logo logo

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ

(1،2،3) އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށްޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

لِلْكَافِرِينَ لَيْسَ لَهُ دَافِعٌ

(1،2،3) އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށްޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

مِنَ اللَّهِ ذِي الْمَعَارِجِ

(1،2،3) އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށްޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ

(4) ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكةންނާއި، جبريلގެފާނު، އެކަލާނގެ حضرةއަށް އަރާވަޑައިގަންނަވާނެތެވެ.

فَاصْبِرْ صَبْرًا جَمِيلًا

(5) ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!

إِنَّهُمْ يَرَوْنَهُ بَعِيدًا

(6) ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.

وَنَرَاهُ قَرِيبًا

(7) އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.

يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ

(8) ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.

وَتَكُونُ الْجِبَالُ كَالْعِهْنِ

(9) އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.

وَلَا يَسْأَلُ حَمِيمٌ حَمِيمًا

(10) އަދި، އެދުވަހުން ގާތް رحمةތެރިޔަކު، رحمةތެރިޔަކާމެދު سؤالއެއް ނުކުރާނެތެވެ.

يُبَصَّرُونَهُمْ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ

(11) އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذابން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فديةއެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.

وَصَاحِبَتِهِ وَأَخِيهِ

(12) އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخވެސްމެއެވެ.

وَفَصِيلَتِهِ الَّتِي تُؤْوِيهِ

(13) އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.

وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ

(14) އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ.

كَلَّا إِنَّهَا لَظَى

(15) ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.

نَزَّاعَةً لِلشَّوَى

(16) (އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حالގައެވެ.

تَدْعُو مَنْ أَدْبَرَ وَتَوَلَّى

(17) ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.

وَجَمَعَ فَأَوْعَى

(18) އަދި މުދާ އެއްކޮށް، خزانةކުރާ މީހާޔަށްވެސްމެއެވެ.

إِنَّ الْإِنْسَانَ خُلِقَ هَلُوعًا

(19) ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

إِذَا مَسَّهُ الشَّرُّ جَزُوعًا

(20) އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

وَإِذَا مَسَّهُ الْخَيْرُ مَنُوعًا

(21) އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.

إِلَّا الْمُصَلِّينَ

(22) ނަމާދުކުރާ މީހުން މެނުވީއެވެ.

الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ

(23) އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.

وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ

(24،25) އަދި، އެއުރެންނީ، سؤالކޮށް، އެދޭމީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ.

لِلسَّائِلِ وَالْمَحْرُومِ

(24،25) އަދި، އެއުރެންނީ، سؤالކޮށް، އެދޭމީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ.

وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ

(26) އަދި، އެއުރެންނީ، قيامةދުވަހަށް إيمانވެ، ތެދުކުރާ މީހުންނެވެ.

وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ

(27) އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذابއަށް ބިރުވެތިވާ މީހުންނެވެ.

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ

(28) ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذابއަކީ (އެކަލާނގެ أمانކަންދެއްވިއްޔާމެނުވީ އެއިން) أمانކަން ލިބިގެންނުވާ عذابއެކެވެ.

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ

(29) އަދި، އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާ މީހުންނެވެ.

إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

(30) އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.

فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ

(31) ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ

(32) އަދި، އެއުރެންނީ، އެއުރެންގެ أمانةތަކަށާއި، އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.

وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ

(33) އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.

وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ

(34) އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.

أُولَئِكَ فِي جَنَّاتٍ مُكْرَمُونَ

(35) އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.

فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ

(36،37) ފަހެ، كافرވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ

(36،37) ފަހެ، كافرވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

أَيَطْمَعُ كُلُّ امْرِئٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيمٍ

(38) نعمةގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟

كَلَّا إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ

(39) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ

(40،41) ފަހެ، مشرقތަކާއި، مغربތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

عَلَى أَنْ نُبَدِّلَ خَيْرًا مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ

(40،41) ފަހެ، مشرقތަކާއި، مغربތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ

(42) ފަހެ، އެއުރެންނަށް وعدކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطلވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَى نُصُبٍ يُوفِضُونَ

(43) (އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ذَلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ

(44) (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعدކުރައްވާކަމުގައިވީ ދުވަހެވެ.