logo logo

وَيْلٌ لِلْمُطَفِّفِينَ

(1) މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.

الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ

(2) އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.

وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ

(3) އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.

أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ

(4،5) ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟

لِيَوْمٍ عَظِيمٍ

(4،5) ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟

يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ

(6) (އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةގައި މީސްތަކުން قائمވެ ތިބޭނޭ ދުވަހެވެ.

كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ

(7) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافرންގެ عملތަކުގެ ފަތްވަނީ سِجّينގައިކަން ކަށަވަރެވެ.

وَمَا أَدْرَاكَ مَا سِجِّينٌ

(8) سِجّينއަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

كِتَابٌ مَرْقُومٌ

(9) (އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ.

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(10) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ

(11) އެއުރެންނީ، قيامةދުވަސް ދޮގުކުރާ މީހުންނެވެ.

وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ

(12) ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.

إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

(13) ތިމަންރަސްކަލާނގެ آيةތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.

كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ

(14) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عملތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.

كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ

(15) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرةން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.

ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ

(16) ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.

ثُمَّ يُقَالُ هَذَا الَّذِي كُنْتُمْ بِهِ تُكَذِّبُونَ

(17) ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.

كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ

(18) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عملތަކުގެ ފަތްވަނީ عِلّـيّونގައި ކަންކަށަވަރެވެ.

وَمَا أَدْرَاكَ مَا عِلِّيُّونَ

(19) عِلـيّونއަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

كِتَابٌ مَرْقُومٌ

(20) (އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.

يَشْهَدُهُ الْمُقَرَّبُونَ

(21) ކުއްތަންކުރައްވާފައިވާ ملائكةން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.

إِنَّ الْأَبْرَارَ لَفِي نَعِيمٍ

(22) ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمةގެ ސުވަރުގޭގައިކަން ކަށަވަރެވެ.

عَلَى الْأَرَائِكِ يَنْظُرُونَ

(23) ދާންތަކުގެ މަތީގައި (نعمةތަކަށް) ބަލަބަލައެވެ.

تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ

(24) އެއުރެންގެ މޫނުތަކުގެމަތިން، نعمةގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.

يُسْقَوْنَ مِنْ رَحِيقٍ مَخْتُومٍ

(25) ސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ.

خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ

(26) އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!

وَمِزَاجُهُ مِنْ تَسْنِيمٍ

(27) އެއާ އެއްކުރައްވާފައިވަނީ تسنيمއެވެ.

عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ

(28) (އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.

إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ

(29) ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمانވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.

وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ

(30) އަދި އެއުރެން އެ مؤمنންގެ ކައިރިންދާހިނދު، ލޮލުގެ إشارةން ފުރައްސާރަ ކުރެތެވެ.

وَإِذَا انْقَلَبُوا إِلَى أَهْلِهِمُ انْقَلَبُوا فَكِهِينَ

(31) އަދި އެއުރެންގެ أهلވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.

وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاءِ لَضَالُّونَ

(32) އަދި އެއުރެން مؤمنން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.

وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ

(33) އަދި مؤمنންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ كافرން ފޮނުއްވާފައެއް ނުވެއެވެ.

فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ

(34) ފަހެ، إيمانވި މީހުން މިއަދު كافرންނާ ދިމާޔަށް ހޭނެތެވެ.

عَلَى الْأَرَائِكِ يَنْظُرُونَ

(35) ދާންތަކުގެ މަތީގައި (نعمةތަކަށް) ބަލަބަލައެވެ.

هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ

(36) كافرންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟