logo logo

الْحَاقَّةُ

(1) ކަށަވަރުވެގެންވާ قيامةދުވަހެވެ.

مَا الْحَاقَّةُ

(2) ކަށަވަރުވެގެންވާ قيامةދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟

وَمَا أَدْرَاكَ مَا الْحَاقَّةُ

(3) ކަށަވަރުވެގެންވާ قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ

(4) ثمودބާގައިމީހުންނާއި، عادބާގައިމީހުން قيامةދުވަސް ދޮގުކުރޫއެވެ.

فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ

(5) ފަހެ، ثمودބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ.

وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ

(6) އަދި عادބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ.

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

(7) އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން

فَهَلْ تَرَى لَهُمْ مِنْ بَاقِيَةٍ

(8) ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟

وَجَاءَ فِرْعَوْنُ وَمَنْ قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ

(9) އަދި فرعونއާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ.

فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَابِيَةً

(10) ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسولއާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذابގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ.

إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ

(11) ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.

لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ

(12) އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ.

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ

(13) ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.

وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً

(14) އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.

فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ

(15) ފަހެ، އެދުވަހުން قيامةވާ ހުށްޓެވެ.

وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ

(16) އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.

وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ

(17) އަދި ملائكةން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرشފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكةންނެވެ.

يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنْكُمْ خَافِيَةٌ

(18) އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ.

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ

(19) ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!

إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ

(20) ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقينވިއެވެ.

فَهُوَ فِي عِيشَةٍ رَاضِيَةٍ

(21) ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.

فِي جَنَّةٍ عَالِيَةٍ

(22) މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.

قُطُوفُهَا دَانِيَةٌ

(23) އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.

كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ

(24) (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عملތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.

وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ

(25) އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

وَلَمْ أَدْرِ مَا حِسَابِيَهْ

(26) އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!

يَا لَيْتَهَا كَانَتِ الْقَاضِيَةَ

(27) އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!

مَا أَغْنَى عَنِّي مَالِيَهْ

(28) ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

هَلَكَ عَنِّي سُلْطَانِيَهْ

(29) ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.

خُذُوهُ فَغُلُّوهُ

(30) (زبانىّ ملائكةންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!

ثُمَّ الْجَحِيمَ صَلُّوهُ

(31) ދެން އޭނާ ނަރަކަޔަށް ވައްދާށެވެ!

ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ

(32) ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!

إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ

(33) ހަމަކަށަވަރުން، އޭނާ މާތް اللَّهއަށް إيمانވާކަމުގައެއް ނުވެއެވެ.

وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ

(34) އަދި مسكينންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.

فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ

(35) ފަހެ، މިއަދު މިތާކު އޭނާއަކަށް رحمةތެރިޔަކު ނުވެއެވެ.

وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ

(36) އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهلވެރިންގެ ގައިން އޮހޮރޭ

لَا يَأْكُلُهُ إِلَّا الْخَاطِئُونَ

(37) ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.

فَلَا أُقْسِمُ بِمَا تُبْصِرُونَ

(38،39) ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحىކުރައްވަމެވެ.

وَمَا لَا تُبْصِرُونَ

(38،39) ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحىކުރައްވަމެވެ.

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ

(40) ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسولއަކު (އެބަހީ: جبريلގެފާނު اللَّهގެ حضرةން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.

وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَا تُؤْمِنُونَ

(41) އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمانވަނީ ވަރަށްވެސް ކުޑަކޮށެވެ.

وَلَا بِقَوْلِ كَاهِنٍ قَلِيلًا مَا تَذَكَّرُونَ

(42) އަދި އެއީ كاهنއެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.

تَنْزِيلٌ مِنْ رَبِّ الْعَالَمِينَ

(43) (އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةން ބާވައިލެއްވި ފޮތެކެވެ.

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ

(44،45) އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.

لَأَخَذْنَا مِنْهُ بِالْيَمِينِ

(44،45) އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.

ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ

(46) ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ.

فَمَا مِنْكُمْ مِنْ أَحَدٍ عَنْهُ حَاجِزِينَ

(47) ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذابން ދުރެއްނުކުރެވޭނެތެވެ.

وَإِنَّهُ لَتَذْكِرَةٌ لِلْمُتَّقِينَ

(48) ހަމަކަށަވަރުން، އެ قرآنއަކީ، تقوىވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.

وَإِنَّا لَنَعْلَمُ أَنَّ مِنْكُمْ مُكَذِّبِينَ

(49) އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ

(50) އަދި ހަމަކަށަވަރުން، އެ قرآنއަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.

وَإِنَّهُ لَحَقُّ الْيَقِينِ

(51) އަދި ހަމަކަށަވަރުން، އެ قرآنއަކީ، يقينވެގެންވާ حقތެދުކަން ކަށަވަރެވެ.

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ

(52) ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!