logo logo

إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا

(1) ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.

وَأَخْرَجَتِ الْأَرْضُ أَثْقَالَهَا

(2) އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانةތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.

وَقَالَ الْإِنْسَانُ مَا لَهَا

(3) އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا

(4) އެދުވަހުން އެ ބިންގަނޑު، އޭގެ خبرތަކުގެ ވާހަކަ ދައްކާނެތެވެ.

بِأَنَّ رَبَّكَ أَوْحَى لَهَا

(5) އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.

يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ

(6) އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عملތައް ދެއްކެވުމަށްޓަކައެވެ.

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ

(7) ފަހެ، ذرّއެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.

وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ

(8) އަދި ذرّއެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.