logo logo

إِذَا السَّمَاءُ انْشَقَّتْ

(1) އުޑުފަޅަފަޅައިގެންދާ ހިނދެވެ.

وَأَذِنَتْ لِرَبِّهَا وَحُقَّتْ

(2) އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمرފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حقވެގެންވެއެވެ.

وَإِذَا الْأَرْضُ مُدَّتْ

(3) އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.

وَأَلْقَتْ مَا فِيهَا وَتَخَلَّتْ

(4) އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.

وَأَذِنَتْ لِرَبِّهَا وَحُقَّتْ

(5) އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمرފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حقވެގެންވެއެވެ.

يَا أَيُّهَا الْإِنْسَانُ إِنَّكَ كَادِحٌ إِلَى رَبِّكَ كَدْحًا فَمُلَاقِيهِ

(6) އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرةއަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ

(7) ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

(8) ފަހެ، ލުއިފަސޭހަވެގެންވާ حسابބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حسابބައްލަވާނެތެވެ.

وَيَنْقَلِبُ إِلَى أَهْلِهِ مَسْرُورًا

(9) އަދި އުފަލުންހުރެ، އޭނާގެ أهلވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.

وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ

(10) އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން ( ވާތަށް ) ލިބުނުމީހާ ދަންނާށެވެ.

فَسَوْفَ يَدْعُو ثُبُورًا

(11) ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

وَيَصْلَى سَعِيرًا

(12) އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.

إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا

(13) ހަމަކަށަވަރުން، އޭނާގެ أهلވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.

إِنَّهُ ظَنَّ أَنْ لَنْ يَحُورَ

(14) ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرةއަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.

بَلَى إِنَّ رَبَّهُ كَانَ بِهِ بَصِيرًا

(15) އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.

فَلَا أُقْسِمُ بِالشَّفَقِ

(16) ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.

وَاللَّيْلِ وَمَا وَسَقَ

(17) އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.

وَالْقَمَرِ إِذَا اتَّسَقَ

(18) އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.

لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ

(19) ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالةއަކަށްފަހު، އަނެއް حالةއަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.

فَمَا لَهُمْ لَا يُؤْمِنُونَ

(20) އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟

وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ

(21) އަދި އެއުރެންނަށް قرآنކިޔަވައިދެވޭހިނދު، އެއުރެން سجدةއެއް ނުކުރެތެވެ.

بَلِ الَّذِينَ كَفَرُوا يُكَذِّبُونَ

(22) އަދި ކިއެއްތަ! كافرވި މީހުން (އެ قرآن) ދޮގުކުރޫއެވެ.

وَاللَّهُ أَعْلَمُ بِمَا يُوعُونَ

(23) އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.

فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

(24) ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبرދެއްވާށެވެ!

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ

(25) إيمانވެ صالح عملތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.