logo logo

حم

(1) ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ

(2) މިއީ عزيزވަންތަ، حكيمވަންތަ اللَّهގެ حضرةން ބާވައިލެއްވި ފޮތެވެ.

إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِلْمُؤْمِنِينَ

(3) ހަމަކަށަވަރުން، مؤمنންނަށް އުޑުތަކާއި، ބިމުގައި (اللَّهގެ قدرةތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ.

وَفِي خَلْقِكُمْ وَمَا يَبُثُّ مِنْ دَابَّةٍ آيَاتٌ لِقَوْمٍ يُوقِنُونَ

(4) އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقينކުރާ ބަޔަކަށް ހެކިތަކެއްވެއެވެ.

وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ رِزْقٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِقَوْمٍ يَعْقِلُونَ

(5) އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزقން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ.

تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ

(6) އެއީ اللَّهގެ آيةތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آيةތައް ކިޔައިދެއްވަމެވެ. ފަހެ، اللَّهގެ ފޮތާއި، އެކަލާނގެ آيةތަކަށްފަހުގައި، އެއުރެން إيمانވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟

وَيْلٌ لِكُلِّ أَفَّاكٍ أَثِيمٍ

(7) ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ.

يَسْمَعُ آيَاتِ اللَّهِ تُتْلَى عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا فَبَشِّرْهُ بِعَذَابٍ أَلِيمٍ

(8) اللَّهގެ آيةތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (كافرކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި عذابހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!

وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ

(9) އަދި ތިމަންރަސްކަލާނގެ آيةތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި

مِنْ وَرَائِهِمْ جَهَنَّمُ وَلَا يُغْنِي عَنْهُمْ مَا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِنْ دُونِ اللَّهِ أَوْلِيَاءَ وَلَهُمْ عَذَابٌ عَظِيمٌ

(10) އެއުރެންގެ ފަހަތުގައިވަނީ ނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ اللَّه ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذابހުށްޓެވެ.

هَذَا هُدًى وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِنْ رِجْزٍ أَلِيمٌ

(11) މިއީ (އެބަހީ: މި قرآنއަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ آيةތަކަށް كافرވި މީހުންނަށް ވޭންދެނިވި، އެންމެގަދަ عذابން عذاب ހުށްޓެވެ.

اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

(12) اللَّهއީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمةތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمرފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضلވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكرކުރުމަށްޓަކައެވެ.

وَسَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِنْهُ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

(13) އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمةތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرةންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

قُلْ لِلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لَا يَرْجُونَ أَيَّامَ اللَّهِ لِيَجْزِيَ قَوْمًا بِمَا كَانُوا يَكْسِبُونَ

(14) إيمانވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! اللَّهގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ عقوباتއަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عملތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަަޒާ ދެއްވުމަށްޓަކައެވެ.

مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا ثُمَّ إِلَى رَبِّكُمْ تُرْجَعُونَ

(15) صالح عملއެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفسއަށެވެ. އަދި ނުބައި عملއެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفسގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوعކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةއަށެވެ.

وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ

(16) ހަމަކަށަވަރުން، إسـرآءيـلގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمةއާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزقދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالمތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ.

وَآتَيْنَاهُمْ بَيِّنَاتٍ مِنَ الْأَمْرِ فَمَا اخْتَلَفُوا إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

(17) އަދި دينގެ ކަންތަކާމެދުގައި بيانވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلافއެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسدވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلافވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامةދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ.

ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ

(18) ދެން ތިމަންރަސްކަލާނގެ دينގެ ކަންތަކުގައި (ފާޅުވެގެންވާ) شريعةއެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبعވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ!

إِنَّهُمْ لَنْ يُغْنُوا عَنْكَ مِنَ اللَّهِ شَيْئًا وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَاللَّهُ وَلِيُّ الْمُتَّقِينَ

(19) ހަމަކަށަވަރުން، އެއުރެންނަކަށް اللَّهގެ حضرةން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّهއީ، تقوىވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ.

هَذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِقَوْمٍ يُوقِنُونَ

(20) މި قرآنއަކީ، މީސްތަކުންނަށްވާ އަލިގަދަ دليلތަކެކެވެ. އަދި يقينކުރާ ބަޔަކަށްވާ هدايةއަކާއި، رحمةއެކެވެ.

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ

(21) ނުބައިކަންތައް ކުރިމީހުން، إيمانވެ صالح عملތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ!

وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَى كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

(22) اللَّه، އުޑުތަކާއި ބިން حقގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ نفسއަކަށްމެ، އެ نفسއެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَى عِلْمٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ وَجَعَلَ عَلَى بَصَرِهِ غِشَاوَةً فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ أَفَلَا تَذَكَّرُونَ

(23) ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إلهއެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّهމެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُمْ بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ

(24) އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علمއެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ.

وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَا كَانَ حُجَّتَهُمْ إِلَّا أَنْ قَالُوا ائْتُوا بِآبَائِنَا إِنْ كُنْتُمْ صَادِقِينَ

(25) އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ آيةތައް بيانވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީ އެއުރެން ދައްކާނޭ حجّةއެއް ނުވެތެވެ.

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَى يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

(26) ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން قيامةދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު شكއެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ

(27) އުޑުތަކާއި، ބިމުގެވެރިކަންވަނީ اللَّهއަށެވެ. އަދި قيامةގެ ވަގުތު އަންނަދުވަހު، އެދުވަހުން باطلގެ أهلވެރިން ގެއްލި ހަލާކުވެދާހުށްޓެވެ.

وَتَرَى كُلَّ أُمَّةٍ جَاثِيَةً كُلُّ أُمَّةٍ تُدْعَى إِلَى كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

(28) އަދި ކޮންމެ أمّةއެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ أمةއެންމެ އެ أمّةއެއްގެ (عملގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ.

هَذَا كِتَابُنَا يَنْطِقُ عَلَيْكُمْ بِالْحَقِّ إِنَّا كُنَّا نَسْتَنْسِخُ مَا كُنْتُمْ تَعْمَلُونَ

(29) މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް حقގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު عملތައް (ملائكةން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.

فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ذَلِكَ هُوَ الْفَوْزُ الْمُبِينُ

(30) ފަހެ، إيمانވެ އަދި صالح عملތައްކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ رحمةގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ نصيبލިބުމަކީ ހަމައެއީއެވެ.

وَأَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَى عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنْتُمْ قَوْمًا مُجْرِمِينَ

(31) އަދި كافرވި މީހުން ދަންނާށެވެ! (އެއުރެންނަށް އަންގަވާނެތެވެ.) ފަހެ، ތިމަންރަސްކަލާނގެ آيةތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން كبرވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.

وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُمْ مَا نَدْرِي مَا السَّاعَةُ إِنْ نَظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ

(32) އަދި ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދޭ، އަދި قيامةއާ ދޭތެރޭގައި شكއެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. قيامةއަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި يقينކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.

وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

(33) އަދި އެއުރެންކުރި عملތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އައިސް، އެއުރެން ވަށައިލިއެވެ.

وَقِيلَ الْيَوْمَ نَنْسَاكُمْ كَمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَذَا وَمَأْوَاكُمُ النَّارُ وَمَا لَكُمْ مِنْ نَاصِرِينَ

(34) އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް نصرދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.

ذَلِكُمْ بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ

(35) އެއީ ތިޔަބައިމީހުން اللَّهގެ آيةތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.

فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ

(36) ފަހެ، حمدހުރީ اللَّهއަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، عالمތަކުގެ ވެރިރަސްކަލާނގެއެވެ.

وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ

(37) އަދި އުޑުތަކާއި، ބިމުގައި عظمةތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيزވަންތަ حكيمވަންތަ ރަސްކަލާނގެއެވެ.