logo logo

وَالضُّحَى

(1) ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.

وَاللَّيْلِ إِذَا سَجَى

(2) އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

مَا وَدَّعَكَ رَبُّكَ وَمَا قَلَى

(3) ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.

وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى

(4) އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى

(5) އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.

أَلَمْ يَجِدْكَ يَتِيمًا فَآوَى

(6) ކަލޭގެފާނު يتيمއަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.

وَوَجَدَكَ ضَالًّا فَهَدَى

(7) އަދި ކަލޭގެފާނު حيرانވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.

وَوَجَدَكَ عَائِلًا فَأَغْنَى

(8) އަދި فقيرއަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.

فَأَمَّا الْيَتِيمَ فَلَا تَقْهَرْ

(9) ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيمކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!

وَأَمَّا السَّائِلَ فَلَا تَنْهَرْ

(10) އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

(11) އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمةގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!