logo logo

وَالنَّجْمِ إِذَا هَوَى

(1) އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحىކުރައްވަމެވެ.

مَا ضَلَّ صَاحِبُكُمْ وَمَا غَوَى

(2) ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمدގެފާނު) حقގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقادއެއް ނުކުރައްވައެވެ.

وَمَا يَنْطِقُ عَنِ الْهَوَى

(3) އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.

إِنْ هُوَ إِلَّا وَحْيٌ يُوحَى

(4) އެއީ އެކަލޭގެފާނަށް އިއްވަވާ وحىއެއްކަމުގައި ނޫނީ ނުވެތެވެ.

عَلَّمَهُ شَدِيدُ الْقُوَى

(5) ބާރުގަދަ ملائكةއަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.

ذُو مِرَّةٍ فَاسْتَوَى

(6) (އެ ملائكةއަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكةއާ އެކަލޭގެފާނުގެ أصل صورةގައި قائمވެވަޑައިގެން ހުންނެވިއެވެ.

وَهُوَ بِالْأُفُقِ الْأَعْلَى

(7) (އެހިނދު) އެ ملائكةއާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.

ثُمَّ دَنَا فَتَدَلَّى

(8) ދެން އެ ملائكةއާ (رسولއާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى

(9) އެ އަރިސްވުންވީ، ދެ قوسގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.

فَأَوْحَى إِلَى عَبْدِهِ مَا أَوْحَى

(10) ދެން (اللَّه) އެކަލާނގެ އަޅާއަށް وحىކުރެއްވި އެއްޗެއް وحىކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحىބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)

مَا كَذَبَ الْفُؤَادُ مَا رَأَى

(11) އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكارއެއް ނުކުރައްވަތެވެ.

أَفَتُمَارُونَهُ عَلَى مَا يَرَى

(12) އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟

وَلَقَدْ رَآهُ نَزْلَةً أُخْرَى

(13) ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمدގެފާނު) އެހެންފަހަރަކުވެސް

عِنْدَ سِدْرَةِ الْمُنْتَهَى

(14) سدرة المنتهىގެ ކައިރިންނެވެ.

عِنْدَهَا جَنَّةُ الْمَأْوَى

(15) އެތާނގެ ކައިރީގައި جنة المأوىވެއެވެ. (އެއީ مؤمنތަކުންގެ ފުރާނަތަކުގެ مركزއެވެ.)

إِذْ يَغْشَى السِّدْرَةَ مَا يَغْشَى

(16) سدرة المنتهىފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.

مَا زَاغَ الْبَصَرُ وَمَا طَغَى

(17) އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.

لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى

(18) ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.

أَفَرَأَيْتُمُ اللَّاتَ وَالْعُزَّى

(19) ފަހެ، لاتއާއި، عزّىއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

وَمَنَاةَ الثَّالِثَةَ الْأُخْرَى

(20) އަދި مناةއެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.

أَلَكُمُ الذَّكَرُ وَلَهُ الْأُنْثَى

(21) ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟

تِلْكَ إِذًا قِسْمَةٌ ضِيزَى

(22) (އެހެންވަނީނަމަ) އެއީ حقމަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.

إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنْفُسُ وَلَقَدْ جَاءَهُمْ مِنْ رَبِّهِمُ الْهُدَى

(23) އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوىنفسގެ އެދުންތަކަކަށް މެނުވީ އެއުރެން تبعވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرةން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.

أَمْ لِلْإِنْسَانِ مَا تَمَنَّى

(24) އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟

فَلِلَّهِ الْآخِرَةُ وَالْأُولَى

(25) ފަހެ، ދުނިޔެއާއި، آخرةގެ ކަންތައް މިލްކުވެ خاصވެގެންވަނީ اللَّهއަށެވެ.

وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَى

(26) އަދި اللّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذنދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعةން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكةން އުޑުތަކުގައި ވޭހެއްޔެވެ؟

إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنْثَى

(27) ހަމަކަށަވަރުން، آخرةއަށް إيمان ނުވާމީހުން ملائكةންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.

وَمَا لَهُمْ بِهِ مِنْ عِلْمٍ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا

(28) އެއުރެންނަށް އެކަމުގެ އެއްވެސް علمއެއް ލިބިގެންނުވާ حالގައެވެ. ހީއަކަށް މެނުވީ އެއުރެން تبعވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حقގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.

فَأَعْرِضْ عَنْ مَنْ تَوَلَّى عَنْ ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا

(29) ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ!

ذَلِكَ مَبْلَغُهُمْ مِنَ الْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَى

(30) علمގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.

وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى

(31) އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّهއަށެވެ. އެއީ ނުބައި عملކުޅަމީހުންނަށް އެއުރެންކުޅަ ނުބައި عملއަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ عملކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.

الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الْأَرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ فَلَا تُزَكُّوا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى

(32) އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحشކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތާރީފުކޮށް فخرވެރިނުވާށެވެ! تقوىވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.

أَفَرَأَيْتَ الَّذِي تَوَلَّى

(33،34) إيمانކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

وَأَعْطَى قَلِيلًا وَأَكْدَى

(33،34) إيمانކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

أَعِنْدَهُ عِلْمُ الْغَيْبِ فَهُوَ يَرَى

(35) ފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް غيبގެ علم ލިބިފައިވަނީ ހެއްޔެވެ؟

أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى

(36) އަދި ކީއްހެއްޔެވެ؟ موسىގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟

وَإِبْرَاهِيمَ الَّذِي وَفَّى

(37) އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، إبراهيمގެފާނު

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَى

(38) އަދި ފާފަވެރި އެއްވެސް نفسއެއް، އެހެން نفسއެއްގެ ފާފަޔެއް ނުއުފުލާނެތެވެ.

وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى

(39) އަދި އިންސާނާޔަށް އޭނާ ކުޅަ عملއެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.

وَأَنَّ سَعْيَهُ سَوْفَ يُرَى

(40) އަދި ހަމަކަށަވަރުން، އޭނާ ކުޅަ عملއެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.

ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَى

(41) ދެން އޭނާ ކުޅަ عملއަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.

وَأَنَّ إِلَى رَبِّكَ الْمُنْتَهَى

(42) އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.

وَأَنَّهُ هُوَ أَضْحَكَ وَأَبْكَى

(43) އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ.

وَأَنَّهُ هُوَ أَمَاتَ وَأَحْيَا

(44) އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.

وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنْثَى

(45،46) އަދި رحمގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.

مِنْ نُطْفَةٍ إِذَا تُمْنَى

(45،46) އަދި رحمގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.

وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَى

(47) އަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ.

وَأَنَّهُ هُوَ أَغْنَى وَأَقْنَى

(48) އަދި މުއްސަނދިކުރައްވަނީވެސް، އަދި فقيرކުރައްވަނީވެސް އެކަލާނގެއެވެ.

وَأَنَّهُ هُوَ رَبُّ الشِّعْرَى

(49) އެކަލާނގެއީ، الشعرىއޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.

وَأَنَّهُ أَهْلَكَ عَادًا الْأُولَى

(50) އަދި ކުރީގެ عادބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.

وَثَمُودَ فَمَا أَبْقَى

(51) އަދި ثمودބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.

وَقَوْمَ نُوحٍ مِنْ قَبْلُ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَى

(52) އަދި އޭގެކުރިން نوحގެފާނުގެ قومގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.

وَالْمُؤْتَفِكَةَ أَهْوَى

(53) އަދި لوطބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.

فَغَشَّاهَا مَا غَشَّى

(54) ފަހެ، އެރަށަށް ޖެއްސެވި عذابއެއް ޖެއްސެވިއެވެ.

فَبِأَيِّ آلَاءِ رَبِّكَ تَتَمَارَى

(55) ފަހެ، ތިބާ شكކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

هَذَا نَذِيرٌ مِنَ النُّذُرِ الْأُولَى

(56) މިއީ (އެބަހީ: محمدގެފާނީ) އިސްވެދިޔަ نذيرންފަދަ نذيرއެކެވެ.

أَزِفَتِ الْآزِفَةُ

(57) قيامةދުވަސް ގާތްވެއްޖެއެވެ.

لَيْسَ لَهَا مِنْ دُونِ اللَّهِ كَاشِفَةٌ

(58) اللَّهމެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.

أَفَمِنْ هَذَا الْحَدِيثِ تَعْجَبُونَ

(59،60) ފަހެ، ތިޔަބައިމީހުން عجائبވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآنއާމެދުގައި) ހެއްޔެވެ؟

وَتَضْحَكُونَ وَلَا تَبْكُونَ

(59،60) ފަހެ، ތިޔަބައިމީހުން عجائبވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآنއާމެދުގައި) ހެއްޔެވެ؟

وَأَنْتُمْ سَامِدُونَ

(61) އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ غافلވެގެންނެވެ.

فَاسْجُدُوا لِلَّهِ وَاعْبُدُوا

(62) ފަހެ، ތިޔަބައިމީހުން اللَّهއަށް سجدةކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!