logo logo

لَا أُقْسِمُ بِهَذَا الْبَلَدِ

(2,1) ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް )އެބަހީ: مكة( ގަންދެއްވައި ހުވާ وحىކުރައްވަމެވެ.

وَأَنْتَ حِلٌّ بِهَذَا الْبَلَدِ

(2,1) ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް )އެބަހީ: مكة( ގަންދެއްވައި ހުވާ وحىކުރައްވަމެވެ.

وَوَالِدٍ وَمَا وَلَدَ

(3) އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدمގެފާނާއި آدمގެ ދަރިންނެވެ.)

لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ

(4) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.

أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ

(5) އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

يَقُولُ أَهْلَكْتُ مَالًا لُبَدًا

(6) އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خردކޮށް ނެތިކޮށްފީމެވެ.

أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ

(7) އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

أَلَمْ نَجْعَلْ لَهُ عَيْنَيْنِ

(9,8) ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

وَلِسَانًا وَشَفَتَيْنِ

(9,8) ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

وَهَدَيْنَاهُ النَّجْدَيْنِ

(10) އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.

فَلَا اقْتَحَمَ الْعَقَبَةَ

(11) ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟

وَمَا أَدْرَاكَ مَا الْعَقَبَةُ

(12) ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

فَكُّ رَقَبَةٍ

(13) (އެއީ) އަޅަކު މިނިވަންކުރުމެވެ.

أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ

(14) ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.

يَتِيمًا ذَا مَقْرَبَةٍ

(15) ގާތްތިމާގެ ޔަތީމަކަށެވެ.

أَوْ مِسْكِينًا ذَا مَتْرَبَةٍ

(16) ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.

ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ

(17) ދެން إيمانވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصيةކޮށް، އަދި މީސްތަކުންނަށް رحمބެހެއްޓުމަށް އެކަކު އަނެކަކަށް وصيةކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.

أُولَئِكَ أَصْحَابُ الْمَيْمَنَةِ

(18) ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.

وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ

(19) އަދި ތިމަންރަސްކަލާނގެ آيةތަކަށް كافرވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.

عَلَيْهِمْ نَارٌ مُؤْصَدَةٌ

(20) އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.