logo logo

حم

(1) ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

وَالْكِتَابِ الْمُبِينِ

(2) بيانވެގެންވާ ފޮތް ގަންދެއްވައި وحىކުރައްވަމެވެ.

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ

(3) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عربބަހުންއޮތް قرآنއެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ

(4) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمةތެރި ފޮތެއް ކަމުގައެވެ.

أَفَنَضْرِبُ عَنْكُمُ الذِّكْرَ صَفْحًا أَنْ كُنْتُمْ قَوْمًا مُسْرِفِينَ

(5) ފަހެ، ތިޔަބައިމީހުން (كافرކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآنގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟

وَكَمْ أَرْسَلْنَا مِنْ نَبِيٍّ فِي الْأَوَّلِينَ

(6) އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟

وَمَا يَأْتِيهِمْ مِنْ نَبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِئُونَ

(7) އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ.

فَأَهْلَكْنَا أَشَدَّ مِنْهُمْ بَطْشًا وَمَضَى مَثَلُ الْأَوَّلِينَ

(8) ފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ.

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ

(9) ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيزވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَعَلَّكُمْ تَهْتَدُونَ

(10) އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން (ގަސްތުކުރާ ތަންތަނަށް) ދިއުމަށް މަގު އެނގުމަށްޓަކައެވެ.

وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ فَأَنْشَرْنَا بِهِ بَلْدَةً مَيْتًا كَذَلِكَ تُخْرَجُونَ

(11) އަދި އެކަލާނގެއީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުށްޓެވެ.

وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُمْ مِنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ

(12) އަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعمސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ.

لِتَسْتَوُوا عَلَى ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ

(13) (އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ

وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ

(14) އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرةއަށް އަޅަމެން رجوعވާނެކަން ކަށަވަރެވެ.

وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا إِنَّ الْإِنْسَانَ لَكَفُورٌ مُبِينٌ

(15) އެއުރެން (އެބަހީ: كافرވި މީހުން) އެކަލާނގެ އަޅުންގެތެރެއިން ބަޔެއް، އެކަލާނގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާއީ، ފާޅުވެގެންހުރި كافرކަންބޮޑު މީހެއްކަން ކަށަވަރެވެ.

أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُمْ بِالْبَنِينَ

(16) ނުވަތަ އެކަލާނގެ ހެއްދެވި ތަކެތީގެތެރެއިން އެކަލާނގެ ذاتފުޅަށް އަންހެންދަރިން ހިއްޕަވައި، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاصކުރެއްވި (ކަމަށް ހީކުރަނީ) ހެއްޔެވެ؟

وَإِذَا بُشِّرَ أَحَدُهُمْ بِمَا ضَرَبَ لِلرَّحْمَنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ

(17) رحمنވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު نسبةކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ خبر އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ حالގައެވެ.

أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ

(18) އަދި (اللَّهއަށް އެއުރެން އެ نسبةކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ.

وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَنِ إِنَاثًا أَشَهِدُوا خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ

(19) އަދި رحمنވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكةންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكةން ހެއްދެވިއިރު، އެއުރެން حاضرވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرةދުވަހުން) އެއުރެންނާ سؤالކުރައްވާހުށްޓެވެ.

وَقَالُوا لَوْ شَاءَ الرَّحْمَنُ مَا عَبَدْنَاهُمْ مَا لَهُمْ بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَخْرُصُونَ

(20) އަދި އެއުރެން ބުނޫއެވެ. رحمنވަންތަ ރަސްކަލާނގެ އިރާދަކުރެއްވިނަމަ، ތިމަންމެން އެ ملائكةންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެއުރެންނަށް އެއްވެސް އެނގުމެއް ނުވެތެވެ. އެއުރެން ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ނުވެތެވެ.

أَمْ آتَيْنَاهُمْ كِتَابًا مِنْ قَبْلِهِ فَهُمْ بِهِ مُسْتَمْسِكُونَ

(21) ނުވަތަ އޭގެކުރިން (އެބަހީ: قرآنގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟

بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُهْتَدُونَ

(22) އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دينއެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثرތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ.

وَكَذَلِكَ مَا أَرْسَلْنَا مِنْ قَبْلِكَ فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ

(23) އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دينއެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثرތަކުގެ މަތީގައި ތިމަންމެން تبعވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذارކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسولއަކު ނުފޮނުއްވަމެވެ.

قَالَ أَوَلَوْ جِئْتُكُمْ بِأَهْدَى مِمَّا وَجَدْتُمْ عَلَيْهِ آبَاءَكُمْ قَالُوا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ

(24) އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دينއެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دينއަށްވުރެ حقކަންބޮޑު دينއަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دينއަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دينއަށް ތިމަންމެންވަނީ كافرވެގެންނެވެ.

فَانْتَقَمْنَا مِنْهُمْ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

(25) ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ

(26) إبراهيمގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.

إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ

(27) އިސްވެދިޔަ مثالއަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ.

وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ

(28) އަދި އެބަސްފުޅު (އެބަހީ: لاإله إلاّاللَّه މި كلمةފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّهގެ މަގަށް އެއުރެން رجوعވުމަށްޓަކައެވެ.

بَلْ مَتَّعْتُ هَؤُلَاءِ وَآبَاءَهُمْ حَتَّى جَاءَهُمُ الْحَقُّ وَرَسُولٌ مُبِينٌ

(29) އަދި ކިއެއްތަ! ތިމަންރަސްކަލާނގެ މިބައިމީހުންނާއި، އެއުރެންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. حقފޮތާއި، بيانކޮށްދެއްވާ رسولއަކު އެއުރެންގެގާތަށް ވަޑައިގެންފުމަށް ދާނދެނެވެ.

وَلَمَّا جَاءَهُمُ الْحَقُّ قَالُوا هَذَا سِحْرٌ وَإِنَّا بِهِ كَافِرُونَ

(30) އަދި حقފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافرވެގެންނެވެ.

وَقَالُوا لَوْلَا نُزِّلَ هَذَا الْقُرْآنُ عَلَى رَجُلٍ مِنَ الْقَرْيَتَيْنِ عَظِيمٍ

(31) އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكةއާއި، طائفގެ) މީހުންކުރެ، މާތްމީހަކަށް މި قرآن ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ

(32) ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمةތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.

وَلَوْلَا أَنْ يَكُونَ النَّاسُ أُمَّةً وَاحِدَةً لَجَعَلْنَا لِمَنْ يَكْفُرُ بِالرَّحْمَنِ لِبُيُوتِهِمْ سُقُفًا مِنْ فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ

(33) އަދި (كافرކަމުގައި) މީސްތަކުން އެއް أمّةއެއްކަމުގައި ނުވާނެނަމަ، رحمنވަންތަ ރަސްކަލާނގެއަށް كافرވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ.

وَلِبُيُوتِهِمْ أَبْوَابًا وَسُرُرًا عَلَيْهَا يَتَّكِئُونَ

(34) އަދި އެއުރެންގެ ގެތަކުގެ ދޮރުތަކާއި، އެއުރެން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ.

وَزُخْرُفًا وَإِنْ كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ

(35) އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައި تقوىވެރިންނަށް آخرةގެ نعمةހުށްޓެވެ.

وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ

(36) رحمنވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطانއެއް ފާކުރައްވާހުށީމެވެ. ފަހެ، شيطانއާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.

وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ

(37) އަދި ހަމަކަށަވަރުން، އެ شيطانން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ.

حَتَّى إِذَا جَاءَنَا قَالَ يَا لَيْتَ بَيْنِي وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِينُ

(38) އޭނާ ތިމަންރަސްކަލާނގެ حضرةއަށް އަތުވެއްޖެނަމަ، އެހިނދު އޭނާ ބުނާނެތެވެ. ތިމަންނާޔާ، ކަލެޔާ ދެމެދުގެ ދުރުމިން مشرقއާއި، مغربއާ ދެމެދުހައި ދުރުމިން ކަމުގައިވާނަމަ، ކޮންފަދަހެއްޔެވެ! ފަހެ، ކަލެޔަކީ ހާދަހާ ނުބައިވެގެންވާ އެކުވެރިޔެކެވެ.

وَلَنْ يَنْفَعَكُمُ الْيَوْمَ إِذْ ظَلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ

(39) (އެއުރެންނަށް އަންގަވާނެތެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން عذابގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.

أَفَأَنْتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَنْ كَانَ فِي ضَلَالٍ مُبِينٍ

(40) ފަހެ، ބީރުބަޔަކަށް (حقގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ بيانވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟

فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُمْ مُنْتَقِمُونَ

(41) ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.

أَوْ نُرِيَنَّكَ الَّذِي وَعَدْنَاهُمْ فَإِنَّا عَلَيْهِمْ مُقْتَدِرُونَ

(42) ނުވަތަ އެއުރެންނަށް ތިމަންރަސްކަލާނގެ وعدކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، އެއުރެންގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُسْتَقِيمٍ

(43) ފަހެ، ކަލޭގެފާނަށް އިއްވަވާ وحىއެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.

وَإِنَّهُ لَذِكْرٌ لَكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ

(44) އަދި ހަމަކަށަވަރުން، އެ قرآنއަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قومގެމީހުންނަށް ލިބުނު شرفއެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ سؤالކުރައްވާނެތެވެ.

وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ

(45) އަދި ތިމަންރަސްކަލާނގެ رسولންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسولންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ شريعةން ބައްލަވާށެވެ!) رحمنވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން إلهންތަކެއް ތިމަންރަސްކަލާނގެ ލެއްވިންހެއްޔެވެ؟

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا إِلَى فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ

(46) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއިގެން، فرعونއާއި، އޭނާގެ قومގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ موسىގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالمތަކުގެ ވެރިރަސްކަލާނގެ رسولއަކީމެވެ.

فَلَمَّا جَاءَهُمْ بِآيَاتِنَا إِذَا هُمْ مِنْهَا يَضْحَكُونَ

(47) ފަހެ، އެކަލޭގެފާނު ތިމަންރަސްކަލާނގެ آيةތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެހާރުން އެ آيةތަކާމެދު، އެއުރެން މަލާމާތްކޮށް، ހެނއެވެ.

وَمَا نُرِيهِمْ مِنْ آيَةٍ إِلَّا هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُمْ بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ

(48) އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްކެވި ކޮންމެ معجزةއެއް، އެފަދަ އަނެއް معجزةއަކަށްވުރެ މާބޮޑުކަމުގައި މެނުވީ ނުދައްކަވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް عذابދެއްވައި، ހިއްޕެވީމެވެ. (އެއީ) އެއުރެން (كافرކަމުން) رجوعވުމަށްޓަކައެވެ.

وَقَالُوا يَا أَيُّهَ السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ إِنَّنَا لَمُهْتَدُونَ

(49) އެއުރެން ބުނޫއެވެ. އޭ ޖާދޫވެރިޔާއެވެ! އެކަލާނގެ ކަލޭގެފާނަށް عهدވެވޮޑިގެންނެވި ކަންތައް ތިމަންމެންނަށް ދެއްވުމަށްއެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاءކުރައްވައި ބައްލަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ވާހުށީ ތެދުމަގުލިބިގެންވާ ބަޔަކު ކަމުގައެވެ.

فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنْكُثُونَ

(50) ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذابފިއްލަވައިފިހިނދު، އެހާރުން އެއުރެން عهدއުވައިލަތެވެ.

وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الْأَنْهَارُ تَجْرِي مِنْ تَحْتِي أَفَلَا تُبْصِرُونَ

(51) އަދި فرعون އޭނާގެ قومގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! مصرގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟

أَمْ أَنَا خَيْرٌ مِنْ هَذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ

(52) އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسىގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيانކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.

فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِنْ ذَهَبٍ أَوْ جَاءَ مَعَهُ الْمَلَائِكَةُ مُقْتَرِنِينَ

(53) ފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكةން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟

فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ

(54) ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قومގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسقވެގެންވާ ބަޔަކު ކަމުގައެވެ.

فَلَمَّا آسَفُونَا انْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ

(55) ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرقކުރެއްވީމެވެ.

فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآخِرِينَ

(56) ފަހެ، (كافرވި) އެހެންމީހުންނަށް عبرةއެއް ކަމުގައްޔާއި، مثالއެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.

وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ

(57) مريمގެފާނުގެ ދަރިކަލުންގެ ވާހަކަ مثالއެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قومގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ.

وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ

(58) އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إلهންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدلކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ.

إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِبَنِي إِسْرَائِيلَ

(59) ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمةދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسـرآءيـلގެދަރިންނަށް عبرةއެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ.

وَلَوْ نَشَاءُ لَجَعَلْنَا مِنْكُمْ مَلَائِكَةً فِي الْأَرْضِ يَخْلُفُونَ

(60) އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكةން ލައްވައިފީމުހެވެ.

وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُسْتَقِيمٌ

(61) އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامةވުމުގެ ވަގުތަށް ހުރި علامةއެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبعވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.

وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

(62) އަދި شيطانއާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوةތެރިޔެކެވެ.

وَلَمَّا جَاءَ عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ

(63) އަދި عيسىގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمةއާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلافވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!

إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُسْتَقِيمٌ

(64) ހަމަކަށަވަރުން، اللَّه އެއީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.

فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ فَوَيْلٌ لِلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ

(65) ފަހެ، އެއުރެންގެ މެދުގައި (އެބަހީ: نصارىއިންގެ މެދުގައި) އެކި جماعةތައް (އެކަލޭގެފާނާމެދު) ދެބަސްވޫއެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذابގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ.

هَلْ يَنْظُرُونَ إِلَّا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ

(66) އެއުރެންނަށް ނޭނގިތިއްބައި ކުއްލިޔަކަށް قيامةވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظارއެއް ނުކުރެތެވެ.

الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ

(67) އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمنން ކަމުގައެވެ. تقوىވެރިން މެނުވީއެވެ.

يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنْتُمْ تَحْزَنُونَ

(68) އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ

(69) އެއުރެންނީ، ތިމަންރަސްކަލާނގެ آيةތަކަށް إيمانވެ، مسلمން ކަމުގައިވީ މީހުންނެވެ.

ادْخُلُوا الْجَنَّةَ أَنْتُمْ وَأَزْوَاجُكُمْ تُحْبَرُونَ

(70) އުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!

يُطَافُ عَلَيْهِمْ بِصِحَافٍ مِنْ ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الْأَنْفُسُ وَتَلَذُّ الْأَعْيُنُ وَأَنْتُمْ فِيهَا خَالِدُونَ

(71) އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.

وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ

(72) އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عملތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ.

لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ

(73) އެތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ.

إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ

(74) ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذابގައި ދެމިތިބޭނެތެވެ.

لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ

(75) އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ.

وَمَا ظَلَمْنَاهُمْ وَلَكِنْ كَانُوا هُمُ الظَّالِمِينَ

(76) އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ.

وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُمْ مَاكِثُونَ

(77) އެއުރެން ގޮވާނެތެވެ. އޭ مالكގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذابގައި) ދެމިތިބޭނޭ ބަޔެކެވެ.

لَقَدْ جِئْنَاكُمْ بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ

(78) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް حق دينގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ حق دينއަށް ނުރުހޭ ބަޔަކު ކަމުގައެވެ.

أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ

(79) ނުވަތަ އެއުރެން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ.

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

(80) ނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި އެއުރެންގެގާތަށް، ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكةން އެކަންތައް ލިޔުއްވަތެވެ.

قُلْ إِنْ كَانَ لِلرَّحْمَنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ

(81) ކަލޭގެފާނު ވިދާޅުވާށެވެ! رحمنވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ.

سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ

(82) އެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، عرشގެ ވެރިރަސްކަލާނގެ ހުސްطاهرވެވޮޑިގެންވެއެވެ.

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ

(83) ފަހެ، އެއުރެންނަށް وعدކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطلވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

وَهُوَ الَّذِي فِي السَّمَاءِ إِلَهٌ وَفِي الْأَرْضِ إِلَهٌ وَهُوَ الْحَكِيمُ الْعَلِيمُ

(84) އުޑުގައިވެސް إلهއަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް إلهއަކީ އެކަލާނގެއެވެ. އެކަލާނގެއީ، حكيمވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَتَبَارَكَ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَعِنْدَهُ عِلْمُ السَّاعَةِ وَإِلَيْهِ تُرْجَعُونَ

(85) އަދި އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެއްޗެއް ملكވެގެންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. އަދި قيامةވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެކަލާނގެ حضرةގައެވެ. އަދި ތިޔަބައިމީހުން އެނބުރި رجوعކުރައްވާހުށީ އެކަލާނގެ حضرةއަށެވެ.

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِنْ دُونِهِ الشَّفَاعَةَ إِلَّا مَنْ شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ

(86) އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށް شفاعةތެރިކަމެއް ملكވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حقއަށް ހެކިދިން މީހުން މެނުވީއެވެ.

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ

(87) ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤالކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّهއެވެ. ފަހެ، އެއުރެން حقން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟

وَقِيلِهِ يَا رَبِّ إِنَّ هَؤُلَاءِ قَوْمٌ لَا يُؤْمِنُونَ

(88) އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ.

فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ فَسَوْفَ يَعْلَمُونَ

(89) ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلامއެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.