logo logo

حم

(1) ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ

(2) މިއީ عزيزވަންތަ، حكيمވަންތަ اللَّهގެ حضرةން ބާވައިލެއްވި ފޮތެވެ.

مَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُسَمًّى وَالَّذِينَ كَفَرُوا عَمَّا أُنْذِرُوا مُعْرِضُونَ

(3) ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތި حقގޮތުގައި، އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށްމެނުވީ ނަހައްދަވަމެވެ. އަދި كافرވިމީހުންނީ، އެއުރެންނަށް إنذارކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.

قُلْ أَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ ائْتُونِي بِكِتَابٍ مِنْ قَبْلِ هَذَا أَوْ أَثَارَةٍ مِنْ عِلْمٍ إِنْ كُنْتُمْ صَادِقِينَ

(4) ކަލޭގެފާނު ވިދާޅުވާށެވެ! اللَّهފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެއްޗާމެދު، ތިޔަބައިމީހުން ނިކަން خبرދީބަލާށެވެ! އެއުރެން ބިމުންހެދީ ކޮންތަނެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެދުމުގައި ބައިވެރިވުމެއް، އެއުރެންނަށް ވަނީހެއްޔެވެ؟ މީގެކުރިން (ބާވައިލެއްވި) ފޮތެއް ނުވަތަ علمގެ ތެރެއިން މިންވަރެއް، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ގެނެސްދީބަލާށެވެ! ތިޔަބައިމީހުންނީ، ތެދުވެރިންކަމުގައި ވާނަމައެވެ.

وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لَا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ

(5) قيامةދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް اللَّهފިޔަވައި އަޅުކަންކޮށް، دعاءކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ دعاءތަކަށް غافلވެގެންނެވެ.

وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ

(6) އަދި މީސްތަކުން (قيامةދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ ބުދުތައް عداوةތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު إنكارކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ.

وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَذَا سِحْرٌ مُبِينٌ

(7) އަދި ތިމަންރަސްކަލާނގެ آيةތައް އެއުރެންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު (އަދި) އެއުރެންގެގާތަށް حقބަސްފުޅު އައިހިނދު، كافرވިމީހުން އެ ބަސްފުޅާމެދު ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.

أَمْ يَقُولُونَ افْتَرَاهُ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ كَفَى بِهِ شَهِيدًا بَيْنِي وَبَيْنَكُمْ وَهُوَ الْغَفُورُ الرَّحِيمُ

(8) ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި اللَّهގެ حضرةން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: اللَّهގެ عذابން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން

قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُبِينٌ

(9) ކަލޭގެފާނު ވިދާޅުވާށެވެ! رسولންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) رسولއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނާމެދު އަދި ތިޔަބައިމީހުންނާމެދުވެސް، ކަންތައް ކުރައްވާނެގޮތެއް، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحىއަކަށްމެނުވީ، ތިމަންކަލޭގެފާނު تبعއެއް ނުވަމެވެ. އަދި ބަޔާންވެގެންހުރި إنذارކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.

قُلْ أَرَأَيْتُمْ إِنْ كَانَ مِنْ عِنْدِ اللَّهِ وَكَفَرْتُمْ بِهِ وَشَهِدَ شَاهِدٌ مِنْ بَنِي إِسْرَائِيلَ عَلَى مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

(10) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން خبرދީބަލާށެވެ! އެ قرآنއަކީ، اللَّهގެ حضرންއައި ފޮތެއް ކަމަށްވެފައި، އަދި ތިޔަބައިމީހުން އެޔަށް كافرވެއްޖެނަމަ (ތިޔަބައިމީހުންނީ، އަމިއްލަ نفسއަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ؟( އަދި إسرآءيـلގެދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފައެވެ. ފަހެ، އޭނާ (އެޔަށް) إيمانވިއެވެ. އަދި ތިޔަބައިމީހުން (އެއަށް إيمان ނުވެ) ބޮޑާވެގެންފީމުއެވެ. ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް اللَّهތެދުމަގެއް ނުދައްކަވަތެވެ.

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَا سَبَقُونَا إِلَيْهِ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَذَا إِفْكٌ قَدِيمٌ

(11) އަދި كافرވިމީހުން إيمانވި މީހުންނަށް ބުނޫއެވެ. (އެކަލޭގެފާނު ގެންނެވި ތަކެއްޗަށް إيمانވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީހެވެ. އަދި އެއުރެންނަށް އެއިން ތެދުމަގު ނުލިބުނުހިނދު، ފަހެ، އެއުރެން ބުނާނެތެވެ. މިއީ އިހުގެ (ފުލޯކުގެ ތެރެއިންވާ) ދޮގެކެވެ.

وَمِنْ قَبْلِهِ كِتَابُ مُوسَى إِمَامًا وَرَحْمَةً وَهَذَا كِتَابٌ مُصَدِّقٌ لِسَانًا عَرَبِيًّا لِيُنْذِرَ الَّذِينَ ظَلَمُوا وَبُشْرَى لِلْمُحْسِنِينَ

(12) އަދި އޭގެކުރިން موسىގެފާނަށް ބާވައިލެއްވި ފޮތަކީ، އެޔަށް تبعވެވޭ ފޮތެއްކަމުގައްޔާއި، رحمةއެއްކަމުގައިވިއެވެ. އަދި މިއީ (އެބަހީ: މި قرآنއަކީ) ކުރީގެ ފޮތްތައް ތެދުކުރަނިވިގޮތުގައި عربބަހުންއޮތް ފޮތެކެވެ. އަނިޔާވެރިވި މީހުންނަށް إنذارކުރެއްވުމަށްޓަކައެވެ. އަދި إحسانތެރިންނަށް އުފާވެރި خبرއެއް ކަމުގައެވެ.

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

(13) ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّهއޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.

أُولَئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ

(14) އެއުރެންނީ، ސުވަރުގޭގެ أهلވެރިންނެވެ. އެތާނގައި، އެއުރެން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެއުރެން ކޮށްއުޅުނު عملތަކަށް ޖަޒާއެއްކަމުގައެވެ.

وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا حَتَّى إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ

(15) إنسانއާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمةއަށް شكرކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ

أُولَئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَنْ سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ

(16) އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު عملތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ قبولކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ أهلވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް وعدކުރައްވަމުން ގެންދެވި ތެދު وعدއެވެ.

وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِنْ قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَذَا إِلَّا أَسَاطِيرُ الْأَوَّلِينَ

(17) އެމީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެމީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ!) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެމީހުން ތިމަންނައަށް وعدކުރަނީ ހެއްޔެވެ؟ اللَّهގެ حضرةން ސަލާމަތަށްއެދި، އެދެމީހުން دعاءކުރަމުން (ބުނެތެވެ.) ކަލެޔަށް ހަލާކުހުށްޓެވެ! ކަލޭ ނިކަން إيمانވެބަލާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. ފަހެ، އޭނާ ބުނެތެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެތެވެ.

أُولَئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ إِنَّهُمْ كَانُوا خَاسِرِينَ

(18) ޖިންނީންނާއި، އިންސީންގެ ތެރެއިން، އެއުރެންގެކުރިން އިސްވެދިޔަ أمّةތަކުގެ ތެރޭގައި ކޯފާގެ ބަސްފުޅު حقވި މީހުންނީ، އެއުރެންނެވެ. ހަމަކަށަވަރުން، ގެއްލެނިވެގެންވާ ބަޔަކުކަމުގައި އެއުރެންވޫއެވެ.

وَلِكُلٍّ دَرَجَاتٌ مِمَّا عَمِلُوا وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ

(19) އަދި ކޮންމެބަޔަކަށްމެ، އެބަޔަކު ކުޅަ عملއަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عملތަކުގެ ޖަޒާ ފުރިހަމަޔަށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُمْ بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنْتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَفْسُقُونَ

(20) كافرވިމީހުން ނަރަކަޔަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ حياةގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، حقއަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން فاسقވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.

وَاذْكُرْ أَخَا عَادٍ إِذْ أَنْذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتِ النُّذُرُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

(21) عادބާގައިމީހުންގެ أخ (هودގެފާނު) ގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވާށެވެ! (އެއީ) ވެލިފަރުބަދަތަކުގައިވާ، އެކަލޭގެފާނުގެ قومގެމީހުންނަށް އެކަލޭގެފާނު إنذارކުރެއްވި ހިނދެވެ. އެކަލޭގެފާނުގެ ކުރިންނާއި، އެކަލޭގެފާނުގެ ފަހުން إنذارކުރައްވާ رسولންވަނީ، އިސްވެގޮސްފައިކަން ކަށަވަރެވެ. ތިޔަބައިމީހުން اللَّهއަށް މެނުވީ އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذابއާމެދު، ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުގަންނަމެވެ.

قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ

(22) އެއުރެން ބުނޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ إلهންނަށް އަޅުކަން ކުރުމުން ތިމަންމެން ދުރުކުރެއްވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންނަށް ތިޔަ وعدކުރައްވާކަންތައް ތިމަންމެންގެގާތަށް ގެންނަވައިބައްލަވާށެވެ!

قَالَ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَأُبَلِّغُكُمْ مَا أُرْسِلْتُ بِهِ وَلَكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ

(23) އެކަލޭގެފާނު ވިދާޅުވިއެވެ. ދެނެވޮޑިގަތުންވާ ކަންކަށަވަރީ اللَّهގެ حضرةގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.

فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُمْ بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ

(24) ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (عذاب) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި عذاب އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.

تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَى إِلَّا مَسَاكِنُهُمْ كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ

(25) އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

وَلَقَدْ مَكَّنَّاهُمْ فِيمَا إِنْ مَكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَى عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُمْ مِنْ شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

(26) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން اللَّهގެ آيةތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ.

وَلَقَدْ أَهْلَكْنَا مَا حَوْلَكُمْ مِنَ الْقُرَى وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ

(27) އަދި ހަމަކަށަވަރުން، ރަށްތަކުގެ ތެރެއިން ތިޔަބައިމީހުންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ حجّةތައް ތަފާތުގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ. (އެއީ ތެދުމަގަށް) އެއުރެން އެނބުރި رجوعވުމަށްޓަކައެވެ.

فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِنْ دُونِ اللَّهِ قُرْبَانًا آلِهَةً بَلْ ضَلُّوا عَنْهُمْ وَذَلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ

(28) ފަހެ، اللَّه ފިޔަވައި އެކަލާނގެ حضرةއަށް ކުއްތަންވެގަތުމުގެގޮތުން އެހެން إلهންތަކެއް ހިފިމީހުންނަށް އެ إلهންތައް نصر ނުދިނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންގެ ކިބައިން އެ إلهންތައް ގެއްލިހިނގައްޖެއެވެ. އަދި އެއީ އެއުރެންހެދި ދޮގެކެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން ބުނެއުޅުނު ބުނުންތަކެކެވެ.

وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنْصِتُوا فَلَمَّا قُضِيَ وَلَّوْا إِلَى قَوْمِهِمْ مُنْذِرِينَ

(29) ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآنގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް حاضرވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ قومގެމީހުންގެ ގާތަށް إنذارކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.

قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنْزِلَ مِنْ بَعْدِ مُوسَى مُصَدِّقًا لِمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَى طَرِيقٍ مُسْتَقِيمٍ

(30) އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، موسىގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. حقގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަަތެވެ.

يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ وَيُجِرْكُمْ مِنْ عَذَابٍ أَلِيمٍ

(31) އޭ އަހުރެމެންގެ قومގެމީހުންނޭވެ! اللَّهގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: محمدގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް إيمانވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި عذابން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ.

وَمَنْ لَا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِنْ دُونِهِ أَوْلِيَاءُ أُولَئِكَ فِي ضَلَالٍ مُبِينٍ

(32) އަދި اللَّهގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާއީ ބިމުގައި (اللَّه) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެކަލާާނގެ ފިޔަވައި އޭނާޔަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ.

أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى بَلَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ

(33) އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ اللَّهއީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَذَا بِالْحَقِّ قَالُوا بَلَى وَرَبِّنَا قَالَ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ

(34) كافرވިމީހުން ނަރަކަޔަށް ހުށަަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ حقތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ حقތެދެވެ.) އެކަލާނގެ وحىކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافرވެ އުޅުނުކަމަށްޓަކައި ވޭންދެނިވި عذابގެރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِلْ لَهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ

(35) ފަހެ، رسولންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسولން (އެބަހީ: أولوالعزمގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعدކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسقވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.