logo logo

يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ

(1) ރަސްވަންތަ، طاهرވަންތަ، عزيزވަންތަ، حكيمވަންތަ اللَّهއަށް އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް تسبيح ކިޔަތެވެ.

هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ

(2) أمّىންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسولއަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آيةތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهرކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.

وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ وَهُوَ الْعَزِيزُ الْحَكِيمُ

(3) އަދި (އެކަލޭގެފާނު ފޮނުއްވީ) އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެކަލާނގެއީ، عزيزވަންތަ حكيمވަންތަ ރަސްކަލާނގެއެވެ.

ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

(4) އެއީ اللَّهގެ فضلވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.

مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

(5) توراةއަށް عملކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް عمل ނުކުރި މީހުންގެ مثالއަކީ، ފޮތްތަކެއް އުފުލާ حمارގެ مثالއެވެ. اللَّهގެ آيةތައް ދޮގުކުރި މީހުންގެ مثالގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.

قُلْ يَا أَيُّهَا الَّذِينَ هَادُوا إِنْ زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِنْ دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِنْ كُنْتُمْ صَادِقِينَ

(6) ކަލޭގެފާނު ވިދާޅުވާށެވެ! އޭ يهودىވި މީހުންނޭވެ! اللَّهގެ حضرةގައި އެހެން މީހުން ފިޔަވައި ގާތްބަޔަކީ، ތިޔަބައިމީހުން ކަމުގައި ތިޔަބައިމީހުން ހީކުރާނަމަ، ފަހެ، ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުންކަމުގައި ވާނަމައެވެ.

وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ

(7) އަދި އެއުރެންގެ އަތްތައް އިސްކުރި ނުބައި عملގެ ސަބަބުން ދުވަހަކުވެސް އެއުރެން އެކަމަކަށް ނޭދޭނެތެވެ. اللَّهއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

(8) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرةއަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

(9) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.

فَإِذَا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ

(10) ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياةގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّهގެ فضلވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން

وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انْفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا قُلْ مَا عِنْدَ اللَّهِ خَيْرٌ مِنَ اللَّهْوِ وَمِنَ التِّجَارَةِ وَاللَّهُ خَيْرُ الرَّازِقِينَ

(11) އެއުރެންނަށް ވިޔަފާރިޔެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެއުރެން އެކަންތަކާ ދިމާޔަށް ދުވެދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ، اللَّهގެ حضرةގައިވާ ދަރުމަ، ހެޔޮކަން ބޮޑެވެ. އަދި اللَّهއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.