logo logo

يَا أَيُّهَا الْمُدَّثِّرُ

(1) އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!

قُمْ فَأَنْذِرْ

(2) ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ!

وَرَبَّكَ فَكَبِّرْ

(3) އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!

وَثِيَابَكَ فَطَهِّرْ

(4) އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهرކުރައްވާށެވެ!

وَالرُّجْزَ فَاهْجُرْ

(5) އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!

وَلَا تَمْنُنْ تَسْتَكْثِرُ

(6) އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!

وَلِرَبِّكَ فَاصْبِرْ

(7) އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!

فَإِذَا نُقِرَ فِي النَّاقُورِ

(8) ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.

فَذَلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ

(9) ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.

عَلَى الْكَافِرِينَ غَيْرُ يَسِيرٍ

(10) كافرންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.

ذَرْنِي وَمَنْ خَلَقْتُ وَحِيدًا

(11) ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!

وَجَعَلْتُ لَهُ مَالًا مَمْدُودًا

(12،13) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.

وَبَنِينَ شُهُودًا

(12،13) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.

وَمَهَّدْتُ لَهُ تَمْهِيدًا

(14) އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.

ثُمَّ يَطْمَعُ أَنْ أَزِيدَ

(15) ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.

كَلَّا إِنَّهُ كَانَ لِآيَاتِنَا عَنِيدًا

(16) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آيةތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.

سَأُرْهِقُهُ صَعُودًا

(17) ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذابއަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.

إِنَّهُ فَكَّرَ وَقَدَّرَ

(18) ހަމަކަށަވަރުން، އޭނާ ވިސްނައި فكرކޮށް ރޭވިއެވެ.

فَقُتِلَ كَيْفَ قَدَّرَ

(19) ފަހެ، އޭނާޔަށް لعنةލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟

ثُمَّ قُتِلَ كَيْفَ قَدَّرَ

(20) ދެން އޭނާޔަށް لعنةލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟

ثُمَّ نَظَرَ

(21) ދެން އޭނާ ބަލައި ވިސްނިއެވެ.

ثُمَّ عَبَسَ وَبَسَرَ

(22) ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.

ثُمَّ أَدْبَرَ وَاسْتَكْبَرَ

(23) ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.

فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ

(24) ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ.

إِنْ هَذَا إِلَّا قَوْلُ الْبَشَرِ

(25) آدمގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ.

سَأُصْلِيهِ سَقَرَ

(26) ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ.

وَمَا أَدْرَاكَ مَا سَقَرُ

(27) އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

لَا تُبْقِي وَلَا تَذَرُ

(28) އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.

لَوَّاحَةٌ لِلْبَشَرِ

(29) ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.

عَلَيْهَا تِسْعَةَ عَشَرَ

(30) (ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكةންވެއެވެ.

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ

(31) އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكةން މެނުވީ ނުލައްވަމެވެ. އަދި كافرވި މީހުންނަށް امتحانއެއްކަމުގައި މެނުވީ އެ ملائكةންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقينވުމަށާއި، އަދި إيمانވި މީހުންގެ إيمانކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمانވި މީހުން

كَلَّا وَالْقَمَرِ

(32) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.

وَاللَّيْلِ إِذْ أَدْبَرَ

(33) އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

وَالصُّبْحِ إِذَا أَسْفَرَ

(34) އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ.

إِنَّهَا لَإِحْدَى الْكُبَرِ

(35) ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.

نَذِيرًا لِلْبَشَرِ

(36) آدمގެދަރިންނަށް إنذارކުރާ އެއްޗެއްގެ ގޮތުގައެވެ.

لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ

(37) ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.

كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ

(38) ކޮންމެ نفسއެއް، އެ نفسއެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.

إِلَّا أَصْحَابَ الْيَمِينِ

(39) ކަނާތްފަރާތުގެ أهلވެރިން މެނުވީއެވެ.

فِي جَنَّاتٍ يَتَسَاءَلُونَ

(40،41) (އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤالކުރާ حالގައެވެ.

عَنِ الْمُجْرِمِينَ

(40،41) (އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤالކުރާ حالގައެވެ.

مَا سَلَكَكُمْ فِي سَقَرَ

(42) ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟

قَالُوا لَمْ نَكُ مِنَ الْمُصَلِّينَ

(43) އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.

وَلَمْ نَكُ نُطْعِمُ الْمِسْكِينَ

(44) އަދި ތިމަންމެން مسكينންނަށް ކާންދީއެއް ނޫޅެމުއެވެ.

وَكُنَّا نَخُوضُ مَعَ الْخَائِضِينَ

(45) އަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ.

وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ

(46) އަދި ތިމަންމެން قيامةދުވަސް ދޮގުކޮށް އުޅުނީމުއެވެ.

حَتَّى أَتَانَا الْيَقِينُ

(47) يقينކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.

فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ

(48) ފަހެ، شفاعةތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.

فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ

(49) ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآنން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟

كَأَنَّهُمْ حُمُرٌ مُسْتَنْفِرَةٌ

(50، 51) އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمارތަކެއް ފަދައެވެ.

فَرَّتْ مِنْ قَسْوَرَةٍ

(50، 51) އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمارތަކެއް ފަދައެވެ.

بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَى صُحُفًا مُنَشَّرَةً

(52) އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.

كَلَّا بَلْ لَا يَخَافُونَ الْآخِرَةَ

(53) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرةއަކަށް ބިރެއް ނުގަނެތެވެ.

كَلَّا إِنَّهُ تَذْكِرَةٌ

(54) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآنއަކީ ހަނދާންކޮށްދިނުމެކެވެ.

فَمَنْ شَاءَ ذَكَرَهُ

(55) ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!

وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ هُوَ أَهْلُ التَّقْوَى وَأَهْلُ الْمَغْفِرَةِ

(56) އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوىވެރިވުން حقވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.