logo logo

وَالْمُرْسَلَاتِ عُرْفًا

(1) ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،

فَالْعَاصِفَاتِ عَصْفًا

(2) އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،

وَالنَّاشِرَاتِ نَشْرًا

(3) އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،

فَالْفَارِقَاتِ فَرْقًا

(4) حقއާއި باطل ވަކިކުރާ (قرآنގެ) آيةތަކާއި،

فَالْمُلْقِيَاتِ ذِكْرًا

(5) އަދި ހަނދުމަކޮށްދޭ آيةތައް (رسولންނަށް) ގެނެސްދެއްވާ ملائكةން ގަންދެއްވަމެވެ.

عُذْرًا أَوْ نُذْرًا

(6) عذ رނެތިކުރެއްވުމަށާއި، إنذارކުރެއްވުމަށެވެ.

إِنَّمَا تُوعَدُونَ لَوَاقِعٌ

(7) ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.

فَإِذَا النُّجُومُ طُمِسَتْ

(8) ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.

وَإِذَا السَّمَاءُ فُرِجَتْ

(9) އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.

وَإِذَا الْجِبَالُ نُسِفَتْ

(10) އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.

وَإِذَا الرُّسُلُ أُقِّتَتْ

(11) އަދި رسولން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.

لِأَيِّ يَوْمٍ أُجِّلَتْ

(12) އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟

لِيَوْمِ الْفَصْلِ

(13) ނިޔާކުރައްވާ ދުވަހަށެވެ.

وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ

(14) އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(15) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

أَلَمْ نُهْلِكِ الْأَوَّلِينَ

(16) ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟

ثُمَّ نُتْبِعُهُمُ الْآخِرِينَ

(17) ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.

كَذَلِكَ نَفْعَلُ بِالْمُجْرِمِينَ

(18) ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(19) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

أَلَمْ نَخْلُقْكُمْ مِنْ مَاءٍ مَهِينٍ

(20) ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟

فَجَعَلْنَاهُ فِي قَرَارٍ مَكِينٍ

(21) ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحمގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.

إِلَى قَدَرٍ مَعْلُومٍ

(22) އެނގިގެންވާ މުއްދަތަކަށެވެ.

فَقَدَرْنَا فَنِعْمَ الْقَادِرُونَ

(23) ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(24) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا

(25،26) ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

أَحْيَاءً وَأَمْوَاتًا

(25،26) ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُمْ مَاءً فُرَاتًا

(27) އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(28) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

انْطَلِقُوا إِلَى مَا كُنْتُمْ بِهِ تُكَذِّبُونَ

(29) (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!

انْطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ

(30) ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!

لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ

(31) (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.

إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ

(32) ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.

كَأَنَّهُ جِمَالَتٌ صُفْرٌ

(33) އެ ކަނިތައް، ރީނދޫކުލައިގެ جملތަކެއް ފަދައެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(34) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

هَذَا يَوْمُ لَا يَنْطِقُونَ

(35) މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

(36) އަދި އެއުރެން عذرދެއްކުމަކަށް، އެއުރެންނަކަށް إذنއެއް ނުމެދެއްވާނޭމެއެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(37) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ

(38) (وحىކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.

فَإِنْ كَانَ لَكُمْ كَيْدٌ فَكِيدُونِ

(39) ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلةއެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(40) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ

(41) ހަމަކަށަވަރުން، تقوىވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمةގައެވެ.

وَفَوَاكِهَ مِمَّا يَشْتَهُونَ

(42) އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ

(43) (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!

إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ

(44) إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(45) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُمْ مُجْرِمُونَ

(46) (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(47) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ

(48) ތިޔަބައިމީހުން (ނަމާދުކޮށް) ركوعކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوعކޮށެއް ނޫޅެތެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(49) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ

(50) ފަހެ، އެ قرآنއަށްފަހު، އެއުރެން إيمانވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟