logo logo

إِذَا الشَّمْسُ كُوِّرَتْ

(1) އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.

وَإِذَا النُّجُومُ انْكَدَرَتْ

(2) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.

وَإِذَا الْجِبَالُ سُيِّرَتْ

(3) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.

وَإِذَا الْعِشَارُ عُطِّلَتْ

(4) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.

وَإِذَا الْوُحُوشُ حُشِرَتْ

(5) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.

وَإِذَا الْبِحَارُ سُجِّرَتْ

(6) އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.

وَإِذَا النُّفُوسُ زُوِّجَتْ

(7) އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.

وَإِذَا الْمَوْءُودَةُ سُئِلَتْ

(8) އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤالކުރައްވާ ހިނދެވެ.

بِأَيِّ ذَنْبٍ قُتِلَتْ

(9) އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

وَإِذَا الصُّحُفُ نُشِرَتْ

(10) އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.

وَإِذَا السَّمَاءُ كُشِطَتْ

(11) އަދި އުޑު ގެންދަވާ ހިނދެވެ.

وَإِذَا الْجَحِيمُ سُعِّرَتْ

(12) އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.

وَإِذَا الْجَنَّةُ أُزْلِفَتْ

(13) އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.

عَلِمَتْ نَفْسٌ مَا أَحْضَرَتْ

(14) ކޮންމެ نفسއަކަށްމެ، އެ نفسއެއް حاضرކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.

فَلَا أُقْسِمُ بِالْخُنَّسِ

(15، 16) ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.

الْجَوَارِ الْكُنَّسِ

(15، 16) ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.

وَاللَّيْلِ إِذَا عَسْعَسَ

(17) އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

وَالصُّبْحِ إِذَا تَنَفَّسَ

(18) އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ

(19) ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسولއަކު (އެބަހީ: جبريلގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.

ذِي قُوَّةٍ عِنْدَ ذِي الْعَرْشِ مَكِينٍ

(20) عرشގެ ވެރިރަސްކަލާނގެ حضرةގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.

مُطَاعٍ ثَمَّ أَمِينٍ

(21) އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.

وَمَا صَاحِبُكُمْ بِمَجْنُونٍ

(22) އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمدގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.

وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ

(23) އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمدގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريلގެފާނު) ދެކެވަޑައިގަތެވެ.

وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ

(24) އަދި غيبގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمدގެފާނު) ނުވެއެވެ.

وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ

(25) އަދި رحمةން ބޭރުކުރައްވާފައިވާ شيطانއެއްގެ ބަސްކަމުގައިވެސް

فَأَيْنَ تَذْهَبُونَ

(26) ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟

إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ

(27) عالمތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.

لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ

(28) ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.

وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ

(29) عالمތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.