logo logo

وَالسَّمَاءِ ذَاتِ الْبُرُوجِ

(1) برجތަކުގެވެރި އުޑު ގަންދެއްވަމެވެ.

وَالْيَوْمِ الْمَوْعُودِ

(2) އަދި وعدކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.

وَشَاهِدٍ وَمَشْهُودٍ

(3) އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.

قُتِلَ أَصْحَابُ الْأُخْدُودِ

(4) ވަޅުގަނޑުގެ އެކުވެރިންނަށް لعنةލެއްވިއެވެ.

النَّارِ ذَاتِ الْوَقُودِ

(5) (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.

إِذْ هُمْ عَلَيْهَا قُعُودٌ

(6) އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.

وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ

(7) مؤمنންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حالގައެވެ.

وَمَا نَقَمُوا مِنْهُمْ إِلَّا أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ

(8) އަދި عزيزވަންތަ، ގިނަގިނައިން حمدލިބިވޮޑިގެންވާ اللَّهއަށް އެއުރެން إيمانވާކަމަށްޓަކައި މެނުވީ، އެ كافرން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ

(9) އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ

(10) ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دينން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبةނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذابހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذابހުށްޓެވެ.

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ

(11) ހަމަކަށަވަރުން، إيمانވެ صالح عملތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيبލިބުމަކީ އެއީއެވެ.

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

(12) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.

إِنَّهُ هُوَ يُبْدِئُ وَيُعِيدُ

(13) ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادةކުރައްވާނީވެސް ހަމަ އެކަލާނގެއެވެ.

وَهُوَ الْغَفُورُ الْوَدُودُ

(14) އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.

ذُو الْعَرْشِ الْمَجِيدُ

(15) عرشގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ.

فَعَّالٌ لِمَا يُرِيدُ

(16) އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.

هَلْ أَتَاكَ حَدِيثُ الْجُنُودِ

(17،18) فرعونއާއި، ثمودބާގައިގެ لشكرގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

فِرْعَوْنَ وَثَمُودَ

(17،18) فرعونއާއި، ثمودބާގައިގެ لشكرގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ

(19) އަދި ކިއެއްތަ! كافرވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ.

وَاللَّهُ مِنْ وَرَائِهِمْ مُحِيطٌ

(20) اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ.

بَلْ هُوَ قُرْآنٌ مَجِيدٌ

(21،22) އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظގައިވާ) މާތް قرآنއެވެ.

فِي لَوْحٍ مَحْفُوظٍ

(21،22) އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظގައިވާ) މާތް قرآنއެވެ.