logo logo

بَرَاءَةٌ مِنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ

(މިއީ) مشركންގެ ތެރެއިން ތިޔަބައިމީހުން معاهدةއެއްކޮށް އެ معاهدةއުވާލާފައިވާ ބަޔަކުގެ ކިބައިން اللَّهއާއި، އެކަލާނގެ رسولއާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ.

فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ

ފަހެ، ތިޔަބައިމީހުން (އެބަހީ: مشركން) ހަތަރު މަސްވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނަށް اللَّه، ނުކުޅައްދައި ނުލެވޭނެކަމާއި، ހަމަކަށަވަރުން اللَّه، كافرތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައިމީހުން ދަންނާށެވެ!

وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ وَرَسُولُهُ فَإِنْ تُبْتُمْ فَهُوَ خَيْرٌ لَكُمْ وَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ

އަދި މިއީ ބޮޑުވެގެންވާ حجގެ ދުވަހު، اللَّهއާއި، އެކަލާނގެ رسولއާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށްފަހު) ހަމަކަށަވަރުން، اللَّهއާއި، އެކަލާނގެ رسولއާ ވަނީ، مشركންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ، ތިޔަބައިމީހުން (مشركން) توبةވެއްޖެނަމަ (ދަންނާށެވެ!) ފަހެ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފިނަމަ، ފަހެ، ތިޔަބައިމީހުންނަށް اللَّه ނުކުޅައްދައެއް ނުލެވޭނެކަން ތިޔަބައިމީހުން ދަންނާށެވެ! كافرވި މީހުންނަށް ވޭންދެނިވި عذابހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!

إِلَّا الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ ثُمَّ لَمْ يَنْقُصُوكُمْ شَيْئًا وَلَمْ يُظَاهِرُوا عَلَيْكُمْ أَحَدًا فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَى مُدَّتِهِمْ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ

مشركންގެ ތެރެއިން އެބަޔަކާ، ތިޔަބައިމީހުން معاهدةކޮށްފައިވާ، އަދި އެއުރެން (އެ معاهدةއާމެދު) ތިޔަބައިމީހުންނަށް އެއްވެސްކަމެއް އުނިކޮށްފައިނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސްމީހަކަށް އެހީވެ، ވާގިދީފައިނުވާ މީހުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ

فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ إِنَّ اللَّهَ غَفُورٌ رَحِيمٌ

حرمةތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشركން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتلކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصارކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން توبةވެ، ނަމާދު قائمކޮށް، زكاةދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ذَلِكَ بِأَنَّهُمْ قَوْمٌ لَا يَعْلَمُونَ

އަދި مشركންގެ ތެރެއިން އެއްވެސްމީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު اللَّهގެ كلامފުޅު އަހައިފުމަށްދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ! އެއީ ހަމަކަށަވަރުންވެސް، އެއުރެންނީ ނުދަންނަ ބަޔެކެވެ.

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِنْدَ اللَّهِ وَعِنْدَ رَسُولِهِ إِلَّا الَّذِينَ عَاهَدْتُمْ عِنْدَ الْمَسْجِدِ الْحَرَامِ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ

اللَّهގެ حضرةގައްޔާއި، އެކަލާނގެ رسولއާގެ އަރިހުގައި، مشركންނަށް

كَيْفَ وَإِنْ يَظْهَرُوا عَلَيْكُمْ لَا يَرْقُبُوا فِيكُمْ إِلًّا وَلَا ذِمَّةً يُرْضُونَكُمْ بِأَفْوَاهِهِمْ وَتَأْبَى قُلُوبُهُمْ وَأَكْثَرُهُمْ فَاسِقُونَ

(އެއުރެންނަށް އެފަދަ عهدއެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهدއަކަށްވެސް، ތިޔަބައިމީހުންނާމެދު އެއުރެން ނުބަލާނެތެވެ. އެއުރެންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެތެވެ. އެއުރެންގެ ހިތްތައް ނުރުހިގެންވާ حالގައެވެ. އޭގެތެރެއިން ގިނަމީހުންނީ، فاسقންނެވެ.

اشْتَرَوْا بِآيَاتِ اللَّهِ ثَمَنًا قَلِيلًا فَصَدُّوا عَنْ سَبِيلِهِ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ

އެއުރެން اللَّهގެ آيةތަކަށް ކުޑަ އަގެއް ގަތެވެ. ފަހެ، އެއުރެން އެކަލާނގެ މަގުން (މީސްތަކުން) އެއްކިބާކުޅައެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.

لَا يَرْقُبُونَ فِي مُؤْمِنٍ إِلًّا وَلَا ذِمَّةً وَأُولَئِكَ هُمُ الْمُعْتَدُونَ

ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهدއަކަށްވެސް، އެއުރެން

فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ

ފަހެ، އެއުރެން توبةވެ، ނަމާދު قائمކޮށް، زكاةދީފިނަމަ، ފަހެ، އެއުރެންނަކީ، دينގައި ތިޔަބައިމީހުންގެ أخންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آيةތައް تفصيلކޮށްދެއްވަމެވެ.

وَإِنْ نَكَثُوا أَيْمَانَهُمْ مِنْ بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُونَ

އަދި އެއުރެން عهدކުރުމަށްފަހު، އެއުރެންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް عيبބަސް ބުނެއުޅެނީނަމަ، ތިޔަބައިމީހުން كافرކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެއުރެންނަށް އެއްވެސް އެއްޗެއްނޫނެވެ. (ހަނގުރާމަ ކުރަންވީ) އެއުރެން އެކަންތައް ހުއްޓާލާތޯއެވެ.

أَلَا تُقَاتِلُونَ قَوْمًا نَكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُمْ بَدَءُوكُمْ أَوَّلَ مَرَّةٍ أَتَخْشَوْنَهُمْ فَاللَّهُ أَحَقُّ أَنْ تَخْشَوْهُ إِنْ كُنْتُمْ مُؤْمِنِينَ

އެއުރެންގެ ހުވާތައް އުވާލައި، رسولއާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް حملةދިނީ އެއުރެންނެވެ. ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمنން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حقކަން ބޮޑީ، اللَّهއަށެވެ.

قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُؤْمِنِينَ

ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذابދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصرދެއްވާނެތެވެ. އަދި مؤمنބަޔެއްގެ ހިތްތަކަށް شفاءދެއްވާނެތެވެ.

وَيُذْهِبْ غَيْظَ قُلُوبِهِمْ وَيَتُوبُ اللَّهُ عَلَى مَنْ يَشَاءُ وَاللَّهُ عَلِيمٌ حَكِيمٌ

ތިޔަބައިމީހުންކުރެ جهادކޮށް، اللَّهއާއި، އެކަލާނގެ رسولއާއާއި، مؤمنން ފިޔަވައި، އެކުވެރިން ބޭނުންނުކުރާ މީހުން، اللَّه ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، امتحانކުރެއްވުމަކާނުލައި، ތިޔަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

أَمْ حَسِبْتُمْ أَنْ تُتْرَكُوا وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنْكُمْ وَلَمْ يَتَّخِذُوا مِنْ دُونِ اللَّهِ وَلَا رَسُولِهِ وَلَا الْمُؤْمِنِينَ وَلِيجَةً وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

ތިޔަބައިމީހުންކުރެ جهادކޮށް، اللَّهއާއި، އެކަލާނގެ رسولއާއާއި، مؤمنން ފިޔަވައި، އެކުވެރިން ބޭނުންނުކުރާ މީހުން، اللَّه ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، امتحانކުރެއްވުމަކާނުލައި، ތިޔަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

مَا كَانَ لِلْمُشْرِكِينَ أَنْ يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَى أَنْفُسِهِمْ بِالْكُفْرِ أُولَئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ

(17) އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް كافرކަމަށް ހެކިވެތިބި حالގައި، اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، مشركންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ عملތައް باطلވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.

إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ فَعَسَى أُولَئِكَ أَنْ يَكُونُوا مِنَ الْمُهْتَدِينَ

(18) اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.

أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّهِ لَا يَسْتَوُونَ عِنْدَ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

(19) حجވެރިންނަށް ބޯފެންދީ، حرمةތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، اللَّهއަށާއި، آخرةދުވަހަށް إيمانވެ، اللَّهގެ މަގުގައި جهادކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللَّهގެ حضرةގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް،

الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِنْدَ اللَّهِ وَأُولَئِكَ هُمُ الْفَائِزُونَ

(20) إيمانވެ، هجرةކޮށް، اللَّهގެ މަގުގައި އެއުރެންގެ މުދާތަކާއި، نفسތަކުން جهادކޮށް އުޅުނު މީހުންނީ، اللَّهގެ حضرةގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، نصيبލިބިގެންވާ މީހުންނެވެ.

يُبَشِّرُهُمْ رَبُّهُمْ بِرَحْمَةٍ مِنْهُ وَرِضْوَانٍ وَجَنَّاتٍ لَهُمْ فِيهَا نَعِيمٌ مُقِيمٌ

(21) އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرةން އެއުރެންނަށް

خَالِدِينَ فِيهَا أَبَدًا إِنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ

(22) އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، اللَّهގެ حضرةގައި ބޮޑުވެގެންވާ ދަރުމަހުށްޓެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ وَمَنْ يَتَوَلَّهُمْ مِنْكُمْ فَأُولَئِكَ هُمُ الظَّالِمُونَ

(23) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން إيمانކަމަށްވުރެ ބޮޑަށް، كافرކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ.

قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

(24) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّهއާއި، އެކަލާނގެ رسولއާއާއި، އެކަލާނގެ މަގުގައި جهادކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّهގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسقވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

لَقَدْ نَصَرَكُمُ اللَّهُ فِي مَوَاطِنَ كَثِيرَةٍ وَيَوْمَ حُنَيْنٍ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنْكُمْ شَيْئًا وَضَاقَتْ عَلَيْكُمُ الْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُمْ مُدْبِرِينَ

(25) ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށ نصرދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.

ثُمَّ أَنْزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنْزَلَ جُنُودًا لَمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا وَذَلِكَ جَزَاءُ الْكَافِرِينَ

(26) ދެން اللَّه އެކަލާނގެ رسولއާއަށާއި، إيمانވި މީސްތަކުންގެ މައްޗަށް އެކަލާނގެ (حضرةން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكرއެއް ބާވައިލެއްވިއެވެ. އަދި كافرވި މީހުންނަށް އެކަލާނގެ عذابދެއްވިއެވެ. އެއީ كافرންގެ ޖަޒާއެވެ.

ثُمَّ يَتُوبُ اللَّهُ مِنْ بَعْدِ ذَلِكَ عَلَى مَنْ يَشَاءُ وَاللَّهُ غَفُورٌ رَحِيمٌ

(27) ދެން އޭގެފަހުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް توبةލައްވަތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ إِنَّ اللَّهَ عَلِيمٌ حَكِيمٌ

(28) އޭ إيمانވެއްޖެ މީސްތަކުންނޭވެ! مشركންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، حرمةތެރިވެގެންވާ މިސްކިތާ އެއުރެން، ކައިރިވިޔަ ނުދޭހުށިކަމެވެ! އަދި ތިޔަބައިމީހުން، فقيرވެދާނޭކަމަށް ބިރުގަންނަނަމަ، ފަހެ، اللَّه އިރާދަކުރައްވައިފިއްޔާ، އެކަލާނގެ فضلވަންތަކަމުން، ތިޔަބައިމީހުން މުއްސަނދި ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.

قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّى يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ

(29) ފޮތް ލިބުނު މީހުންކުރެ، اللَّهއަށާއި، آخرةދުވަހަށް إيمان ނުވާ، އަދި اللَّهއާއި، އެކަލާނގެ رسولއާ حرامކުރެއްވި ކަންތައް حرام ނުކުރާ، އަދ حق دينއަށް تبع ނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ حال، އަމިއްލައަތުން جزيةދީފުމަށް ދާނދެނެވެ.

وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ذَلِكَ قَوْلُهُمْ بِأَفْوَاهِهِمْ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِنْ قَبْلُ قَاتَلَهُمُ اللَّهُ أَنَّى يُؤْفَكُونَ

(30) يهودىން ބުނޫއެވެ. عُزَيرގެފާނަކީ، اللَّهގެ ދަރިކަލުންނެވެ. އަދި نصارىއިން ބުނޫއެވެ. المسيح (عيسىގެފާނު) އަކީ، اللَّهގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ تقليدކުރަނީ، އެއުރެންގެ ކުރިން كافرވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. اللَّه، އެއުރެންނަށް لعنةލައްވާހުށްޓެވެ. އެއުރެން حقން އެއްކިބާވަނީ، ކޮންފަދައަކުން ހެއްޔެވެ؟

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ

(31) އެއުރެންގެ علمވެރިންނާއި، ފާދިރީންނާއި، مريمގެފާނުގެ ދަރިކަލުން المسيح (عيسىގެފާނު) އަކީ، اللَّه ފިޔަވައި إلهން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ إلهއަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް أمرކުރައްވާފައި ނުވެތެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެތެވެ. އެއުރެން އެ شريكކުރާ ތަކެތިން، އެކަލާނގެ ހުސްطاهرވެ ވޮޑިގެންވެތެވެ.

يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ

(32) އެއުރެން އެދެނީ، اللَّهގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، كافرން ކިތަންމެ ނުރުހުނަސް، اللَّه، އެކަލާނގެ نورފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ.

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ

(33) އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسولއާ ފޮނުއްވި ކަލާނގެއެވެ. (އެއީ) مشركން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ دينތަކުގެ މައްޗަށް އެ دين ފާޅުކުރެއްވުމަށްޓަކައެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

(34) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން (يهودىންގެ) علمވެރިންގެ ތެރެއިންނާއި (نصارىއިންގެ) ފާދިރީންގެ ތެރެއިން، ގިނަ މީހުން، މީސްތަކުންގެ މުދާތައް باطلގޮތުގައި (އަތުލައި) ކައިއުޅެތެވެ. އަދި اللَّهގެ މަގުން (މީސްތަކުން) ދުރުކުރެތެވެ. އަދި ރަނާއި ރިހި خزانةކޮށް، اللَّهގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި عذابހުރިކަމުގެ خبر، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!

يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ

(35) (އެގޮތުގެމަތިން) އޭނާ، އެއްކޮށް خزانةކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް خزانةކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން خزانةކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!

إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

(36) ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން،

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ

(37) ހަމަކަށަވަރުން، (حرمةތެރި މައްސަރެއް) ފަސްކޮށްލުމަކީ، كافرކަން އިތުރު ކުރުމެކެވެ. كافرވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެއުރެން އެއްއަހަރު އެއްމައްސަރެއްގެ حرمةކަނޑައި، އަނެއްއަހަރު އެ މައްސަރެއް حرمةތެރި ކުރެތެވެ. އެއީ اللَّه، حرمةތެރި ކުރައްވާފައިވާ މައްސަރުތަކުގެ

يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ

(38) އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللَّهގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ آخرةއަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ آخرةއާ އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ.

إِلَّا تَنْفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْئًا وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ

(39) ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި عذابއަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذابދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّهއީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

إِلَّا تَنْصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا فَأَنْزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَى وَكَلِمَةُ اللَّهِ هِيَ الْعُلْيَا وَاللَّهُ عَزِيزٌ حَكِيمٌ

(40) ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصرދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافرވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَورފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكرތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافرވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަަ، حكيمވަންތަ ރަސްކަލާނގެއެވެ.

انْفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنْفُسِكُمْ فِي سَبِيلِ اللَّهِ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

(41) ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، نفسތަކުން اللَّهގެ މަގުގައި جهادކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.

لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَاتَّبَعُوكَ وَلَكِنْ بَعُدَتْ عَلَيْهِمُ الشُّقَّةُ وَسَيَحْلِفُونَ بِاللَّهِ لَوِ اسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنْفُسَهُمْ وَاللَّهُ يَعْلَمُ إِنَّهُمْ لَكَاذِبُونَ

(42) ގާތުގައި އޮތް دنيوى މަންފާއެއް ކަމުގައި، ނުވަތަ ލުއިފަސޭހަ ދަތުރެއް ކަމުގައިވީނަމަ، އެއުރެން ކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ދަތުރުކުރާންއޮތް މަގު، އެއުރެންނަށް ދުރުވީއެވެ. އަދި ތިމަންމެންނަށް ކުޅަދާނަވެގެންވީނަމަ، ތިޔަބައިމީހުންނާއެކު ނުކުތީމުހޭ ކިޔައި، އެއުރެން اللَّه ގަންދީ ހުވާކޮށް ހަދާނެތެވެ. އެއުރެން (އެކަމުން) އެއުރެންގެ އަމިއްލަ نفسތައް ހަލާކުކުރެތެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން اللَّه ދެނެވޮޑިގެންވެތެވެ.

عَفَا اللَّهُ عَنْكَ لِمَ أَذِنْتَ لَهُمْ حَتَّى يَتَبَيَّنَ لَكَ الَّذِينَ صَدَقُوا وَتَعْلَمَ الْكَاذِبِينَ

(43) اللَّه، ކަލޭގެފާނަށް عفوކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާނދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެއުރެންނަށް، ކަލޭގެފާނު إذنދެއްވީ ކީއްވެގެންތޯއެވެ؟

لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ وَاللَّهُ عَلِيمٌ بِالْمُتَّقِينَ

(44) اللَّهއަށާއި، آخرةދުވަހަށް إيمانވާ މީހުން، އެއުރެންގެ މުދާތަކާއި نفسތަކުން جهادކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން إذنއަކަށް ނޭދޭނެތެވެ. اللَّهއީ، تقوىވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ

(45) (ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذنއަށް އެދެނީ، اللَّهއަށާއި، آخرةދުވަހަށް إيمان ނުވާ މީހުންކަން ކަށަވަރެވެ. އަދި އެއުރެންގެ ހިތްތަކުގައި، شكހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شكކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ.

وَلَوْ أَرَادُوا الْخُرُوجَ لَأَعَدُّوا لَهُ عُدَّةً وَلَكِنْ كَرِهَ اللَّهُ انْبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ

(46) އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެއުރެން ނުކުތުމަށް، اللَّه ނުރުއްސަވައިފިއެވެ. ދެން އެއުރެންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ.

لَوْ خَرَجُوا فِيكُمْ مَا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ

(47) އެއުރެން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެއުރެން އިތުރެއް ނުކުޅައީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުޅައުމަށް އަވަސްވެގަތީހެވެ. އެއުރެން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. اللَّهއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

لَقَدِ ابْتَغَوُا الْفِتْنَةَ مِنْ قَبْلُ وَقَلَّبُوا لَكَ الْأُمُورَ حَتَّى جَاءَ الْحَقُّ وَظَهَرَ أَمْرُ اللَّهِ وَهُمْ كَارِهُونَ

(48) ކުރިންވެސް އެއުރެން ފިތުނަވެރިކަމަށް އެދިގެން އުޅުނުކަން ކަށަވަރެވެ. އަދި اللَّهގެ أمرފުޅު ފާޅުވެ، حقބަސްފުޅު އަތުވެއްޖައުމަށްދާނދެން، އެއުރެން (އެކަމަށް) ނުރުހޭ حالގައި، ކަލޭގެފާނަށް ކެހިދިނުމުގެ ކަންތައް އެއުރެން ރާވައި އުޅުނޫއެވެ.

وَمِنْهُمْ مَنْ يَقُولُ ائْذَنْ لِي وَلَا تَفْتِنِّي أَلَا فِي الْفِتْنَةِ سَقَطُوا وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ

(49) އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) إذن ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެއުރެންގެ ތެރެއިން ވެތެވެ. ދަންނާށެވެ! އެއުރެން ވެއްޓިގެން އެދިޔައީ، ހަމަ، ފިތުނައިގެ ތެރެއަށެވެ. އަދި ހަމަކަށަވަރުން، ނަރަކަ ވަނީ، كافرން ވަށާލައިފައެވެ.

إِنْ تُصِبْكَ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكَ مُصِيبَةٌ يَقُولُوا قَدْ أَخَذْنَا أَمْرَنَا مِنْ قَبْلُ وَيَتَوَلَّوْا وَهُمْ فَرِحُونَ

(50) ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبةއެއް މެދުވެރިވެއްޖެނަމަ، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ކުރިއްސުރެން މިތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެއުރެން އެނބުރި ހިނގައިދާނެތެވެ.

قُلْ لَنْ يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

(51) ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمنން ހަމައެކަނި، اللَّهއަށް وكيلކުރާހުށިކަމެވެ!

قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ وَنَحْنُ نَتَرَبَّصُ بِكُمْ أَنْ يُصِيبَكُمُ اللَّهُ بِعَذَابٍ مِنْ عِنْدِهِ أَوْ بِأَيْدِينَا فَتَرَبَّصُوا إِنَّا مَعَكُمْ مُتَرَبِّصُونَ

(52) ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظارކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު انتظارކޮށްކޮށް ތިބެނީ، އެކަލާނގެ حضرةން، ނުވަތަ ތިމަންމެންގެ އަތްމަތިން، اللَّه ތިޔަބައިމީހުންނަށް عذابއެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ، ތިޔަބައިމީހުން انتظارކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން، ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު انتظارކުރާ ބަޔަކީމުއެވެ.

قُلْ أَنْفِقُوا طَوْعًا أَوْ كَرْهًا لَنْ يُتَقَبَّلَ مِنْكُمْ إِنَّكُمْ كُنْتُمْ قَوْمًا فَاسِقِينَ

(53) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބަޔަކުން އެކަން قبولއެއް ނުކުރައްވާ ހުށްޓެވެ. އެހެނީ ހަމަކަށަވަރުން، ތިޔަބައިމީހުންވީ، فاسقބަޔަކު ކަމުގައެވެ.

وَمَا مَنَعَهُمْ أَنْ تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَى وَلَا يُنْفِقُونَ إِلَّا وَهُمْ كَارِهُونَ

(54) އަދި ހަމަކަށަވަރުން، އެއުރެން اللَّهއަށާއި، އެކަލާނގެ رسولއާއަށް كافرވިކަމާއި، އެއުރެން ކަންނެތްބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ حالގައި މެނުވީ، ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން قبولކުރެއްވުން މަނާކުރާކަމެއް ނެތެވެ.

فَلَا تُعْجِبْكَ أَمْوَالُهُمْ وَلَا أَوْلَادُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ

(55) އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائبކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذابދެއްވުމަށެވެ. އަދި އެއުރެން كافرން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ.

وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنْكُمْ وَمَا هُمْ مِنْكُمْ وَلَكِنَّهُمْ قَوْمٌ يَفْرَقُونَ

(56) ހަމަކަށަވަރުން، އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، اللَّهގަންދީ އެއުރެން ހުވާކުރާނެތެވެ. އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވެތެވެ. އެހެނެއްކަމަކު އެއުރެންނީ ބިރުގަންނަ ބަޔެކެވެ.

لَوْ يَجِدُونَ مَلْجَأً أَوْ مَغَارَاتٍ أَوْ مُدَّخَلًا لَوَلَّوْا إِلَيْهِ وَهُمْ يَجْمَحُونَ

(57) އެއުރެން ފިލަންދާނޭ ކިއްލާއެއް، ނުވަތަ ހޮހަޅަތަކެއް، ނުވަތަ ވަންނާނޭ އެހެންތަނެއްވެސް، އެއުރެންނަށް ފެންނާނޭނަމަ، އަވަސްވެގަނެގެން އެތަނަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ.

وَمِنْهُمْ مَنْ يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَضُوا وَإِنْ لَمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ

(58) صدقاتބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެތެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަަ، އެހާރުން އެއުރެން ރުޅި އަރަތެވެ.

وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِنْ فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ

(59) اللَّهއާއި، އެކަލާނގެ رسولއާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. اللَّه، ތިމަންމެންނަށް ފުދެއެވެ. اللَّهއާއި، އެކަލާނގެ رسولއާ، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، اللَّهގެ حضرةއަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ.

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ

(60) ހަމަކަށަވަރުން، صدقاتގެ ތަކެތި ވަނީ فقيرންނަށާއި، مسكينންނަށާއި، އެކަމުގެ عاملންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلامވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّهގެ މަގުގައްޔާއި (حالގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّهގެ حضرةން ކަނޑައަޅުއްވާފައިވާ فرضއެއްގެ ގޮތުގައެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.

وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِلَّذِينَ آمَنُوا مِنْكُمْ وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ

(61) ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّهއަށް إيمانވެ ވަޑައިގަނެތެވެ. އަދި مؤمنންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمانވި މީހުންނަށްވާ رحمةއެކެވެ. އަދި اللَّهގެ رسولއާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذابހުށްޓެވެ.

يَحْلِفُونَ بِاللَّهِ لَكُمْ لِيُرْضُوكُمْ وَاللَّهُ وَرَسُولُهُ أَحَقُّ أَنْ يُرْضُوهُ إِنْ كَانُوا مُؤْمِنِينَ

(62) އެއުރެން ތިޔަބައިމީހުން ރުއްސުމަށްޓަކައި، اللَّهގަންދީ ތިޔަބައިމީހުން ކައިރީގައި ހުވާކޮށް ހަދަތެވެ. އެއުރެންނީ، مؤمنން ކަމުގައި ވާނަމަ، އެއުރެންނަށް حقކަން ބޮޑީ، اللَّهއާއި، އެކަލާނގެ رسولއާ ރުއްސުމެވެ.

أَلَمْ يَعْلَمُوا أَنَّهُ مَنْ يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ذَلِكَ الْخِزْيُ الْعَظِيمُ

(63) ހަމަކަށަވަރުން، اللَّهއާއި، އެކަލާނގެ رسولއާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.

يَحْذَرُ الْمُنَافِقُونَ أَنْ تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُمْ بِمَا فِي قُلُوبِهِمْ قُلِ اسْتَهْزِئُوا إِنَّ اللَّهَ مُخْرِجٌ مَا تَحْذَرُونَ

(17)    منافقން އެއުރެންގެ ހިތްތަކުގައިވާގޮތުގެ خبرތައް އަންގައިދޭ سورةއެއް، އެއުރެންނާމެދު ބާވައިލައްވައިފާނެތީ ބިރުގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ.

وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ

(65) ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّهއާއި، އެކަލާނގެ آيةތަކާއި، އެކަލާނގެ رسولއާއަށް ހެއްޔެވެ؟

لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ

(66) ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمانވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ

الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ نَسُوا اللَّهَ فَنَسِيَهُمْ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ

(67) منافق ފިރިހެނުންނާއި، منافق އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް أمرކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، منافقންނަކީ، ހަމަ فاسقންނެވެ.

وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا هِيَ حَسْبُهُمْ وَلَعَنَهُمُ اللَّهُ وَلَهُمْ عَذَابٌ مُقِيمٌ

(68) منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، كافرންނަށް اللَّه وعدކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ حالގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި اللَّه އެއުރެންނަށް لعنة ލެއްވިއެވެ. އަދި ދެމިހުންނަނިވި عذاب އެއުރެންނަށް ހުށްޓެވެ.

كَالَّذِينَ مِنْ قَبْلِكُمْ كَانُوا أَشَدَّ مِنْكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُمْ بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِنْ قَبْلِكُمْ بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا أُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَأُولَئِكَ هُمُ الْخَاسِرُونَ

(69) (ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެއުރެން ތިޔަބައިމީހުންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އަދި މުދާތަކާއި، ދަރިންތައް ގިނަބަޔަކު ކަމުގައިވިއެވެ. ފަހެ (ދުނިޔެއިން) އެއުރެންގެ نصيبން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންގެ نصيبން އަރާމު ލިބިގަތްފަދައިން، ތިޔަބައިމީހުންގެ نصيبން އަރާމު ލިބިގެންފީމުއެވެ. އަދި باطل ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް باطل ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެއުރެންނީ، ދުނިޔެއާއި آخرةގައި، އެއުރެންގެ عملތައް باطلވެގެންވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ގެއްލެނިވެގެންވާ މީހުންނެވެ.

أَلَمْ يَأْتِهِمْ نَبَأُ الَّذِينَ مِنْ قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وَأَصْحَابِ مَدْيَنَ وَالْمُؤْتَفِكَاتِ أَتَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

(70) އެއުރެންގެ ކުރީގެ މީހުންގެ خبر، އެއުރެންނާ ހަމަޔަށް ނާންނަނީހެއްޔެވެ؟ (އެއީ) نوحގެފާނުގެ قومގެމީހުންނާއި، عادބާގައިމީހުންނާއި، ثمودބާގައިމީހުންނާއި، إبراهيمގެފާނުގެ قومގެމީހުންނާއި، مدينގެ أهلވެރިންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ أهلވެރިންގެ خبرއެވެ. އެއުރެންގެ رسولން އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ، اللَّه އެއުރެންނަށް އަނިޔާކުރައްވާ ކަލަކުކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ نفسތަކަށް އަނިޔާކުރާ ކަމުގައި ވިއެވެ.

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ

(71) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمرކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائمކޮށް، زكاةދީ، اللَّهއާއި އެކަލާނގެ رسولއާއަށް ކިޔަމަންވެތެވެ. އެއުރެންނަށް

وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ وَرِضْوَانٌ مِنَ اللَّهِ أَكْبَرُ ذَلِكَ هُوَ الْفَوْزُ الْعَظِيمُ

(72) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް، اللَّه وعدކުރައްވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدنއެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި اللَّهގެ حضرةން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ نصيبލިބުމަކީ ހަމަ އެއީއެވެ.

يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمَصِيرُ

(73) އޭ ނަބިއްޔާއެވެ! كافرންނާއި، منافقންނާ ދެކޮޅަށް ކަލޭގެފާނު

يَحْلِفُونَ بِاللَّهِ مَا قَالُوا وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلَامِهِمْ وَهَمُّوا بِمَا لَمْ يَنَالُوا وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ وَرَسُولُهُ مِنْ فَضْلِهِ فَإِنْ يَتُوبُوا يَكُ خَيْرًا لَهُمْ وَإِنْ يَتَوَلَّوْا يُعَذِّبْهُمُ اللَّهُ عَذَابًا أَلِيمًا فِي الدُّنْيَا وَالْآخِرَةِ وَمَا لَهُمْ فِي الْأَرْضِ مِنْ وَلِيٍّ وَلَا نَصِيرٍ

(74) އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، اللَّهގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، كفرގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި إسلامވުމަށްފަހު، އެއުރެން كافرވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ކީރިތި رسولއާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫވެ. اللَّهގެ فضلވަންތަކަމުން، اللَّهއާއި، އެކަލާނގެ رسولއާ، އެއުރެން (އެބަހީ: مؤمنން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ. ފަހެ، އެއުރެން توبةވާނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެއުރެން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި، آخرةގައި ވޭންދެނިވި عذابއަކުން، اللَّه އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިޔަކު، އަދި نصرދޭނޭ މީހަކުވެސް ނުވެއެވެ.

وَمِنْهُمْ مَنْ عَاهَدَ اللَّهَ لَئِنْ آتَانَا مِنْ فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ

(75) ހަމަކަށަވަރުން، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަންމެން صدقاتކުރާ ހުށީމުއޭ، އަދި ހަމަކަށަވަރުން، ތިމަންމެން صالحންގެ ތެރެއިން ވާހުށީމުއޭ ކިޔައި، اللَّهއަށް عهدކޮށް އުޅުނު މީހުންވެސް، އެއުރެންގެ ތެރެއިން ވެތެވެ.

فَلَمَّا آتَاهُمْ مِنْ فَضْلِهِ بَخِلُوا بِهِ وَتَوَلَّوْا وَهُمْ مُعْرِضُونَ

(76) ފަހެ، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން، އެއުރެންނަށް ދެއްވިހިނދު، އެތަކެއްޗަށް އެއުރެން ދަހިވެތިވޫއެވެ. އަދި އެއުރެން ފުރަގަސްދޭ حال، އެނބުރި ދިޔައޫއެވެ.

فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَى يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ

(77) ދެން އެކަމާވިދިގެން އެކަލާނގެ އެއުރެންގެ ހިތްތަކުގައި نفاقކަން ލެއްވިއެވެ. އެކަލާނގެއާ އެއުރެން ބައްދަލުކުރާ ދުވަހަށް ދާނދެނެވެ. (އެއީ) އެއުރެން اللَّهއަށް وعدކުރި ކަންތަކާމެދު، اللَّهއަށް އެއުރެން خلافވީކަމަށްޓަކައެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމަށްޓަކައެވެ.

أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ

(78) ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّهއީ، غيبތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟

الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ

(79) އެއުރެންނީ، مؤمنންގެ ތެރެއިން تطوّعގެ ގޮތުން صدقاتދޭ މީހުންގެ صدقاتއާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمنންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافقން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.

اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ ذَلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

(80) އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އެއީ އެއުރެން اللَّهއާއި އެކަލާނގެ رسولއާއަށް كافرވި ކަމަށްޓަކައެވެ. އަދި فاسقވެގެންވާ ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّهِ وَكَرِهُوا أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ وَقَالُوا لَا تَنْفِرُوا فِي الْحَرِّ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا لَوْ كَانُوا يَفْقَهُونَ

(81) ފަސްޖެހުނު މީހުން، اللَّهގެ رسولއާއާ خلافއަށް ހަނގުރާމައަށް ނުގޮސް ތިބިތިބުމަށް އުފާކުޅައޫއެވެ. އަދި اللَّهގެ މަގުގައި، އެއުރެންގެ މުދާތަކާއި، نفسތަކުން جهادކުޅައުމަށް އެއުރެން ނުރުހުންވޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދައެވެ. އެއުރެންނަށް (އެކަން) ވިސްނޭކަމުގައި ވާނަމައެވެ.

فَلْيَضْحَكُوا قَلِيلًا وَلْيَبْكُوا كَثِيرًا جَزَاءً بِمَا كَانُوا يَكْسِبُونَ

(82) ފަހެ، އެއުރެން މަދުން ހޭހުށިކަމެވެ! އަދި އެއުރެން ގިނައިން ރޯހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عملތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.

فَإِنْ رَجَعَكَ اللَّهُ إِلَى طَائِفَةٍ مِنْهُمْ فَاسْتَأْذَنُوكَ لِلْخُرُوجِ فَقُلْ لَنْ تَخْرُجُوا مَعِيَ أَبَدًا وَلَنْ تُقَاتِلُوا مَعِيَ عَدُوًّا إِنَّكُمْ رَضِيتُمْ بِالْقُعُودِ أَوَّلَ مَرَّةٍ فَاقْعُدُوا مَعَ الْخَالِفِينَ

(83) އެއުރެންގެ ތެރެއިން، ބަޔެއްގެ ގާތަށް اللَّه، ކަލޭގެފާނު އަނބުރާ ފޮނުއްވައިފިނަމަ، އަދި އެއުރެން (ހަނގުރާމަޔަށް) ނުކުތުމަށް إذنއަށް އެދި ކަލޭގެފާނަށް ދަންނަވައިފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ދުވަހަކުވެސް ތިޔަބައިމީހުން، ތިމަންކަލޭގެފާނާ އެކުގައި (ހަނގުރާމަޔަށް) ނުކުމެގެން ނުވާނެއެވެ. އަދި ތިމަންކަލޭގެފާނާ އެކުގައި، ތިޔަބައިމީހުން دشمنއަކާ ހަނގުރާމަކޮށްގެން ނުވާނެއެވެ. ހަމަކަށަވަރުން، ފުރަތަމަ ފަހަރުވެސް (ހަނގުރާމަޔަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމަޔަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ!

وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ

(84) އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّهއަށާއި، އެކަލާނގެ رسولއާއަށް كافرވޫއެވެ. އަދި އެއުރެން މަރުވީ، فاسقން ކަމުގައިވާ حالގައެވެ.

وَلَا تُعْجِبْكَ أَمْوَالُهُمْ وَأَوْلَادُهُمْ إِنَّمَا يُرِيدُ اللَّهُ أَنْ يُعَذِّبَهُمْ بِهَا فِي الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ

(85) އަދި އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު

وَإِذَا أُنْزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُنْ مَعَ الْقَاعِدِينَ

(86) ތިޔަބައިމީހުން، اللَّهއަށް إيمانވުމަށާއި، އެކަލާނގެ رسولއާގެ އަރިހުގައި جهادކުރުމަށް އަންގަވާފައިވާ سورةއެއް ބާވައިލައްވައިފިނަމަ، އެއުރެންގެ ތެރެއިން ތަނަވަސްކަމާއި، ބާރުވެރިކަމުގެ أهلވެރިން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذنއަށް އެދޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. (ހަނގުރާމަޔަށް ނުގޮސް) ތިބޭ މީހުންނާއެކުގައި ވުމަށް، ތިމަންމެން ދޫކޮށްލައްވާށެވެ!

رَضُوا بِأَنْ يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

(87) (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ، އެއުރެންނަށް ނުވިސްނެނީއެވެ.

لَكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ وَأُولَئِكَ لَهُمُ الْخَيْرَاتُ وَأُولَئِكَ هُمُ الْمُفْلِحُونَ

(88) އެހެނެއްކަމަކު، رسولއާއާއި، އެކަލޭގެފާނުގެ އަރިހުގައި إيمانވެގެން ތިބިމީހުން، އެއުރެންގެ މުދާތަކާއި، نفسތަކުން جهادކުރޫއެވެ. އެއުރެންނަށް ހެޔޮ ދަރުމަތައް ހުށްޓެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ.

أَعَدَّ اللَّهُ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ذَلِكَ الْفَوْزُ الْعَظِيمُ

(89) އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް،

وَجَاءَ الْمُعَذِّرُونَ مِنَ الْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُوا اللَّهَ وَرَسُولَهُ سَيُصِيبُ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ

(90) أعرابىންގެ ތެރެއިން عذرވެރިވެގަންނަ މީހުން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) އެއުރެންނަށް إذنލިބުމަށްޓަކައި އައޫއެވެ. އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް ދޮގުހެދި މީހުން ނައިސް ތިބެއްޖައޫއެވެ. އެއުރެންގެ ތެރެއިން كافرވި މީހުންނަށް، ވޭންދެނިވި عذابއައިސް ޖެހޭހުށްޓެވެ.

لَيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَى وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنْفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِ مَا عَلَى الْمُحْسِنِينَ مِنْ سَبِيلٍ وَاللَّهُ غَفُورٌ رَحِيمٌ

(91) ނިކަމެތިންގެ މައްޗަކަށް، އަދި ބަލިމީހުންގެ މައްޗަކަށްވެސް، އަދި (ހަނގުރާމަޔަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށްވެސް ކުށްފާފައެއް ނެތެވެ. اللَّهއަށާއި، އެކަލާނގެ رسولއާއަށް އެއުރެން ތެދުވެރިވެ، إخلاصތެރި ވީނަމައެވެ. إحسانތެރިންގެ މައްޗަކަށް (އެއުރެން ކުށްވެރި ކުރާކަށް) އެއްވެސް މަގެއްނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنْفِقُونَ

(92) އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ حالގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ.

إِنَّمَا السَّبِيلُ عَلَى الَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَاءُ رَضُوا بِأَنْ يَكُونُوا مَعَ الْخَوَالِفِ وَطَبَعَ اللَّهُ عَلَى قُلُوبِهِمْ فَهُمْ لَا يَعْلَمُونَ

(93) (ކުށްވެރިކުރުމުގެ) މަގު އޮތްކަން ކަށަވަރީ، މުއްސަނދިން ކަމުގައިވުމާއެކު (ހަނގުރާމަޔަށް ނުގޮސްތިބުމަށް) ކަލޭގެފާނުގެ އަރިހުން إذنއަށް އެދޭ މީހުންގެ މައްޗަށެވެ. (ހަނގުރާމަޔަށް) ނުގޮސްތިބޭ އަންހެނުންނާ އެކުގައި ވުމަށް އެއުރެން ރުހުނޫއެވެ. އަދި اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދުކުރެއްވިއެވެ. ފަހެ، އެއުރެންނަކަށް ނޭނގެތެވެ.

يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ قُلْ لَا تَعْتَذِرُوا لَنْ نُؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

(94) ތިޔަބައިމީހުން އެއުރެންނާ ހަމަޔަށް އެނބުރި އަތުވެއްޖެހިނދު، އެއުރެން ތިޔަބައިމީހުންނަށް عذرދައްކައި އުޅޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިމަންމެން ތިޔަބައިމީހުންގެ ބަސް ތެދެއްނުކުރާނަމެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންގެ خبرތައް ތިމަންމެންނަށް އަންގަވައިފިއެވެ.

سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انْقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا عَنْهُمْ فَأَعْرِضُوا عَنْهُمْ إِنَّهُمْ رِجْسٌ وَمَأْوَاهُمْ جَهَنَّمُ جَزَاءً بِمَا كَانُوا يَكْسِبُونَ

(95) ތިޔަބައިމީހުން އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެނަމަ، އެއުރެންގެ ކިބައިން ތިޔަބައިމީހުން ދުރުހެލިވެގަތުމަށް، اللَّهގަންދީ އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދާނެތެވެ. ފަހެ، ތިޔަބައިމީހުން އެއުރެންނާ ދުރުހެލިވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ ނަޖިސް ބަޔެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު عملތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.

يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ فَإِنْ تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَى عَنِ الْقَوْمِ الْفَاسِقِينَ

(96) އެއުރެންނަށް ތިޔަބައިމީހުން ރުހުމަށްޓަކައި، އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް އުޅޭނެތެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރުހުނަސް، ހަމަކަށަވަރުން، فاسقވެގެންވާ ބަޔަކަށް اللَّه ރުހިވޮޑިގެން ނުވާނެތެވެ.

الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنْزَلَ اللَّهُ عَلَى رَسُولِهِ وَاللَّهُ عَلِيمٌ حَكِيمٌ

(97) كافرކަމާއި، منافقކަމުގައި أعرابىން މާހަރުކަށިކަން ބޮޑެވެ. އަދި اللَّه، އެކަލާނގެ رسولއާއަށް ބާވައިލެއްވި ތަކެތީގެ އިންތައް ނޭނގުން أولىކަން ބޮޑެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.

وَمِنَ الْأَعْرَابِ مَنْ يَتَّخِذُ مَا يُنْفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ الدَّوَائِرَ عَلَيْهِمْ دَائِرَةُ السَّوْءِ وَاللَّهُ سَمِيعٌ عَلِيمٌ

(98) އަދި (اللَّهގެ މަގުގައި) ހޭދަކުރާ އެއްޗެއް އެއީ، ގެއްލުމެއްކަމުގައި ބަލައި، ތިޔަބައިމީހުންނަށް ދެރަގޮތްތައް މެދުވެރިވުން އެދި ބަލަބަލާތިބޭ މީހުން، أعرابىންގެ ތެރެއިންވެތެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَمِنَ الْأَعْرَابِ مَنْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَيَتَّخِذُ مَا يُنْفِقُ قُرُبَاتٍ عِنْدَ اللَّهِ وَصَلَوَاتِ الرَّسُولِ أَلَا إِنَّهَا قُرْبَةٌ لَهُمْ سَيُدْخِلُهُمُ اللَّهُ فِي رَحْمَتِهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

(99) اللَّهއަށާއި، آخرةދުވަހަށް إيمانވެ، އަދި (اللَّهގެ މަގުގައި) ހޭދަކުރާ ތަކެއްޗަކީ، اللَّهގެ حضرةއަށް ކުއްތަންވުމުގެ ސަބަބެއް ކަމުގައްޔާއި، رسولއާގެ ހެޔޮدعاءތައް ލިބުމުގެ ސަބަބެއް ކަމުގައި ބަލާ މީހުންވެސް أعرابىންގެ ތެރެއިންވެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަންތައްތައް އެއުރެންނަށް ވާހުށީ، ކުއްތަންވުމެއް ކަމުގައެވެ. اللَّه، އެކަލާނގެ رحمةގެ ތެރެއަށް އެއުރެން ވައްދަވާނެތެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

(100) مهاجرންނާއި، أنصارންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبعވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيبލިބުމަކީ އެއީއެވެ.

وَمِمَّنْ حَوْلَكُمْ مِنَ الْأَعْرَابِ مُنَافِقُونَ وَمِنْ أَهْلِ الْمَدِينَةِ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْ نَحْنُ نَعْلَمُهُمْ سَنُعَذِّبُهُمْ مَرَّتَيْنِ ثُمَّ يُرَدُّونَ إِلَى عَذَابٍ عَظِيمٍ

(101) އަދި ތިޔަބައިމީހުންގެ ވަށައިގެންވާ أعرابىންގެ ތެރެއިން منافقންގެ ބަޔަކުވެސްވެއެވެ. އަދި منافقކަމުގެ މައްޗަށް ހޭނިފައިތިބި ބަޔަކު المدينةގެ أهلވެރިންގެ ތެރެއިންވެއެވެ. ކަލޭގެފާނަކަށް އެއުރެން އެނގިވަޑައެއް ނުގަނެތެވެ. ތިމަންރަސްކަލާނގެ އެއުރެން ދެނެވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު عذابދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ عذابއެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ.

وَآخَرُونَ اعْتَرَفُوا بِذُنُوبِهِمْ خَلَطُوا عَمَلًا صَالِحًا وَآخَرَ سَيِّئًا عَسَى اللَّهُ أَنْ يَتُوبَ عَلَيْهِمْ إِنَّ اللَّهَ غَفُورٌ رَحِيمٌ

(102) އަދި އެހެންބަޔަކު އެއުރެންގެ ކުށްތަކަށް اعترافވޫއެވެ. އެއުރެން ހެޔޮ عملއަކާއި، ނުބައި އެހެން ކަމަކާ އެއްކޮށްފައިވެއެވެ. اللَّه، އެއުރެން މައްޗަށް

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ

(103) އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهرކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު دعاءކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاءއަކީ، އެއުރެންނަށްއޮތް ހިތްހަމަޖެހުމަކާއި، رحمةއެކެވެ. اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

(104) ހަމަކަށަވަރުން، اللَّهއީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبولކުރައްވާ އަދި صدقات قبولކުރައްވާ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން توبةލައްވާ، رحيمވަންތަ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟

وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

(105) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عملކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عملތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسولއާވެސް މެއެވެ. އަދި مؤمنތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرةއަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.

وَآخَرُونَ مُرْجَوْنَ لِأَمْرِ اللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ وَاللَّهُ عَلِيمٌ حَكِيمٌ

(106) އަދި އެހެންބަޔަކު اللَّهގެ أمرފުޅު އަތުވެއްޖައުމަށް ދާނދެން ފަސްކުރައްވާފައިވެއެވެ. އެހެންޏާ އެއުރެންނަށް އެކަލާނގެ عذابދެއްވާނެތެވެ. އެހެންޏާ އެއުރެންގެ މައްޗަށް އެކަލާނގެ توبةލައްވާނެތެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِمَنْ حَارَبَ اللَّهَ وَرَسُولَهُ مِنْ قَبْلُ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَى وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ

(107) އަދި (مؤمنންނަށް) ގެއްލުން ދިނުމަށާއި، كافرކަމަށާއި، مؤمنންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން اللَّهއާއި رسولއާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، اللَّه ހެކިވެވޮޑިގެންވެތެވެ.

لَا تَقُمْ فِيهِ أَبَدًا لَمَسْجِدٌ أُسِّسَ عَلَى التَّقْوَى مِنْ أَوَّلِ يَوْمٍ أَحَقُّ أَنْ تَقُومَ فِيهِ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا وَاللَّهُ يُحِبُّ الْمُطَّهِّرِينَ

(108) ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) قائمވެ ނުހުންނަވާށެވެ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوىގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائمވެ ހުންނެވުން މާ حقކަން ބޮޑެވެ. طاهرވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهرވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

أَفَمَنْ أَسَّسَ بُنْيَانَهُ عَلَى تَقْوَى مِنَ اللَّهِ وَرِضْوَانٍ خَيْرٌ أَمْ مَنْ أَسَّسَ بُنْيَانَهُ عَلَى شَفَا جُرُفٍ هَارٍ فَانْهَارَ بِهِ فِي نَارِ جَهَنَّمَ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

(109) ފަހެ، ހެޔޮކަންބޮޑީ، اللَّهއަށް تقوىވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: نفاقކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

لَا يَزَالُ بُنْيَانُهُمُ الَّذِي بَنَوْا رِيبَةً فِي قُلُوبِهِمْ إِلَّا أَنْ تَقَطَّعَ قُلُوبُهُمْ وَاللَّهُ عَلِيمٌ حَكِيمٌ

(110) އެއުރެންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެއުރެން ބިނާކުޅަ ބިނާ، އެއުރެންގެ ހިތްތަކުގައިވާ شكއެއް ކަމުގައި ފިލައިނުދެތެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.

إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ وَمَنْ أَوْفَى بِعَهْدِهِ مِنَ اللَّهِ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُمْ بِهِ وَذَلِكَ هُوَ الْفَوْزُ الْعَظِيمُ

(111) ހަމަކަށަވަރުން، اللَّه، مؤمنންގެ ކިބައިން އެއުރެންގެ نفسތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّهގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمنން) قتلކޮށް، އަދި އެއުރެން قتلވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراةއާއި، إنجيلއާއި، قرآنގައި، އެކަލާނގެ ذاتފުޅުގެ މައްޗަށް حقގޮތުގައި ކުރައްވާފައިވާ وعدއެކެވެ. އަދި عهدފުއްދުމުގައި، اللَّهއަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيبލިބުމަކީ ހަމަ އެއީއެވެ.

التَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنْكَرِ وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرِ الْمُؤْمِنِينَ

(112) (އެއީ) توبةވާ މީހުންނެވެ. (اللَّهއަށް) އަޅުކަންކުރާ މީހުންނެވެ. (އެކަލާނގެއަށް) حمدކުރާ މީހުންނެވެ. ރޯދަހިފާ މީހުންނެވެ. ركوعކޮށް سجدةކުރާ މީހުންނެވެ. ހެޔޮކަންތަކަށް أمرކޮށް ނުބައިކަންތައް ނަހީކުރާ މީހުންނެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު مؤمنންނަށް އުފާވެރިކަމުގެ خبرދެއްވާށެވެ!

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ

(113) ނަބިއްޔާއަކަށްވެސް، އަދި إيمانވި މީހުންނަކަށްވެސް مشركންނަށްޓަކައި ފާފަފުއްސެވުންއެދި دعاءކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهلވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.

وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَنْ مَوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِلَّهِ تَبَرَّأَ مِنْهُ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ

(114) އެކަލޭގެފާނަށް (އެބަހީ: إبراهيمގެފާނަށް) އެކަލާނގެ ކުރައްވާފައިވާ وعدއެއްގެ މަތިން މެނުވީ، إبراهيمގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް استغفارކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ اللَّهގެ عداوةތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، إبراهيمގެފާނީ، دعاءކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ.

وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّى يُبَيِّنَ لَهُمْ مَا يَتَّقُونَ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

(115) ބަޔަކަށް ތެދުމަގު ދެއްކެވުމަށްފަހު، اللَّه، އެބަޔަކު މަގުފުރެއްދެވުމަށް އިރާދައެއް ނުކުރައްވަތެވެ. އެބަޔަކަށް އެކަމަކުން ދުރުވެ ރައްކާތެރިވާންވީ ކަމެއް ބަޔާންކޮށްދެއްވައިފުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّهއީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ

(116) ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން ملكވެގެންވަނީ اللَّهއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު އަދި نصرދޭނޭ މީހަކުވެސް ނުވެއެވެ.

لَقَدْ تَابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنْصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِنْ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَحِيمٌ

(117) ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجرންނާއި، أنصارންގެ މައްޗަށް اللَّه توبةލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ تبعވި ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް توبةލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ، رحيمވަންތަ ރަސްކަލާނގެއެވެ.

وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّى إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنْفُسُهُمْ وَظَنُّوا أَنْ لَا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

(118) އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށްވެސް (توبةލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެއުރެންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެއުރެންގެ އަމިއްލަ نفسތައް އެއުރެންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި اللَّهގެ حضرةން (އެބަހީ: އެކަލާނގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެކަލާނގެ حضرةއަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެއުރެންނަށް يقينވީ ހިނދުގައެވެ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ

(119) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް تقوىވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!

مَا كَانَ لِأَهْلِ الْمَدِينَةِ وَمَنْ حَوْلَهُمْ مِنَ الْأَعْرَابِ أَنْ يَتَخَلَّفُوا عَنْ رَسُولِ اللَّهِ وَلَا يَرْغَبُوا بِأَنْفُسِهِمْ عَنْ نَفْسِهِ ذَلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِي سَبِيلِ اللَّهِ وَلَا يَطَئُونَ مَوْطِئًا يَغِيظُ الْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَيْلًا إِلَّا كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ

(120) المدينةގެ أهلވެރިންނާއި، އެއުރެންގެ ވަށައިގެންތިބޭ أعرابىންގެ މީހުންނަކަށް، اللَّهގެ رسولއާ އަރިހުގައި (ހަނގުރާމަޔަށް) ނުގޮސް ފަސްޖެހިފައި ތިބުމެއްނެތެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅަށްވުރެ، އެއުރެންގެ ފުރާނަތަކަށް އިސްކަންދިނުމެއްނެތެވެ. އެހެނީ، އެއުރެންނަށް صالح عملއެއް ކަމުގައި ލިޔެވިގެން މެނުވީ، އެއުރެންނަށް އަނގަހިއްކުމެއް، އަދި ވަރުބަލިކަމެއްވެސް، އަދި ބަނޑުހައިހޫނުކަމެއްވެސް، اللَّهގެ މަގުގައި އެއުރެންނަކަށް ނުޖެހޭނެއެވެ. އަދި كافرން ރުޅިއަރާނެ ތަނަކަށް، އެއުރެންނަކަށް ފިޔަވަޅެއް ނޭޅޭނެތެވެ. އަދި عداوةތެރިއެއްގެ ކިބައިން ގެއްލުމެއް އެއުރެންނަކަށް ނުލިބޭނެތެވެ. ހަމަކަށަވަރުން، إحسانތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.

وَلَا يُنْفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا كَانُوا يَعْمَلُونَ

(121) އަދި އެއުރެންނަށް ލިޔެވިގެންދާ ގޮތުގައި މެނުވީ، އެއުރެން ކުޑަ ހޭދައެއްވެސް، އަދި ބޮޑު ހޭދައެއްވެސް ނުކުރާނެތެވެ. އަދި وادىއެއްވެސް ކަޑައްތުކޮށް އެއުރެން ނުދާނެތެވެ. (އެއީ) އެއުރެން عملކޮށް އުޅުނު އެންމެ ރީތިގޮތަށް، اللَّه އެއުރެންނަށް، ޖަޒާ ދެއްވުމަށްޓަކައެވެ.

وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ

(122) އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، مؤمنންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ قبيلةއަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) دين އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ قومގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް إنذارކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.

يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُمْ مِنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

(123) އޭ إيمانވެއްޖެ މީސްތަކުންނޭވެ! كافرންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! އަދި ހަމަކަށަވަރުން،

وَإِذَا مَا أُنْزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَذِهِ إِيمَانًا فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ

(124) سورةއެއް ބާވައިލައްވައިފިނަމަ، އެ سورةން އެމީހެއްގެ إيمانކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، إيمانވެއްޖެ މީސްތަކުން ދަންނާށެވެ! ފަހެ، އެއުރެން (އެކަމަށްޓަކައި) އުފާކުރާ حال، އެއުރެންގެ إيمانކަން އިތުރުވިއެވެ.

وَأَمَّا الَّذِينَ فِي قُلُوبِهِمْ مَرَضٌ فَزَادَتْهُمْ رِجْسًا إِلَى رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ

(125) އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافرކަމުގެ ތެރެއަށް كافرކަން އެއުރެންނަށް އިތުރުވިއެވެ. އަދި

أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ

(126) އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحانކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبةއެއް ނުވެތެވެ. އަދި އެއުރެން ހަނދާންކޮށް وعظއެއް ލިބިއެއް ނުގަނެއެވެ.

وَإِذَا مَا أُنْزِلَتْ سُورَةٌ نَظَرَ بَعْضُهُمْ إِلَى بَعْضٍ هَلْ يَرَاكُمْ مِنْ أَحَدٍ ثُمَّ انْصَرَفُوا صَرَفَ اللَّهُ قُلُوبَهُمْ بِأَنَّهُمْ قَوْمٌ لَا يَفْقَهُونَ

(127) އަދި سورةއެއް ބާވައިލައްވައިފިނަމަ، އެއުރެންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެއުރެން އެނބުރި ހިނގައިދެއެވެ. اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ.

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ

(17) ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسولއަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمنންނަށް ނުހަނު އޯގާވެރި، رحمހުރި ބޭކަލެކެވެ.

فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

(129) ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حقވެގެން އަޅުކަމެއް ވެވޭ) إلهއަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيلކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ.