logo logo

سَبِّحِ اسْمَ رَبِّكَ الْأَعْلَى

(1) ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު

الَّذِي خَلَقَ فَسَوَّى

(2) އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.

وَالَّذِي قَدَّرَ فَهَدَى

(3) އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.

وَالَّذِي أَخْرَجَ الْمَرْعَى

(4) އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.

فَجَعَلَهُ غُثَاءً أَحْوَى

(5) އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.

سَنُقْرِئُكَ فَلَا تَنْسَى

(6) ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ.

إِلَّا مَا شَاءَ اللَّهُ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَى

(7) (ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ.

وَنُيَسِّرُكَ لِلْيُسْرَى

(8) އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.

فَذَكِّرْ إِنْ نَفَعَتِ الذِّكْرَى

(9) ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!

سَيَذَّكَّرُ مَنْ يَخْشَى

(10) (اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ.

وَيَتَجَنَّبُهَا الْأَشْقَى

(11) އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.

الَّذِي يَصْلَى النَّارَ الْكُبْرَى

(12) އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَى

(13) ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.

قَدْ أَفْلَحَ مَنْ تَزَكَّى

(14،15) (كافرކަމުން) طاهرވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسمފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

وَذَكَرَ اسْمَ رَبِّهِ فَصَلَّى

(14،15) (كافرކަމުން) طاهرވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسمފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا

(16،17) އަދި ކިއެއްތަ! آخرةގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حالވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.

وَالْآخِرَةُ خَيْرٌ وَأَبْقَى

(16،17) އަދި ކިއެއްތަ! آخرةގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حالވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.

إِنَّ هَذَا لَفِي الصُّحُفِ الْأُولَى

(18) ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.

صُحُفِ إِبْرَاهِيمَ وَمُوسَى

(19) إبراهيمގެފާނާއި، موسىގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.