިހިނދު، ތިޔަބައިމީހުން اللَّهފިޔަވައި އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި عالمތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.

هُوَ الَّذِي خَلَقَكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا وَمِنْكُمْ مَنْ يُتَوَفَّى مِنْ قَبْلُ وَلِتَبْلُغُوا أَجَلًا مُسَمًّى وَلَعَلَّكُمْ تَعْقِلُونَ

(67) އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

هُوَ الَّذِي يُحْيِي وَيُمِيتُ فَإِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

(68) އެކަލާނގެއީ، ދިރުއްވައި، އަދި މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ ފަހެ، އެކަމަކަށް وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ. ދެން އެކަމެއް ވެދެތެވެ.

أَلَمْ تَرَ إِلَى الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ أَنَّى يُصْرَفُونَ

(69) اللَّهގެ آيةތަކާމެދު ޖަދަލުކުރާ މީހުން، ތިބާ ނުދެކެމުހެއްޔެވެ؟ އެއުރެން (حقމަގުން) އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟

الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا فَسَوْفَ يَعْلَمُونَ

(70) އެއުރެންނީ، މިފޮތާއި (އެބަހީ: قرآنއާއި) ތިމަންރަސްކަލާނގެ رسولން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ، (އެކަމުގެ ނަތީޖާ) ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.

إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ

(71) އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ.

فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ

(72) ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ.

ثُمَّ قِيلَ لَهُمْ أَيْنَ مَا كُنْتُمْ تُشْرِكُونَ

(73،74) ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّهފިޔަވައި ތިޔަބައިމީހުން شريكކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافرވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.

مِنْ دُونِ اللَّهِ قَالُوا ضَلُّوا عَنَّا بَلْ لَمْ نَكُنْ نَدْعُو مِنْ قَبْلُ شَيْئًا كَذَلِكَ يُضِلُّ اللَّهُ الْكَافِرِينَ

(73،74) ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّهފިޔަވައި ތިޔަބައިމީހުން شريكކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافرވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.

ذَلِكُمْ بِمَا كُنْتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَمْرَحُونَ

(75) އެއީ حقއަކާ ނުލައި ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ.

ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى الْمُتَكَبِّرِينَ

(76) ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ فَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ

(77) ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް وعدކުރައްވާ ބައެއްކަންތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވިޔަސް ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެން رجوعވާހުށީ، ތިމަންރަސްކަލާނގެ حضرةއަށެވެ.

وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ مِنْهُمْ مَنْ قَصَصْنَا عَلَيْكَ وَمِنْهُمْ مَنْ لَمْ نَقْصُصْ عَلَيْكَ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ فَإِذَا جَاءَ أَمْرُ اللَّهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُونَ

(78) ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އެ رسولންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسولން، އޭގެތެރެއިންވެއެވެ. އަދި އެ رسولންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ رسولންވެސް އޭގެތެރެއިންވެއެވެ. އަދި އެއްވެސް رسولއަކަށް اللَّهގެ إذنފުޅާލައިގެން މެނުވީ، އެއްވެސް معجزةއެއް ގެންނެވުމެއް ނުވެއެވެ. ފަހެ، اللَّهގެ އަމުރުފުޅު އަންނަހިނދު، حقއަށް ނިޔާކުރައްވާހުށްޓެވެ. އަދި އެތާނގައި باطلގެ أهلވެރިން ގެއްލި ހަލާކުވެދާހުށްޓެވެ.

اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ

(79) اللَّهއީ، ތިޔަބައިމީހުންނަށްޓަކައި نعمސޫފި ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ.

وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ

(80) އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުން ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ.

وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنْكِرُونَ

(81) އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آيةތައް ދައްކަވަތެވެ. ފަހެ، اللَّهގެ آيةތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآيةއަކަށް ހެއްޔެވެ؟

أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ فَمَا أَغْنَى عَنْهُمْ مَا كَانُوا يَكْسِبُونَ

(82) ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ عددގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ أثرތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ، ކުރިންއުޅުނުމީހުން) ވޫއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

فَلَمَّا جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَرِحُوا بِمَا عِنْدَهُمْ مِنَ الْعِلْمِ وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

(83) ފަހެ، އެއުރެންގެ رسولން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علمއަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ.

فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ

(84) ފަހެ، ތިމަންރަސްކަލާނގެ عذاب، އެއުރެންނަށް ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމައެކަނި، اللَّهއަށް ތިމަންމެން إيمانވެއްޖައީމުއެވެ. އަދި ތިމަންމެން شريكކޮށް އުޅުނު ތަކެއްޗަށް كافرވެއްޖައީމުއެވެ.

فَلَمْ يَكُ يَنْفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ وَخَسِرَ هُنَالِكَ الْكَافِرُونَ

(85) ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނަށް ފެނުނުހިނދު، އެއުރެންވީ إيمانން އެއުރެންނަށް މަންފާއެއް ކުރާނެކަމުގައި ނުވެތެވެ. (އެއީ) اللَّه، އެކަލާނގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާގޮތެވެ. އަދި އެތާނގައި كافرވިމީހުން ގެއްލި ހަލާކުވެއްޖައޫއެވެ.