logo logo

وَالذَّارِيَاتِ ذَرْوًا

(1) ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި،

فَالْحَامِلَاتِ وِقْرًا

(2) ފެންބަރުކައިފައިވާ ވިލާތަކާއި،

فَالْجَارِيَاتِ يُسْرًا

(3) ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި،

فَالْمُقَسِّمَاتِ أَمْرًا

(4) ކަންތައްތައް ބައްސަވާ ملائكةންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحىކުރައްވަމެވެ.

إِنَّمَا تُوعَدُونَ لَصَادِقٌ

(5) ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތައްތަކަކީ، حقތެދުކަން ކަށަވަރެވެ.

وَإِنَّ الدِّينَ لَوَاقِعٌ

(6) އަދި (ތިޔަބައިމީހުންގެ عملތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ.

وَالسَّمَاءِ ذَاتِ الْحُبُكِ

(7) (ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި وحىކުރައްވަމެވެ.

إِنَّكُمْ لَفِي قَوْلٍ مُخْتَلِفٍ

(8) ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (محمدގެފާނާއި، قرآنއާމެދު) خلافވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ.

يُؤْفَكُ عَنْهُ مَنْ أُفِكَ

(9) އެކަމުން ދުރުކުރައްވާފައިވަނީ (اللَّهގެ علمފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ.

قُتِلَ الْخَرَّاصُونَ

(10) ދޮގުހަދާ މީހުންނަށް لعنةލައްވާފައިވެއެވެ.

الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ

(11) އެއުރެންނީ جاهلކަމުގެ ތެރެޔަށް ގެނބި، غافلވެފައިވާ މީހުންނެވެ.

يَسْأَلُونَ أَيَّانَ يَوْمُ الدِّينِ

(12) އެއުރެން (ފުރައްސާރައިގެގޮތުގައި) سؤالކުރެތެވެ. قيامةދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ

(13) (އެއީ) ނަރަކައިގެ عذابއަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ.

ذُوقُوا فِتْنَتَكُمْ هَذَا الَّذِي كُنْتُمْ بِهِ تَسْتَعْجِلُونَ

(14) (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذابގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذابއެވެ.

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ

(15) ހަމަކަށަވަރުން، تقوىވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمةގައެވެ.

آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ

(16) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسانތެރިން ކަމުގައެވެ.

كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ

(17) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.

وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ

(18) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاءކުރެތެވެ.

وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ

(19) އަދި سؤالކޮށް އެދޭ މީހުންނަށާއި، ނިކަމެތި محرومންނަށް އެއުރެންގެ މުދަލުގައި حقއެއްވެއެވެ.

وَفِي الْأَرْضِ آيَاتٌ لِلْمُوقِنِينَ

(20) يقينކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.

وَفِي أَنْفُسِكُمْ أَفَلَا تُبْصِرُونَ

(21) އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟

وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ

(22) އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعدކުރައްވާހާ ކަމެއް (ގެأمرފުޅު) އުޑުގައިވެއެވެ.

فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِثْلَ مَا أَنَّكُمْ تَنْطِقُونَ

(23) ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ وحىކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ حقތެދުކަން ކަށަވަރެވެ.

هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ

(24) إبراهيمގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ سَلَامٌ قَوْمٌ مُنْكَرُونَ

(25) އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، سلاماً މިހެން ވިދާޅުވެ سلامކުރެއްވޫއެވެ. ދެން އެކަލޭގެފާނު سلام މިހެން ވިދާޅުވެ سلامރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ.

فَرَاغَ إِلَى أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ

(26) ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهلވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.

فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ

(27) ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟

فَأَوْجَسَ مِنْهُمْ خِيفَةً قَالُوا لَا تَخَفْ وَبَشَّرُوهُ بِغُلَامٍ عَلِيمٍ

(28) ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكةންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علمވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبرދެއްވޫއެވެ.

فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ

(29) ފަހެ (އެ އުފާވެރި خبرއައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟)

قَالُوا كَذَلِكِ قَالَ رَبُّكِ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ

(30) އެ ملائكةން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحىކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيمވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ

(31) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكةންނެވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟

قَالُوا إِنَّا أُرْسِلْنَا إِلَى قَوْمٍ مُجْرِمِينَ

(32) އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި قومއެއްގެ މީހުންގެ ގާތަށެވެ.

لِنُرْسِلَ عَلَيْهِمْ حِجَارَةً مِنْ طِينٍ

(33) (އެއީ) އެއުރެންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށްޓަކައެވެ.

مُسَوَّمَةً عِنْدَ رَبِّكَ لِلْمُسْرِفِينَ

(34) (އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ފާހަގަލައްވާފައިވާ ހިލައެވެ.

فَأَخْرَجْنَا مَنْ كَانَ فِيهَا مِنَ الْمُؤْمِنِينَ

(35) ފަހެ، مؤمنންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ.

فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِنَ الْمُسْلِمِينَ

(36) ފަހެ، އެރަށުގައި مسلمންގެ އެންމެ ގެއެއްގެ أهلވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.

وَتَرَكْنَا فِيهَا آيَةً لِلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ

(37) އަދި ވޭންދެނިވި عذابއަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަންރަސްކަލާނގެ އެރަށުގައި (އެއުރެން ހަލާކުކުރެއްވިކަމުގެ) علامةއެއް ލެއްވީމެވެ.

وَفِي مُوسَى إِذْ أَرْسَلْنَاهُ إِلَى فِرْعَوْنَ بِسُلْطَانٍ مُبِينٍ

(38) އަދި فرعونގެ ގާތަށް ފާޅުވެގެންވާ حجّةއަކާއެކު ތިމަންރަސްކަލާނގެ موسىގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި عبرةއެއްވެއެވެ.

فَتَوَلَّى بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ

(39) ފަހެ، އެ فرعون އޭނާގެ لشكرއާއެކު، إيمانކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ.

فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ

(40) ފަހެ، ތިމަންރަސްކަލާނގެ، އޭނާޔާއި އޭނާގެ لشكرއަތުލައްވައި އެއުރެން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ غرقވީ) އޭނާޔަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ حالގައެވެ.

وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ

(41) عادބާގައިމީހުންގައިވެސް عبرةއެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ.

مَا تَذَرُ مِنْ شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ

(42) އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ.

وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّى حِينٍ

(43) އަދި ثمودބާގައިމީހުންގައިވެސް عبرةއެއްވެއެވެ. އެއީ އެއުރެންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ!

فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنْظُرُونَ

(44) ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ أمرފުޅާ خلافވެ، އެއުރެން كبرވެރިވޫއެވެ. ދެން އެއުރެން ބަލަބަލައި ތިއްބައި ހޮނުގުގުރި އެއުރެންގައި ހިފިއެވެ.

فَمَا اسْتَطَاعُوا مِنْ قِيَامٍ وَمَا كَانُوا مُنْتَصِرِينَ

(45) ފަހެ، އެއުރެންނަށް ތެދުވުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި نصرލިބިގެންވާ ބަޔަކު ކަމުގައިވެސް އެއުރެން ނުވިއެވެ.

وَقَوْمَ نُوحٍ مِنْ قَبْلُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ

(46) އަދި އޭގެކުރިން ތިމަންރަސްކަލާނގެ نوحގެފާނުގެ قومގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، فاسقވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

(47) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ

(48) އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ!

وَمِنْ كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ

(49) ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.

فَفِرُّوا إِلَى اللَّهِ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ

(50) ފަހެ، ތިޔަބައިމީހުން اللّهއަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرةން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيانވެގެންހުރި إنذارކުރައްވާ ބޭކަލަކީމެވެ.

وَلَا تَجْعَلُوا مَعَ اللَّهِ إِلَهًا آخَرَ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ

(51) އަދި ތިޔަބައިމީހުން اللَّهއާއެކު އެހެން إلهއަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرةން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيانވެގެންހުރި إنذارކުރައްވާ ބޭކަލަކީމެވެ.

كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ

(52) އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسولއަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.

أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ

(53) އެއުރެން رسولން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް وصيةކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.

فَتَوَلَّ عَنْهُمْ فَمَا أَنْتَ بِمَلُومٍ

(54) ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! ފަހެ، ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެތެވެ.

وَذَكِّرْ فَإِنَّ الذِّكْرَى تَنْفَعُ الْمُؤْمِنِينَ

(55) ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمنންނަށް މަންފާކުރާނޭ ކަމެކެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ

(56) ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.

مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ

(57) އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ رزقއަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.

إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ

(58) ހަމަކަށަވަރުން، اللَّهއީ، رزقދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ

(59) ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް عذابގެ حصّةއެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި عذابއަކާ އެއްފަދަ حصّةއެކެވެ. ފަހެ، عذاب އަވަސްވުންއެދި ތިމަންރަސްކަލާނގެ حضرةއަށް އެއުރެން، ނޭދޭހުށިކަމެވެ!

فَوَيْلٌ لِلَّذِينَ كَفَرُوا مِنْ يَوْمِهِمُ الَّذِي يُوعَدُونَ

(60) ފަހެ كافرވި މީހުންނަށް އެއުރެންނަށް وعدކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.