logo logo

الرَّحْمَنُ

(1) رحمنވަންތަ ރަސްކަލާނގެއެވެ.

عَلَّمَ الْقُرْآنَ

(2) އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ.

خَلَقَ الْإِنْسَانَ

(3) އެކަލާނގެ އިންސާނާ ހެއްދެވިއެވެ.

عَلَّمَهُ الْبَيَانَ

(4) އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.

الشَّمْسُ وَالْقَمَرُ بِحُسْبَانٍ

(5) އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.

وَالنَّجْمُ وَالشَّجَرُ يَسْجُدَانِ

(6) އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدةކުރެތެވެ.

وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ

(7) އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ.

أَلَّا تَطْغَوْا فِي الْمِيزَانِ

(8) މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.

وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ

(9) عدل إنصافގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!

وَالْأَرْضَ وَضَعَهَا لِلْأَنَامِ

(10) އަދި خلقތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ.

فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ

(11) އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ.

وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ

(12) އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(13) އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

خَلَقَ الْإِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ

(14) މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدمގެފާނު) ހެއްދެވިއެވެ.

وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ

(15) އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(16) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ

(17) އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسمއަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.)

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(18) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

مَرَجَ الْبَحْرَيْنِ يَلْتَقِيَانِ

(19) އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ.

بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ

(20) އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(21) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ

(22) އެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(23) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

وَلَهُ الْجَوَارِ الْمُنْشَآتُ فِي الْبَحْرِ كَالْأَعْلَامِ

(24) އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملكވެގެންވަނީ، އެކަލާނގެއަށެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(25) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

كُلُّ مَنْ عَلَيْهَا فَانٍ

(26) އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.

وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ

(27) އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذاتފުޅު ދެމިވޮޑިގެންވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(28) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

يَسْأَلُهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ

(29) އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން عزّةތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް رزقދެއްވައި، އަނެއްބަޔަކު محرومކުރައްވަތެވެ.)

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(30) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ

(31) އޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ حكمކުރައްވާ ހުށީމެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(32) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا لَا تَنْفُذُونَ إِلَّا بِسُلْطَانٍ

(33) އޭ ޖިންނީންނާއި، އިންސީންގެ جماعةގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(34) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ

(35) ތިޔަ ދެބައިމީހުންގެ މައްޗަށް (قيامةދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصرއެއް ނުލިބޭނެތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(36) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ

(37) ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(38) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ

(39) ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوالއެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.)

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(40) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ

(41) (އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(42) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

هَذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ

(43) މިއީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކަޔެވެ.

يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ

(44) އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(45) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ

(46) އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(47) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

ذَوَاتَا أَفْنَانٍ

(48) ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(49) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِمَا عَيْنَانِ تَجْرِيَانِ

(50) ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(51) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِمَا مِنْ كُلِّ فَاكِهَةٍ زَوْجَانِ

(52) ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(53) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

مُتَّكِئِينَ عَلَى فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ وَجَنَى الْجَنَّتَيْنِ دَانٍ

(54) (އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް إستبرقންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(55) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ

(56) ކަޅިތައް عفةތެރި، حورالعينން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(57) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ

(58) (ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ياقوتއާއި، مرجانފަދައެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(59) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ

(60) ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثوابކަމުގައި މެނުވީ ވާނެހެއްޔެވެ؟

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(61) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

وَمِنْ دُونِهِمَا جَنَّتَانِ

(62) އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(63) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

مُدْهَامَّتَانِ

(64) (އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(65) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِمَا عَيْنَانِ نَضَّاخَتَانِ

(66) ފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(67) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ

(68) އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(69) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

فِيهِنَّ خَيْرَاتٌ حِسَانٌ

(70) ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(71) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

حُورٌ مَقْصُورَاتٌ فِي الْخِيَامِ

(72) (އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ حورންތަކެކެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(73) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ

(74) އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(75) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

مُتَّكِئِينَ عَلَى رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ

(76) ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخملގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حالގައެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

(77) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟

تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ

(78) ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ اسمފުޅު މަތިވެރިވެގެންވެއެވެ.