logo logo

إِذَا السَّمَاءُ انْفَطَرَتْ

(1) އުޑު ފަޅަފަޅައިގެންދާ ހިނދެވެ.

وَإِذَا الْكَوَاكِبُ انْتَثَرَتْ

(2) އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.

وَإِذَا الْبِحَارُ فُجِّرَتْ

(3) އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.

وَإِذَا الْقُبُورُ بُعْثِرَتْ

(4) އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.

عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ

(5) (އެހިނދު) ކޮންމެ نفسއަކަށް، އެ نفسއެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.

يَا أَيُّهَا الْإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ

(6) އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟

الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ

(7) އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.

فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ

(8) އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيبކުރެއްވިއެވެ.

كَلَّا بَلْ تُكَذِّبُونَ بِالدِّينِ

(9) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامةދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.

وَإِنَّ عَلَيْكُمْ لَحَافِظِينَ

(10) އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكةންވެއެވެ.

كِرَامًا كَاتِبِينَ

(11) (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكةންނެވެ.

يَعْلَمُونَ مَا تَفْعَلُونَ

(12) ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكةން ދެނެވަޑައިގެންވެތެވެ.

إِنَّ الْأَبْرَارَ لَفِي نَعِيمٍ

(13) ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمةގެ ސުވަރުގޭގައިކަން ކަށަވަރެވެ.

وَإِنَّ الْفُجَّارَ لَفِي جَحِيمٍ

(14) އަދި ހަމަކަށަވަރުން، كافرންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.

يَصْلَوْنَهَا يَوْمَ الدِّينِ

(15) قيامةދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ.

وَمَا هُمْ عَنْهَا بِغَائِبِينَ

(16) އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.

وَمَا أَدْرَاكَ مَا يَوْمُ الدِّينِ

(17) قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ

(18) ދެންވެސް قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

يَوْمَ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ

(19) (އެއީ) އެއްވެސް نفسއެއް، އަނެއް نفسއަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمرވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّهއަށެވެ.