logo logo

وَالسَّمَاءِ وَالطَّارِقِ

(1) އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.

وَمَا أَدْرَاكَ مَا الطَّارِقُ

(2) އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

النَّجْمُ الثَّاقِبُ

(3) އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ.

إِنْ كُلُّ نَفْسٍ لَمَّا عَلَيْهَا حَافِظٌ

(4) އެއްވެސް نفسއެއް، އެ نفسއެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكةއަކު ނެތިއެއް ނުވެއެވެ.

فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ

(5) ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!

خُلِقَ مِنْ مَاءٍ دَافِقٍ

(6،7) އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.

يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ

(6،7) އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.

إِنَّهُ عَلَى رَجْعِهِ لَقَادِرٌ

(8) ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

يَوْمَ تُبْلَى السَّرَائِرُ

(9) ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحانކުރައްވާ ދުވަހެވެ.

فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ

(10) ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصرދޭނޭ މީހަކުވެސް ނުވެއެވެ.

وَالسَّمَاءِ ذَاتِ الرَّجْعِ

(11) ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.

وَالْأَرْضِ ذَاتِ الصَّدْعِ

(12) އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ.

إِنَّهُ لَقَوْلٌ فَصْلٌ

(13) ހަމަކަށަވަރުން، އެ قرآنއަކީ، حقއާއި، باطلވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.

وَمَا هُوَ بِالْهَزْلِ

(14) އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ.

إِنَّهُمْ يَكِيدُونَ كَيْدًا

(15) ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.

وَأَكِيدُ كَيْدًا

(16) އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.

فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا

(17) ފަހެ، كافرންނަށް ކަލޭގެފާނު مهلةއެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!