logo logo

ن وَالْقَلَمِ وَمَا يَسْطُرُونَ

(1) ن (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.) قلمއާއި (އެ قلمން) އެއުރެން ލިޔާ ތަކެތި ގަންދެއްވައި وحىކުރައްވަމެވެ.

مَا أَنْتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

(2) ކަލޭގެފާނުގެ ވެރިރަސްކަލާނގެ نعمةން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ.

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ

(3) އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ.

وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ

(4) އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަން ކަށަވަރެވެ.

فَسَتُبْصِرُ وَيُبْصِرُونَ

(5،6) މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ.

بِأَيْيِكُمُ الْمَفْتُونُ

(5،6) މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ.

إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

(7) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

فَلَا تُطِعِ الْمُكَذِّبِينَ

(8) ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!

وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

(9) ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.

وَلَا تُطِعْ كُلَّ حَلَّافٍ مَهِينٍ

(10) އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!

هَمَّازٍ مَشَّاءٍ بِنَمِيمٍ

(11) (އެއީ) غيبةބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.

مَنَّاعٍ لِلْخَيْرِ مُعْتَدٍ أَثِيمٍ

(12) ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ.

عُتُلٍّ بَعْدَ ذَلِكَ زَنِيمٍ

(13) ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ.

أَنْ كَانَ ذَا مَالٍ وَبَنِينَ

(14) އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ.

إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

(15) ތިމަންރަސްކަލާނގެ آيةތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.

سَنَسِمُهُ عَلَى الْخُرْطُومِ

(16) ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަންރަސްކަލާނގެ ފާހަގަލައްވާހުށީމެވެ.

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ

(17) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحانކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهلވެރިން امتحانކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.

وَلَا يَسْتَثْنُونَ

(18) އަދި އެއުރެން استثناءއެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّهއޭ ނުބުނެތެވެ.)

فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ

(19) ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.

فَأَصْبَحَتْ كَالصَّرِيمِ

(20) ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.

فَتَنَادَوْا مُصْبِحِينَ

(21) ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.

أَنِ اغْدُوا عَلَى حَرْثِكُمْ إِنْ كُنْتُمْ صَارِمِينَ

(22) ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!

فَانْطَلَقُوا وَهُمْ يَتَخَافَتُونَ

(23) ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ.

أَنْ لَا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِينٌ

(24) މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكينއަކު ވަނަދީގެނެއް ނުވާނެތެވެ.

وَغَدَوْا عَلَى حَرْدٍ قَادِرِينَ

(25) އަދި فقيرންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصدގައި ހެނދުނާ އެއުރެން ދިޔައޫއެވެ.

فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ

(26) ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.

بَلْ نَحْنُ مَحْرُومُونَ

(27) އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محرومވެގެންވާ ބަޔަކީމުއެވެ.

قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلَا تُسَبِّحُونَ

(28) އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން

قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ

(29) އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.

فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ

(30) ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ.

قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ

(31) އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ.

عَسَى رَبُّنَا أَنْ يُبْدِلَنَا خَيْرًا مِنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ

(32) އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمةއެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.

كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ

(33) عذابހުރީ އެފަދައިންނެވެ. އަދި آخرةގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.

إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ

(34) ހަމަކަށަވަރުން، تقوىވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި نعمةގެ ސުވަރުގެތައްވެއެވެ.

أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ

(35) ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلمން (كافرވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟

مَا لَكُمْ كَيْفَ تَحْكُمُونَ

(36) ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكمކުރަނީ ކޮންފަދައަކުން ހެއްޔެވެ؟

أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ

(37) އަދި ކިއެއްތަ! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟

إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ

(38) ހަމަކަށަވަރުން، އެފޮތުގައި ތިޔަބައިމީހުން اختيارކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟

أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ

(39) ނުވަތަ قيامةދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ عهدތަކެއް ތިމަންރަސްކަލާނގެ حضرةން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން حكمކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ.

سَلْهُمْ أَيُّهُمْ بِذَلِكَ زَعِيمٌ

(40) ކަލޭގެފާނު އެއުރެންނާ سؤالކުރައްވައި ބައްލަވާށެވެ! އެއުރެންކުރެ އެކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟

أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِنْ كَانُوا صَادِقِينَ

(41) ނުވަތަ އެއުރެންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެއުރެންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ، އެއުރެންގެ ބައިވެރިން ގޮވައިގެން އެއުރެން އަންނަހުށިކަމެވެ!

يَوْمَ يُكْشَفُ عَنْ سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ

(42) ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: قيامةދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް سجدةކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ.

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

(43) (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، سجدةކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ.

فَذَرْنِي وَمَنْ يُكَذِّبُ بِهَذَا الْحَدِيثِ سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ

(44) ފަހެ، މި قرآن ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (عذابގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ.

وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ

(45) އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ.

أَمْ تَسْأَلُهُمْ أَجْرًا فَهُمْ مِنْ مَغْرَمٍ مُثْقَلُونَ

(46) އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީތޯއެވެ؟

أَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

(47) ނުވަތަ އެއުރެން (އެއިން) ލިޔުމަށް އެއުރެންގެ ގާތުގައި غيبގެ

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُومٌ

(48) ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكمފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: يونسގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ حال، دعاءކުރެއްވި ހިނދުގައެވެ.

لَوْلَا أَنْ تَدَارَكَهُ نِعْمَةٌ مِنْ رَبِّهِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ

(49) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ފޮނުއްވި نعمةއެއް، އެކަލޭގެފާނާ ހަމަޔަށް واصل ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ حال (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ.

فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ

(50) ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيارކުރެއްވިއެވެ. އަދި صالحއަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ.

وَإِنْ يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ

(51) كافرވި މީހުން قرآنގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ.

وَمَا هُوَ إِلَّا ذِكْرٌ لِلْعَالَمِينَ

(52) عالمތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ قرآن ނުވެއެވެ.