logo logo

إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا

(1) ފާޅުވެ بيانވެގެންވާ فتحއަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتحދެއްވީމެވެ.

لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُسْتَقِيمًا

(2) އެއީ ކަލޭޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.

وَيَنْصُرَكَ اللَّهُ نَصْرًا عَزِيزًا

(3) އަދި ގަދަފަދަވެގެންވާ نصرއަކުން ކަލޭގެފާނަށް نصرދެއްވުމަށްޓަކައެވެ.

هُوَ الَّذِي أَنْزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا

(4) އެކަލާނގެއީ، مؤمنންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمانކަމުގެ މައްޗަށް، އެއުރެންނަށް إيمانކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّهއަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

لِيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ وَكَانَ ذَلِكَ عِنْدَ اللَّهِ فَوْزًا عَظِيمًا

(5) (އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّهގެ حضرةގައި އެކަންތައްވިއެވެ.

وَيُعَذِّبَ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ الظَّانِّينَ بِاللَّهِ ظَنَّ السَّوْءِ عَلَيْهِمْ دَائِرَةُ السَّوْءِ وَغَضِبَ اللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ وَسَاءَتْ مَصِيرًا

(6) އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريكކުރާ ފިރިހެނުންނާއި، شريكކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّهއާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنةލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَزِيزًا حَكِيمًا

(7) އުޑުތަކާއި، ބިމުގެ لشكرތައް މިލްކުވެގެންވަނީ اللَّهއަށެވެ. އަދި عزيزވަންތަ، حكيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا

(8) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمنންނަށް) އުފާވެރިކަމުގެ خبرދެއްވައި، (كافرންނަށް) ބިރުވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައެވެ.

لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا

(9) (އެއީ) ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمانވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصرވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيحދެންނެވުމަށްޓަކައެވެ.

إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ فَمَنْ نَكَثَ فَإِنَّمَا يَنْكُثُ عَلَى نَفْسِهِ وَمَنْ أَوْفَى بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا

(10) ހަމަކަށަވަރުން، ކަލޭގެފާނަށް بيعةހިފާމީހުން بيعةހިފާކަންކަށަވަރީ اللَّهއަށެވެ. اللَّهގެ يدقدرةފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهدއުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهدއުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفسގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّهއަށް ވެފައިވާ عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.

سَيَقُولُ لَكَ الْمُخَلَّفُونَ مِنَ الْأَعْرَابِ شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا يَقُولُونَ بِأَلْسِنَتِهِمْ مَا لَيْسَ فِي قُلُوبِهِمْ قُلْ فَمَنْ يَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا بَلْ كَانَ اللَّهُ بِمَا تَعْمَلُونَ خَبِيرًا

(11) أعرابىންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهلވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغولކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّهގެ حضرةން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عملތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

بَلْ ظَنَنْتُمْ أَنْ لَنْ يَنْقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَى أَهْلِيهِمْ أَبَدًا وَزُيِّنَ ذَلِكَ فِي قُلُوبِكُمْ وَظَنَنْتُمْ ظَنَّ السَّوْءِ وَكُنْتُمْ قَوْمًا بُورًا

(12) އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسولއާއާއި، مؤمنން އެއުރެންގެ أهلވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.

وَمَنْ لَمْ يُؤْمِنْ بِاللَّهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا

(13) އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافرންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَكَانَ اللَّهُ غَفُورًا رَحِيمًا

(14) އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذابދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

سَيَقُولُ الْمُخَلَّفُونَ إِذَا انْطَلَقْتُمْ إِلَى مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُرِيدُونَ أَنْ يُبَدِّلُوا كَلَامَ اللَّهِ قُلْ لَنْ تَتَّبِعُونَا كَذَلِكُمْ قَالَ اللَّهُ مِنْ قَبْلُ فَسَيَقُولُونَ بَلْ تَحْسُدُونَنَا بَلْ كَانُوا لَا يَفْقَهُونَ إِلَّا قَلِيلًا

(15) غنيمةތަކެއް އަތުލުމަށްޓަކައި، غنيمةތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّهގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ!

قُلْ لِلْمُخَلَّفِينَ مِنَ الْأَعْرَابِ سَتُدْعَوْنَ إِلَى قَوْمٍ أُولِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ فَإِنْ تُطِيعُوا يُؤْتِكُمُ اللَّهُ أَجْرًا حَسَنًا وَإِنْ تَتَوَلَّوْا كَمَا تَوَلَّيْتُمْ مِنْ قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا

(16) أعرابىންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ إسلامވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް اللَّه ދެއްވާނެތެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި عذابއަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذابދެއްވާނެތެވެ.

لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَمَنْ يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا

(17) ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. اللَّهއާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذابއަކުން އެކަލާނގެ عذابދެއްވާނެތެވެ.

لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنْزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا

(18) ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعةހިފާހިނދު، އެ مؤمنތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتحއެއް އެއުރެންނަށް ދެއްވިއެވެ.

وَمَغَانِمَ كَثِيرَةً يَأْخُذُونَهَا وَكَانَ اللَّهُ عَزِيزًا حَكِيمًا

(19) އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمةމުދާތައްވެސްމެއެވެ. عزيزވަންތަ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

وَعَدَكُمُ اللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَذِهِ وَكَفَّ أَيْدِيَ النَّاسِ عَنْكُمْ وَلِتَكُونَ آيَةً لِلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُسْتَقِيمًا

(20) ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمةމުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (مؤمنންނަށް نصرލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ.

وَأُخْرَى لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّهُ بِهَا وَكَانَ اللَّهُ عَلَى كُلِّ شَيْءٍ قَدِيرًا

(21) އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا

(22) كافرވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصرވެރިޔަކުވެސް ނުފެންނާނެތެވެ.

سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا

(23) (އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنْكُمْ وَأَيْدِيَكُمْ عَنْهُمْ بِبَطْنِ مَكَّةَ مِنْ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا

(24) ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكةގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَنْ يَبْلُغَ مَحِلَّهُ وَلَوْلَا رِجَالٌ مُؤْمِنُونَ وَنِسَاءٌ مُؤْمِنَاتٌ لَمْ تَعْلَمُوهُمْ أَنْ تَطَئُوهُمْ فَتُصِيبَكُمْ مِنْهُمْ مَعَرَّةٌ بِغَيْرِ عِلْمٍ لِيُدْخِلَ اللَّهُ فِي رَحْمَتِهِ مَنْ يَشَاءُ لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا

(25) އެއުރެންނީ، كافرވެ، އަދި حرمةތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتلކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتحކުރެއްވުމުގެ إذنދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتلކުރެވިދާފަދަ ގޮތެއްގައިތިބި مؤمنންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمةގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذابއަކުން އެއުރެންގެ ތެރެއިން كافرވި މީހުންނަށް ތިމަންރަސްކަލާނގެ عذابދެއްވީމުހެވެ.

إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

(26) كافرވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسولއާގެ މައްޗަށާއި، مؤمنތަކުންގެ މައްޗަށް، އެކަލާނގެ حضرةން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوىގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمةއަށް حقކަން ބޮޑުވެފައި، އަދި އެ كلمةގެ أهلވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

لَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِنْ شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِنْ دُونِ ذَلِكَ فَتْحًا قَرِيبًا

(27) ހަމަކަށަވަރުން، اللَّه، އެކަލާނގެ رسولއާއަށް ހުވަފެންފުޅު ސީދާކުރައްވައި، حقގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަ ތިޔަބައިމީހުން أمانކަމާއެކުގައި، حرمةތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حالގައި، އަދި ކުރުކޮށް ކޮށާ حالގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتحއެއް އެކަލާނގެ ދެއްވާހުށްޓެވެ.

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا

(28) އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسولއާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دينތަކުގެ މައްޗަށް، އެ دينފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ.

مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنْجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْرًا عَظِيمًا

(29) محمدގެފާނީ، اللَّهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ. اللَّهގެ حضرةން فضلވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوعކޮށް سجدةކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ.