logo logo

وَالنَّازِعَاتِ غَرْقًا

(1) ގަދަފަދަވެގެންވާ ގޮތުގައި (كافرންގެ) ފުރާނަތައް ގެންދަވާ ملائكةން ގަންދެއްވަމެވެ.

وَالنَّاشِطَاتِ نَشْطًا

(2) އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمنންގެ) ފުރާނަތައް ގެންދަވާ ملائكةން ގަންދެއްވަމެވެ.

وَالسَّابِحَاتِ سَبْحًا

(3) އަދި ކަލާނގެ أمرފުޅުތަކާއިގެން ދަތުރުކުރައްވާ ملائكةން ގަންދެއްވަމެވެ.

فَالسَّابِقَاتِ سَبْقًا

(4) އަދި (مؤمنންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكةންނާއިއެވެ.

فَالْمُدَبِّرَاتِ أَمْرًا

(5) އަދި (ދުނިޔޭގެ) ކަންތައްތައް تدبيرކުރެއްވުމުގައި އުޅުއްވާ ملائكةންނާއިއެވެ.

يَوْمَ تَرْجُفُ الرَّاجِفَةُ

(6) (ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.

تَتْبَعُهَا الرَّادِفَةُ

(7) އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.

قُلُوبٌ يَوْمَئِذٍ وَاجِفَةٌ

(8) އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.

أَبْصَارُهَا خَاشِعَةٌ

(9) އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.

يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ

(10) އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟

أَإِذَا كُنَّا عِظَامًا نَخِرَةً

(11) ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟

قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ

(12) އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.

فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ

(13) ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.

فَإِذَا هُمْ بِالسَّاهِرَةِ

(14) ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشرބިމުގައެވެ.

هَلْ أَتَاكَ حَدِيثُ مُوسَى

(15) موسىގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى

(16) طوىއޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.

اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى

(17) فرعونގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

فَقُلْ هَلْ لَكَ إِلَى أَنْ تَزَكَّى

(18) އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافرކަމުން طاهرވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟

وَأَهْدِيَكَ إِلَى رَبِّكَ فَتَخْشَى

(19) އަދި ކަލޭގެ ވެރިރަސްކަލާނގެ حضرةއަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ.

فَأَرَاهُ الْآيَةَ الْكُبْرَى

(20) ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.

فَكَذَّبَ وَعَصَى

(21) ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.

ثُمَّ أَدْبَرَ يَسْعَى

(22) ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.

فَحَشَرَ فَنَادَى

(23) ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.

فَقَالَ أَنَا رَبُّكُمُ الْأَعْلَى

(24) ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَى

(25) ދެން آخرةއާއި، ދުނިޔޭގެ عقوباتއެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.

إِنَّ فِي ذَلِكَ لَعِبْرَةً لِمَنْ يَخْشَى

(26) ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرةއެއްވާކަން ކަށަވަރެވެ.

أَأَنْتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ بَنَاهَا

(27) ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.

رَفَعَ سَمْكَهَا فَسَوَّاهَا

(28) އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا

(29) އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.

وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا

(30) އެއަށްފަހު، ބިން ފެތުރުއްވިއެވެ.

أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا

(31) އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.

وَالْجِبَالَ أَرْسَاهَا

(32) އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.

مَتَاعًا لَكُمْ وَلِأَنْعَامِكُمْ

(33) (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعمސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.

فَإِذَا جَاءَتِ الطَّامَّةُ الْكُبْرَى

(34) ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامةދުވަސް އަންނަހިނދެވެ.)

يَوْمَ يَتَذَكَّرُ الْإِنْسَانُ مَا سَعَى

(35) އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.

وَبُرِّزَتِ الْجَحِيمُ لِمَنْ يَرَى

(36) އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.

فَأَمَّا مَنْ طَغَى

(37،38) ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

وَآثَرَ الْحَيَاةَ الدُّنْيَا

(37،38) ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

فَإِنَّ الْجَحِيمَ هِيَ الْمَأْوَى

(39) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى

(40) އަދި އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!

فَإِنَّ الْجَنَّةَ هِيَ الْمَأْوَى

(41) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا

(42) قيامةގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ

فِيمَ أَنْتَ مِنْ ذِكْرَاهَا

(43) އެކަން بيانކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟

إِلَى رَبِّكَ مُنْتَهَاهَا

(44) އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.

إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا

(45) ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذارކުރައްވާ ބޭކަލަކު ކަމުގައެވެ.

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا

(46) އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.