logo logo

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

(1) ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ )ހުރިހާ ތަކެއްޗެއް( ހެއްދެވި ރަސްކަލާނގެއެވެ.

خَلَقَ الْإِنْسَانَ مِنْ عَلَقٍ

(2) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.

اقْرَأْ وَرَبُّكَ الْأَكْرَمُ

(3) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.

الَّذِي عَلَّمَ بِالْقَلَمِ

(4) އެކަލާނގެއީ، قلمން )ލިޔަން( އުނގަންނައިދެއްވި ރަސްކަލާނގެއެވެ.

عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ

(5) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.

كَلَّا إِنَّ الْإِنْسَانَ لَيَطْغَى

(6) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.

أَنْ رَآهُ اسْتَغْنَى

(7) އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.

إِنَّ إِلَى رَبِّكَ الرُّجْعَى

(8) ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.

أَرَأَيْتَ الَّذِي يَنْهَى

(9،10) އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟

عَبْدًا إِذَا صَلَّى

(9،10) އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟

أَرَأَيْتَ إِنْ كَانَ عَلَى الْهُدَى

(11،12) ތިބާ خبرދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوىވެރިވުމަށް أمرކުރިނަމަވެސް ހެއްޔެވެ؟

أَوْ أَمَرَ بِالتَّقْوَى

(11،12) ތިބާ خبرދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوىވެރިވުމަށް أمرކުރިނަމަވެސް ހެއްޔެވެ؟

أَرَأَيْتَ إِنْ كَذَّبَ وَتَوَلَّى

(13) ތިބާ خبرދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى

(14) ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟

كَلَّا لَئِنْ لَمْ يَنْتَهِ لَنَسْفَعًا بِالنَّاصِيَةِ

(15) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.

نَاصِيَةٍ كَاذِبَةٍ خَاطِئَةٍ

(16) އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.

فَلْيَدْعُ نَادِيَهُ

(17) ފަހެ، އޭނާޔާއެކު جلسةކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!

سَنَدْعُ الزَّبَانِيَةَ

(18) ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكةންނަށް ގޮވައިލައްވާހުށީމެވެ.

كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ

(19) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدةކުރައްވައި ނަމާދު ކުރައްވާށެވެ! އަދި )اللَّه ގެ حضرةއަށް( ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!